Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

ބުދަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ބުނެފި. އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން ބައިވެރިވި މި އިހުތިޖާޖު ފުލުހުން ހުއްޓުވުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މުޒާހަރާގައި ބޭނުންކުރި ސޯފާއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2026 | ބުރާސްފަތި 05:59
ނޫސްވެރިން މިނިވަންކުރަން ގޮވާލާ ބޭއްވި މުޒާހަރާ.

ނޫސްވެރިން މިނިވަންކުރަން ގޮވާލާ ބޭއްވި މުޒާހަރާ. | އަދަދު

ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކުރިކަމަށް އެމްޑީޕީން ބުނެފިއެވެ. 

އެމްޑީޕީގެ ޤާނޫނީ ޓީމުން ބުނީ، މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. 

ބުދަ ދުވަހުގެރޭ މުޒާހަރާ ފެށީ އެމްޑީޕީގެ މެންބަރުން ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. މި މުޒާހަރާގައި އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވި އިރު ޖަލަށްލާފައިވާ ޝަހުޒާނާއި ލީވާނުގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވި އެވެ. 

މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗަށް މަޑުކުރުމަށްފަހު އެ ސަރަހައްދުން ޕީއެންއެފްއަށް ތާއިދުކުރާ ފަރާތްތަކުން ވެސް މުޒާހަރާގައި ބައިވެރިވެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެފަހުން މަޖީދީ މަގުން ގޮސް އަލިކިލޭގެފާނު މަގަށް މިސްރާބު ޖަހާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އަލިކިލޭގެފާނު މަގުގެ މެދުން މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. 

އަދި އެސަރަހައްދުން މުޒާހަރާގެ ބައިވެރިއަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އެތަނުން މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ ޗާންދަނީ މަގަށެވެ. އަދި މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި މުޒާހަރާގެ ބައިވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ނަމަވެސް ފުލުހުން އެސަަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރަށްލުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. 

ބުދަ ދުވަހުގެ ރޭ މުޒާހަރާގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މުޒާހަރާގައި ބޭނުން ކުރި ސޯފާއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.  ނަމަވެސް ފަހުން ސޯފާ ވަނީ ހަވާލުކޮށްފައެވެ. 

މުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުއަދަދުއެމްޑީޕީމާލެޕީއެންއެފް

އިތުރަށް ކިޔާލަން

13 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި
13 މެއި 2026

ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

13 މެއި 2026
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ
13 މެއި 2026

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

13 މެއި 2026
2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް
13 މެއި 2026

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް
13 މެއި 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

13 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ
13 މެއި 2026

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

13 މެއި 2026
ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ
13 މެއި 2026

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް
13 މެއި 2026

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

13 މެއި 2026
ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު
12 މެއި 2026

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026
ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި
12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު