Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:46

ކެނެޑާގެ އަންހެން ކެޑޭޓުންނަށް މަލާމާތްކޮށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ކުރެއްވި ޕޯސްޓަކާ ގުޅިގެން، އެއީ މަގާމުގެ ގަދަރާ ނުބައްދަލު ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ކެނެޑާގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މައްސަލަތަކާއި ބަހުގެ ހަމަލާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މި ފަދަ ފުރައްސާރަތައް ހުއްޓާލުމަށް ފަހު ނޫނީ ސީރިއަސް މަޝްވަރާތަކަށް ނުދާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:46
ކެނެޑާގެ ޒުވާން ކެޑޭޓުންގެ ހަށިގަނޑުގެ ބައްޓަމަށް މަލާމާތްކޮށް، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓް

ކެނެޑާގެ ޒުވާން ކެޑޭޓުންގެ ހަށިގަނޑުގެ ބައްޓަމަށް މަލާމާތްކޮށް، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓް | ޓްވިޓަރ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ކެނެޑާގެ ޒުވާނުންގެ ކެޑޭޓް ޕްރޮގްރާމުގެ ބައިވެރިންނަށް މަލާމާތްކުރާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ކެނެޑާގެ އޮފިޝަލުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ. ހެގްސެތު ހިއްސާކުރައްވާފައި ވަނީ ކެނެޑާގެ ތަމްރީނުދޭ ގޮފީގެ ސޯޝަލް މީޑިއާ އެކައުންޓަކުން ނަގާފައިވާ، އިންސްޓްރަކްޓަރެއްގެ އަތުން އެވޯޑެއް ހާސިލުކުރާ ޒުވާން އަންހެން ކެޑޭޓެއްގެ ފޮޓޯއެކެވެ. ކެނެޑާގެ ދިދައެއްގެ އިމޯޖީއަކާއެކު "މިއީ ހަގީގަތަކީ" މިހެން ލިޔުއްވައި އޭނާ ކުރެއްވި މި ޕޯސްޓަކީ، އެ ދެ މީހުންގެ ސިފައަށް މަލާމާތްކޮށް އަދި ކުޑައިމީސްކޮށް ކެނެޑާގެ އަސްކަރިއްޔާގެ އަގުވައްޓާލުމަށް ކުރެއްވި ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ކެނެޑާގެ ޑިފެންސް މިނިސްޓަރު ޑޭވިޑް މެކްގިންޓީ ވިދާޅުވީ، ހެގްސެތު ކުރެއްވި ޕޯސްޓަކީ އޭނާ ފުރުއްވާ މަގާމުގެ ގަދަރާއި ކަރާމާތާ ނުބައްދަލު، ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެމެރިކާއާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ ބޮޑެތި މައްސަލަތަކެއް އުފެދި، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަބަދު ވެސް ތުހުމަތުކުރަމުން ދަނީ ކެނެޑާއަކީ އެ ގައުމުގެ ދިފާއަށް ޓަކައި އެމެރިކާގެ އަސްކަރީ ބާރަށް ބަރޯސާވާ ގައުމެއްގެ ގޮތުގަ އެވެ.

ހެގުސެތުގެ ޕޯސްޓާއި ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން ދެއްވަމުންދާ މި ފަދަ އެހެނިހެން ހަމަލާތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ، ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށޭނީ "އެމެރިކާ މީހުން މީމްތައް ހެދުމާއި، މަލާމާތްކުރުމާއި، ވަރުގަދަ ބައެއްކަން ދައްކަން އުޅުން ހުއްޓާލައި، ސީރިއަސްކަމާއެކު މަޝްވަރާތަކަށް އައުމުން" ކަމަށެވެ.

ޕެންޓަގަންއިން ބުނެފައި ވަނީ ހެގްސެތު ކުރެއްވި ޕޯސްޓުން އޭގެ މާނަ ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. ކެނެޑާގެ ގައުމީ ކެޑޭޓް ޕްރޮގްރާމަކީ އަސްކަރިއްޔާގެ ބެލުމުގެ ދަށުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުންނަށް ލީޑަޝިޕް އަދި ހުނަރު ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭ މަދަނީ ޖަމިއްޔާއެއް ކަމަށްވާ 'އާމީ ކެޑޭޓް ލީގް އޮފް ކެނެޑާ' އިން ނެރުނު ބަޔާނެއްގައި، ކެޑޭޓުން ހޯދާ ކާމިޔާބީތަކަށް ފުރައްސާރަކޮށް އޮންލައިންކޮށް ކުރާ އެ ފަދަ ފުރައްސާރަތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ، އަމިއްލަ ނަފްސު އިސްލާހުކޮށް މުޖުތަމައަށް ޚިދުމަތްކުރުމަށް މަސައްކަތްކުރާ ޒުވާނުންނަށް އަމާޒުކޮށް އިހާނެތި ބަސްތައް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ  ޕީޓް ހެގްސެތު ކޮންގްރެސްގެ އަޑުއެހުމެއްގައި ވާހަކަދައްކަވަނީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ކޮންގްރެސްގެ އަޑުއެހުމެއްގައި ވާހަކަދައްކަވަނީ | ރޮއިޓާސް

ކެނެޑާގެ ބްރޯޑްކާސްޓަރު ސީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ކެނެޑާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ޖެނީ ކެރިގްނަން ވިދާޅުވީ، މި ހާދިސާގައި ފުރައްސާރަ އަމާޒުވި ކެޑޭޓުންނާ ވާހަކަފުޅު ދައްކަވަމުންދާ ކަމަށާއި، މި ކަމުގައި އަމަލުކުރާނެ ގޮތަކާ މެދު އެ ކެޑޭޓުންގެ ލަފާ ހޯއްދަވަމުންދާ ކަމަށެވެ.

ކެނެޑާގެ އެހެން އޮފިޝަލުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭގެ ތެރޭގައި، ކެނެޑާގެ ވާރނަން ސިޓީގެ ކޮންޒަވެޓިވް މެންބަރެއް ކަމަށްވާ އަދި ކުރީގެ އަސްކަރީ ރިޒާވިސްޓެއް ކަމަށްވާ ސްކޮޓް އެންޑަސަން ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ހެގްސެތަށް އަމާޒުކުރައްވައި ވިދާޅުވީ، ހެގްސެތު ހުންނެވި މަގާމުގެ މަސްއޫލިއްޔަތާއި އަދަބުވެރިކަން އޭނާގެ ކިބައިގައި ނެތް ކަމަށެވެ. "މިލިއަނުން މީހުންގެ ކުރިމަތީގައި، ހަނގުރާމައިގައި ބައިވެރިނުވާ ކެނެޑާގެ ދެ އަންހެނުންނަށް ގަސްދުގައި މަލާމާތްކޮށް ލަދުގަންނަވާލަން ތި ނިންމި ނިންމުމާ މެދު އޭނާ ލަދުގަންނަން ޖެހޭނެ،" އެންޑަސަން ވިދާޅުވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ އިގްތިސާދާއި، ދިފާއީ ކަންކަމާއި ސަގާފަތް ވަނީ ވަރަށް ބޮޑަށް ލާމެހިފައި ކަމަށާއި، ނަމަވެސް އެއީ ތަފާތު ދެ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ކެނެޑާ ރައްޔިތުންނާއި އެމެރިކާ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް، ހެގްސެތުގެ އެ އަމަލާ މެދު މައްސަލަ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ބައެއް މުހައްލިލުންނާއި ކެނެޑާގެ ރައްޔިތުން ވަނީ ހެގްސެތު އެ މީހުންގެ ހަށިގަނޑުގެ ބައްޓަމަށް ފާޑުކިޔައި "ބޮޑީ ޝޭމް" ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކެނެޑާއާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް މިދިޔަ މަހު މެދުކެނޑުނީ، އެއްބަސްވުމަކާ ގާތްވެފައި ވަނިކޮށް ދެ ފަރާތުން ވެސް ފަހު ވަގުތު އާ ޝަރުތުތަކެއް ކުރިމަތިކުރުމުންނެވެ. މިއާއެކު، އެމެރިކާއިން ވަނީ ކެނެޑާއިން އެތެރެކުރާ 20 ބިލިއަން ޑޮލަރުގެ މުދަލުން 50 އިންސައްތައިގެ ޓެކުހެއް ނަގަން ފަށާފަ އެވެ. މީގެ ރައްދުގައި ކެނެޑާއިން ވެސް އަންނަ ހަފުތާގައި އެ ފަދަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާފަ އެވެ.

މިއާއެކު، ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޮންޓާރިއޯގެ ޕްރިމިއާ ޑަގް ފޯޑް ވަނީ ޓްރަމްޕަކީ "ބަލިކަށި މީހެއް" ކަމަށް ސިފަކުރައްވާފަ އެވެ. އަދި، އެމެރިކާގެ ރައީސް ވަނީ "ލޭކް އޮންޓާރިއޯ" ގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރަން އުޅޭކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ވަނީ ކެނެޑާއަކީ "އަސްކަރިއްޔާއެއް ނެތް" ގައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ނަމަވެސް، މި ދެ ގައުމަކީ ޒަމާނުއްސުރެ ދިފާއީ ބައިވެރިންނެވެ. އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާއިން ކުރި ޣައިރުޤާނޫނީ ހަނގުރާމައިގައި ވެސް ކެނެޑާއިން ވަނީ އެމެރިކާއަށް އެއްބާރުލުން ދީފަ އެވެ. އަދި، ނޭޓޯގެ އަމާޒުތަކަށް ވާސިލުވުމަށް ޓަކައި، ފާއިތުވި މަސްތަކުގައި ކެނެޑާއިން ވަނީ އަސްކަރީ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

ކުރިން އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ހެގްސެތަށް އަމިއްލަ ގައުމުގައި ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެއީ، ޕެންޓަގަންގެ އިސް އަސްކަރީ ލީޑަރުންތަކެއް މަގާމުން ވަކިވުމާއި، އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ މައްސަލާގައި އެމެރިކާއިން އަމަލުކުރަމުންދާ ގޮތާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހެގްސެތަކީ އަބަދުވެސް އެމެރިކާ ސިފައިންގެ ސިފައާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ، އަދި "ހަނގުރާމަވެރި އަޚުލާގު" ހުރުން މުހިންމު ކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.

މަސްދަރު: ބީބީސީ

ޕީޓް ހެގްސެތްއެމެރިކާ-ކެނެޑާޑޮނަލްޑް ޓްރަމްޕްމާކް ކާނީއެމެރިކާކެނެޑާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
03 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
 ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި
30 އޯގަސްޓު 2026

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026
އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި
29 އޯގަސްޓު 2026

ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް

29 އޯގަސްޓު 2026
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް
26 އޯގަސްޓު 2026

އިސްރާއީލްް އާއެކު ގުޅުން ގާއިމުކުރުމަށް، ޓްރަމްޕް ސައުދީ އަށް ޕްރެޝަރު ކުރައްވަނީ

26 އޯގަސްޓު 2026
އިސްރާއީލްް އާއެކު ގުޅުން ގާއިމުކުރުމަށް، ޓްރަމްޕް ސައުދީ އަށް ޕްރެޝަރު ކުރައްވަނީ
25 އޯގަސްޓު 2026

އެމެރިކާއާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެމެރިކާގެ 700 އަށްވުރެ ގިނަ ބާވަތަކުން ޓެރިފް ނެގުމަށް ކެނެޑާއިން ނިންމައިފި

25 އޯގަސްޓު 2026
އެމެރިކާއާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެމެރިކާގެ 700 އަށްވުރެ ގިނަ ބާވަތަކުން ޓެރިފް ނެގުމަށް ކެނެޑާއިން ނިންމައިފި
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
25 އޯގަސްޓު 2026

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

25 އޯގަސްޓު 2026
ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް