Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާގެ މިނިވަންކަން

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

އަމީތު ވަނީ މި ވެރިކަން އައުމަށް ފަހު ބަސްބުނުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެފައިވާ ކަަމށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 31 މެއި 2026 | އާދީއްތަ 18:54
ކުރީގެ މެމްބަރު މުހައްމަދު އަމީތު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްވަނީ

ކުރީގެ މެމްބަރު މުހައްމަދު އަމީތު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްވަނީ | ރާއްޖެ އެމްވީ

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ދަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

އަމީތު ވިދާޅުވީ ރާއްޖޭގައި މިހާރު ފެނިގެން ދަނީ ކޯޓުތަކުން ނުކުމެ މީޑިއާ ރެގިއުލޭޓްކުރާ މަންޒަރު ކަމަށެވެ. އޭނާ އެފަދައިން ވިދާޅުވީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައި ދިޔަ ކަންތައްތަކަށް އިޝާރާތްކުރައްވަ އެވެ. މުޅި ގައުމަކަށް ނިސްބަތްކޮށް ގެގް އަމުރެއް ނެރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަމީތު ވިދާޅުވި އެވެ.

"އެފަދަ އަމުރެއް ނެރެނީ ކޮން ބަޔަކަށް ކަން އެނގެން ޖެހޭނެ. މުޅި އެންމެންގެ މައްޗަށް އެ ގޮތަށް އަމުރެއް ނުނެރެވޭނެ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީތު ވަނީ ދާދި ފަހުން ދެ ނޫސްވެރިޔަކު ޖަލަށް ލާފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަދަދު ނޫހުގެ ދެ ނޫސްވެރިންނަށް ކުރި ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އަކީ މިނިވަން ނޫސްވެރިކަމުގެ ިމާޔަތުގައި ނުކުތް އެންމެން ޖަލަށް ލުން ކަމަށެވެ. އެއީ ނޫސްވެރިންނަށް ސުވާލު ކުރުމަށް ވެސް ބިރު ދައްކަން ކުރި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ނޫސްވެރިކަމުގައި ތަޅު އަޅުވައިގެން ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައިގެން ލިބޭނެ ކުރި އެރުމެއް ނެތް ކަމަށް އަމީތު ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ތަނބުތައް ފުނޑާލަން ބޭނުންވީމަ އެންމެ ފުރަތަމަ އެޓޭކް ކުރާނީ މީޑިއާ އަށް. އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު." އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ މި ވެރިކަން އައުމަށް ފަހު ބަސްބުނުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެފައިވާ ކަަމށް ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ޑރ. މުއިއްޒުމުހައްމަދު އަމީތުރާއްޖެ ޓީވީއަދަދުޕްރެސް ފްރީޑަމްބަސްމޮށުންތެރިކަން

އިތުރަށް ކިޔާލަން

31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު