Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް

4 ސެޕްޓެމްބަރު 2026 | ހުކުރު 05:38

އީރާނުގެ ހަކަތައިގެ ބާޒާރަށް އަމާޒުކޮށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަ ލޮޅުންތައް ކުޑަވަމުންދާ ކަމަށް ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވި. ނަމަވެސް މި ހަމަލާތަކުގައި އާންމުން ޝަހީދުވަމުންދާ މައްސަލައިގައި އެމެރިކާއިން ޒިންމާ އުފުލަން ދެކޮޅުހަދާއިރު، ހަނގުރާމަ ނިމޭނެ ތާރީޚެއް ބުނަންވެސް އެ ގައުމުން ވަނީ އިންކާރުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 4 ސެޕްޓެމްބަރު 2026 | ހުކުރު 05:38
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވާހަކަފުޅު ދައްކަވަނީ.

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވާހަކަފުޅު ދައްކަވަނީ. | އޭއެފްޕީ

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އެމެރިކާގެ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާއިރު ވެސް، މި ހަނގުރާމަ ނިމޭނެ ތާރީޚެއް ވިދާޅުވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އިންކާރު ކުރައްވައިފި އެވެ. ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ވޭންސް ވަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކަކީ ކުޑަ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތް ކުރައްވައި، މި ކުރިމަތިލުންތަކަށް ކިޔާނެ ނަމަކާ މެދު ވެސް ސުވާލު އުފައްދަވާފަ އެވެ. އެގޮތުން، "މިއީ ހަނގުރާމައެކޭ އަޅުގަނޑު ނުދަންނަވާނަން. މި ވަގުތު އަމަލީ ގޮތުން ހަމަލާތަކެއް ބަދަލެއް ނުކުރޭ،" ވޭންސް ވިދާޅުވި އެވެ. ނަމަވެސް، އޭގެ ފަހުން އޭނާ ވަނީ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ބޮޑުވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަ ސާފުކޮށްދެއްވާފަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ވޭންސް ވަކާލާތު ކުރެއްވި ގޮތުގައި، ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދިޔައީ "ގާތްގަނޑަކަށް ހަ ހަފުތާ" އަށެވެ. އަދި، އީރާނުގެ ދިފާއީ އުފެއްދުންތެރިކަމުގެ ގާބިލުކަން ކުޑަކުރުމުގައި އެމެރިކާއިން ކާމިޔާބީ ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ހަނގުރާމައިގެ މައިގަނޑު މަރުކަޒަކަށް ވެފައިވާ ހޯރްމޫޒް ކަނޑުއޮޅިއަށް ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރައްވަމުން، ވިޔަފާރީގެ މުހިންމު މަގުތަކުން ދަތުރުފަތުރު ކުރުމަށް އީރާނުން ހުރަސްއަޅަމުންދާ ކަމަށް ވޭންސް ތުހުމަތު ކުރެއްވި އެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، "މިކަން ނިމޭނީ ކޮން އިރަކުތޯ ތިޔަ ކުރައްވާ ސުވާލަކީ، އީރާނުން އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލާނީ ކޮން އިރަކުތޯ އެހުން ކަހަލަ ކަމެއް،" ކަމަށެވެ. އަދި، "އަޅުގަނޑަށް ހީވަނީ ހަގީގަތަކީ އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ނޭނގުނުހެން. ތިޔަ ސުވާލު ކުރަންޖެހޭނީ އީރާނުގެ މީހުންނާ،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަމުން ދިޔަ ހޯރްމޫޒް ކަނޑުއޮޅިން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ދަތުރުފަތުރުތައް ކުރިއަށްދިޔައީ އެއްވެސް ހުރަހެއް ނެތި އެވެ. ނަމަވެސް، އެ މަހު އެމެރިކާއާއި އިސްރާއީލުން ފުރަތަމަ ހަމަލާތައް ދޭން ފެށުމާއެކު، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަރައި، އީރާނުން ވަނީ ވިޔަފާރި އުޅަނދުފަހަރަށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ. ނަމަވެސް، ވޭންސް ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން، އެ ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލާ މިންވަރު އިތުރުކުރުމަށް މަގުފަހިވަމުންދާ ކަމަށާއި، ވެނެޒުއޭލާގެ 65 ބިލިއަން ފީފާގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް އެމެރިކާއަށް ބަދަލުކުރުމަށް ވެފައިވާ އާ އެއްބަސްވުމުގެ ސަބަބުން ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރުމަށް އެހީތެރިވެދޭނެ އެވެ. އަދި "އީރާނުން އުޅަނދުފަހަރަށް ހަމަލާދިނުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރާ އަސަރު ހުއްޓޭނީ ކޮން އިރަކުތޯ؟ އޭގެ ޖަވާބަކީ ދުވަހުން ދުވަހަށް އެ އަސަރު ދަނީ ކުޑަވަމުންނޭ،" ވޭންސް ވިދާޅުވި އެވެ.

ހަނގުރާމައިގައި އެމެރިކާގެ އެކުވެރިން މިއަށްވުރެ ބޮޑަށް އެހީތެރިނުވާތީ އެ ގައުމުތަކަށް ފާޑުވިދާޅުވަމުން، ވޭންސް ވަނީ ހަކަތައިގެ ބޮޑު ކާރިސާއަކުން ދުނިޔެ ސަލާމަތްކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަނި ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވެ، ޓްރަމްޕަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކީ ދުނިޔެއަށް ހަކަތައިގެ ކާރިސާއެއް ކުރިމަތިނުވާނެ ކަން ކަށަވަރުކުރުމަށް ޓަކައި ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުން،" ކަމަށާއި، "ހަކަތައިގެ ކާރިސާއެއް މިހާރު ނެތް ހަމައެކަނި ސަބަބަކީ ރައީސްގެ [ޓްރަމްޕްގެ] ހިކުމަތްތެރި ލީޑަޝިޕާއި، އަޅުގަނޑުމެންގެ އަސްކަރިއްޔާއިން ކުރަމުންދާ ފުރިހަމަ މަސައްކަތް،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އެކްސް/ވައިޓް ހައުސް

މި ދަނޑިވަޅުގައި، އީރާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސިރީކްގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ނިރުބަވެރި ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން ފަސް މީހުން ޝަހީދުވެ، ގާތްގަނޑަކަށް 70 މީހުން ޒަޚަމްވި ހާދިސާއާ ގުޅޭގޮތުން ސުވާލުކުރުމުން، ވޭންސް ވިދާޅުވީ އަސްކަރިއްޔާއިން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ ހަމަލާއާ ގުޅޭގޮތުން އީރާނު ސަރުކާރުން ދައްކާ ވާހަކަތަކާ މެދު އޭނާ "އިންތިހާއަށް ޝައްކުކުރާ" ކަމަށް ވޭންސް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެ ކަން ތަހުގީގު ކުރަނީ އެއީ [އާންމުންގެ ފުރާނައަކީ] އަޅުގަނޑުމެން އަޅާލާ ކަމަކަށްވާތީ. ހަގީގަތް އެނގެން ބޭނުންވާތީ،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ، އެ ކަމުން އިބުރަތް ހާސިލުކޮށް، ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ."

ނަމަވެސް، މާޒީގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުން މަރުވި ހަމަލާތަކުގެ ޒިންމާ ނެގުމަށް އެމެރިކާއިން އިންކާރުކޮށްފައިވާކަމާއި، މި ފަދަ ހާދިސާތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދުމުގެ ފުރުސަތު ހަނިކަން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ. މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އެމެރިކާއިން "ދުވަހަކުވެސް އާންމުންނަށް އަމާޒުކޮށް ހަމަލާ ދީފައި ނުވާޞެ" ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު، އީރާނުގެ މިނާބްގައި ހުންނަ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭހެން 150 އަށްވުރެ ގިނަ މީހުން ޝަހީދުވި ހާދިސާގެ ޒިންމާ ނެގުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ މީޑިއާތަކާއި ބައިނަލްއަގުވާމީ މޮނިޓަރުން ދިރާސާކުރި ހެކިތަކުން ދައްކާ ގޮތުގައި، އެ ހަމަލާގައި ބޭނުންކޮށްފައި ވަނީ އެމެރިކާގެ "ޓޮމަހޯކް" މަރުކާގެ މިސައިލެކެވެ. މި ހަނގުރާމަ ފެށުނު ފަހުން އީރާނުގެ އިތުރުން، ލުބުނާން ފަދަ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް އެމެރިކާގެ އަސްކަރިއްޔާގެ 18 މީހަކު މަރުވެ، އިތުރު 750 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާޖޭޑީ ވޭންސްޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއިސްރާއީލްއީރާން

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ

03 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ
03 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި
03 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
 ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް