Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:17

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ބާރު އޮތްކަން ދެއްކުމަށް ޓަކައި، އެ ތަނުގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރުމަށް ރައީސް ޓްރަމްޕް ހުށަހަޅުއްވައިފި. މި ހަނގުރާމައާ ގުޅިގެން ތެލާއި ޕެޓްރޯލްގެ އަގު އުފުލިފައިވާއިރު، އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން. މި ނިންމުމަކީ އެމެރިކާ އިތުރު ނުރައްކަލެއްގެ ތެރެއަށް ވައްޓާލަނިވި އިސްތިރާޖީ ގޯހެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:17
އޮމާންގެ އައްސޭރިފަށުގައި، ހޯމުޒް ކަނޑުއޮޅި ކައިރީގައި ބައެއް އުޅަނދުފަހަރު ދަތުރުކުރަނީ

އޮމާންގެ އައްސޭރިފަށުގައި، ހޯމުޒް ކަނޑުއޮޅި ކައިރީގައި ބައެއް އުޅަނދުފަހަރު ދަތުރުކުރަނީ | ރޮއިޓާސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' ނުވަތަ 'ޓްރަމްޕް ކަނޑުއޮޅި'، މި ނަމަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފި އެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާ ދެމުންދިޔަ ނަމަވެސް، އެ ކަނޑުއޮޅި އޮތީ ވޮޝިންޓަންގެ ބާރުގެ ދަށުގައި ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޓްރަމްޕް މި ހުށަހެޅުން ހުށަހަޅުއްވާފައި މި ވަނީ، އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސިރިކްގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި ދެ ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހުން ޝަހީދުކޮށްލިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މިހާރު އެ ސަރަހައްދު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަންވީ ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި، އެމެރިކާ ފަދައިން އެ ތަން ވެސް ކުރިއަށް ވުރެ ބޮޑަށް "ހޮޓް" ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަންގާރަ ދުވަހު އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. މި ކުރިމަތިލުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 4 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ ހުޅުވާލެވިފައި ކަމަށާއި، ކޮންމެ ދުވަހަކު އެތައް މިލިއަން ފީފާ ތެލެއް އެ ތަނުން އުފުލަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ފާއިތުވި ހަފުތާތަކުގައި ތެލުގެ އަގު ދަށަށް ގޮސްފައެއް ނުވެ އެވެ.

އެ ކަނޑުއޮޅި އޮތީ ބަންދުކޮށްފައި ކަމަށާއި އެ ތަން އޮތީ އެ ގައުމުގެ ބާރުގެ ދަށުގައި ކަމަށް އީރާނުން އަދިވެސް ބުނެ އެވެ. ބުދަ ދުވަހު ސައުދީ އަރަބިއްޔާއިން ވަނީ ތެޔޮ އުފުލާ ޓޭންކަރަކަށް އީރާނުން ހަމަލާދީ، ދެ މީހަކު މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އިނގިރޭސި ރޯޔަލް ނޭވީއާ ގުޅުން އޮންނަ މޮނިޓަރިން އެޖެންސީއެއް ކަމަށްވާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން (ޔޫކޭއެމްޓީއޯ) ރިޕޯޓްކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގައި ޕެޓްރޯލްގެ އަގު އަދިވެސް ދަނީ އުފުލެމުންނެވެ. އެމެރިކަން އޮޓޮމޮބައިލް އެސޯސިއޭޝަނުން (އޭއޭއޭ) ބުނާ ގޮތުގައި، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން 3 ޑޮލަރަށް ވުރެ ހެޔޮކޮށް ހުރި 3.8 ލީޓަރުގެ ޕެޓްރޯލްގެ އަގު، ބުދަ ދުވަހު ވަނީ 4.12 ޑޮލަރަށް އަރާފަ އެވެ.

މި އަހަރުގެ ކުރީކޮޅު ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ އީރާނަށް ހަމަލާދީ، އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމުން ފެށުނު މި ހަނގުރާމަ ހަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ޓްރަމްޕް ކުރިން ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް، ޓްރަމްޕް ކުރިން "ކުޑަ ދަތުރެއްގެ" ގޮތުގައި ސިފަކުރެއްވި މި ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށް ވިދާޅުވި ވިދާޅުވުން ހަގީގަތަކަށް ނުވި އެވެ. މިދިޔަ ހަފުތާގައި މި ހަނގުރާމައަށް ހަތް މަސް ފުރިފައިވާއިރު، ޓްރަމްޕް އަދިވެސް ގެންދަވަނީ ހޮރްމޫޒްގެ މައްޗަށް ބާރު ފޯރުވަމުންދާ ކަމަށާއި ކާމިޔާބީ ލިބެމުންދާ ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދިނުމުގެ ގާބިލްކަން އީރާނަށް ލިބިފައިވީ ނަމަވެސް، އީރާނުގެ އަސްކަރިއްޔާ ބަލިކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.

އަންގާރަ ދުވަހު އެމެރިކާއިން ދިން ހަމަލާތަކަށްފަހު، އީރާނުން ރައްދު ހަމަލާއެއް ދީފިނަމަ މިއަށް ވުރެ މާ ވަރުގަދަ އަދި މާ ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ތެހެރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ. ނަމަވެސް، އެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ބަހްރައިން، އުރުދުން އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

ބުދަ ދުވަހު ޓްރަމްޕް ހުށަހެޅުއްވި 'ޓްރަމްޕް ސްޓްރެއިޓް' ގެ ޚިޔާލަކީ، މި ހަނގުރާމައިގެ މައްޗަށް ބާރު އޮތްކަން ދެއްކުމަށް އޭނާ ކުރެއްވި އެންމެ ފަހުގެ މަސައްކަތް ކަމުގައި ބެލެވެ އެވެ. ނަމަވެސް، މިއީ އިސްތިރާޖީ ގޮތުން ހެދުނު ގޯހެއް ކަމަށާއި، މީގެ ސަބަބުން އެމެރިކާ ބޮޑު ތާށިގަނޑެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ މަހު ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅިއަކީ "އެމެރިކާގެ ސަރަހައްދެއް" ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކެނެޑާއާ އެކު އޮތް ވިޔަފާރީގެ ޚިލާފުތަކާ ގުޅިގެން، އެމެރިކާއާއި ކެނެޑާ ގުޅޭ ބޯޑަރުގައި އޮންނަ 'ލޭކް އޮންޓޭރިއޯ' ގެ ނަން ވެސް 'ލޭކް އެމެރިކާ' އަށް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި އަމިއްލަފުޅަށް ބަދަލުކުރައްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއީރާންއެމެރިކާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
03 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
 ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި

02 ސެޕްޓެމްބަރު 2026
އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި
02 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި
02 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި

02 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް