Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ މީޑިއާ

ހުއްދަނެތި އަމިއްލަ އުފެއްދުމެއް ބޭނުންކުރި މައްސަލާގައި ޑިޒައިނަރު ޝަކުވާކުރުމުން ދައުލަތުގެ މީޑިއާއިން ބުނީ ކޯޓަށް ދިޔަސް ހެޔޮކަމަށް!

ދިވެހި ޑިޒައިނަރު ހުސައިން ނިޔާޒުގެ "ބޮޑުމަސް" ފަރުމާ ހުއްދަނެތި ޓީވީއެމްގެ އީދު ކަވަރޭޖުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެ. މިކަމާ ގުޅިގެން ނިޔާޒު ކަންބޮޑުވުން ފާޅުކުރުމުން، ޕީއެސްއެމްގެ ގާނޫނީ ޓީމުން ވަނީ ކޯޓަށް ދިޔަ ނަމަވެސް ދިފާއުވާން ތައްޔާރަށް އޮތް ކަމަށް ބުނެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 05:57
ދިވެހި ޑިޒައިނަރު ހުސައިން ނިޔާޒުގެ އަމިއްލަ ފަރުމާއެއް ދައުލަތުގެ މީޑިއާއިން ހުއްދަނެތި ބޭނުންކޮށްފައިވާތީ އޭނާ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވޭ

ދިވެހި ޑިޒައިނަރު ހުސައިން ނިޔާޒުގެ އަމިއްލަ ފަރުމާއެއް ދައުލަތުގެ މީޑިއާއިން ހުއްދަނެތި ބޭނުންކޮށްފައިވާތީ އޭނާ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވޭ | ފޭސްބުކް

ދިވެހި ޑިޒައިނަރު ހުސައިން ނިޔާޒުގެ އަމިއްލަ ފަރުމާއެއް ދައުލަތުގެ މީޑިއާއިން ހުއްދަނެތި ބޭނުންކޮށްފައިވާތީ އޭނާ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، ކޯޓަށް ދިޔަސް ހެޔޮކަމަށް ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.  

ނިޔާޒު ފަރުމާކޮށްފައިވާ "ބޮޑުމަސް" ޑިޒައިން ޓީވީއެމްގެ އީދު ކަވަރޭޖުގެ އެކި ކަންކަމުގައި ބޭނުންކޮށްފައިވަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތި ކަމަށް ބުނެ އޭނާ ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފައެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިޔާޒު ބުނީ، ޓީވީއެމް އިން އޭނާގެ ބޮޑުމަސް ޑިޒައިން ބޭނުންކުރުމަށް އެއްވެސް ހުއްދައެއް ދީފައިނުވާނެ ކަމަށެވެ. މިއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ސިފަކުރަމުން ނިޔާޒު ބުނީ، އޭނާ ކުރާ މަސައްކަތުގައިވެސް އަގެއް އޮންނަންވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އޭނާ މި ދާއިރާގައި ކުރާ އެއްވެސް މަސައްކަތަކަށް ޓީވީއެމް އަކީ ދުވަހަކުވެސް އެއްބާރުލުން ދީފައިވާ ބައެއް ނޫންކަންވެސް އޭނާ ފާހަގަކުރިއެވެ.

ނިޔާޒު އިތުރަށް ބުނި ގޮތުގައި، މިއީ އޭނާގެ އުފެއްދުމެއް ހުއްދަނެތި ދައުލަތުގެ މީޑިއާއިން ބޭނުންކުރި ދެވަނަ ފަހަރެވެ. އެހެންކަމުން މިފަހަރު އެ މަސައްކަތުގެ އަގު ޓީވީއެމް އިން ދައްކަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ އާންމުންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ދޫކޮށްލާފައިވާ ފޮންޓުތައް ބޭނުންކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، ހިލޭ ދޫކޮށްފައި ނުވާ އަމިއްލަ އުފެއްދުންތައް ބޭނުންކުރާނަމަ އެއަށް އުޖޫރަ ދޭންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖޭގެ އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ މީޑިއާ ފަދަ ޒިންމާދާރު މުއައްސަސާއަކުން އަމިއްލަ ފަރުދެއްގެ އުފެއްދުންތެރިކަމުގެ ހައްގަށް އަރައިގަތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ.

ނިޔާޒުގެ މި އާޓްވޯކް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރަސްމީކޮށް ޝަކުވާ ކުރުމުން ޕީއެސްއެމްއިން ވަނީ ކޯޓުގައި ދިފާއުވުމަށް ތައްޔާރަށް ތިބި ކަމަށް ނިޔާޒަށް އަންގާފައެވެ.

ޕީއެސްއެމްގެ ގާނޫނީ ޑިޕާޓްމަންޓުން ނިޔާޒަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ، އޭނާ މި މައްސަލަ ކޯޓަށް ގެންދިއުމަށް ނިންމަވާނަމަ، ކުންފުނިން ކޯޓުގައި ކާމިޔާބުކަމާއެކު ދިފާއުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނިޔާޒް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓީވީއެމްފަދަ ކުންފުންޏަކުން އާދައިގެ ޑިޒައިނަރެއްގެ މަސައްކަތް ހައްގުނަގައި، އެއަށްފަހު ކޯޓުގައި އިންކާރުކޮށް ބަހަނާ ދައްކަން ދެމިތިބުމަކީ ވަރަށް ހިތާމަކުރުވަނިވި ކަމެއް ކަމަށާއި، މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދޭކަމަށެވެ.

ހުސެއިން ނިޔާޒީޓީވީއެމްޕީއެސްއެމްބޮޑުމަސްކޮޕީރައިޓްސް

އިތުރަށް ކިޔާލަން

07 މެއި 2026

މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"

07 މެއި 2026
މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"
19 މާރިޗު 2026

ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު

19 މާރިޗު 2026
ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު
18 މާރިޗު 2026

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން
17 މާރިޗު 2026

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026
އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް
17 މާރިޗު 2026

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް
16 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ
16 މާރިޗު 2026

ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި

16 މާރިޗު 2026
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި
16 މާރިޗު 2026

އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

16 މާރިޗު 2026
އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި
16 މާރިޗު 2026

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

16 މާރިޗު 2026
ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު