Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:52

އީރާނަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް އަންނާނެ ކަމަށް ރައީސް ޓްރަމްޕް ގަބޫލުފުޅުކުރައްވާއިރު، އެމެރިކާއިން ވަނީ އީރާނުގެ އިގްތިސާދީ މައިބަދައަށް އަމާޒުކޮށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި. ނަމަވެސް، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ މުއްދަތު އިތުރުކުރުމަކީ މި ހަނގުރާމަ އަންނަ އަހަރަށް ދެމިގެން ހިނގައިދާނެ ކަމުގެ ނިޝާނެއް

ނިއުސް ޓީމް
ނިއުސް ޓީމް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:52
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިޢުލާނު ކުރުމާ ބެހޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އިސް މުޝީރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިޢުލާނު ކުރުމާ ބެހޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އިސް މުޝީރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. | ރޮއިޓާސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިޢުލާނުކުރެއްވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެމެރިކާގެ ނޫސް، ދި ވޯލް ސްޓްރީޓް ޖާނަލްއިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޓްރަމްޕް މި ގޮތަށް ވިސްނަވަމުން ގެންދަވަނީ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ޚިދުމަތުގެ މުއްދަތު ޕެންޓަގަންއިން އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް އައިކަން އިޢުލާނުކުރެއްވުމާ ގުޅޭގޮތުން ޓްރަމްޕް ވަނީ އޭނާގެ އިސް މުޝީރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އަދި، މި ފަދަ ނިންމެވުމަކަށް  ޓްރަމްޕް ތާއީދުކުރައްވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ. ޓްރަމްޕް ޤަބޫލުފުޅުކުރައްވާ ގޮތުގައި، އީރާނަށް ކުރިމަތިކޮށްފައިވާ އިޤްތިޞާދީ ހަރުކަށި ފިއްތުންތަކުގެ ސަބަބުން، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓައިލުމަށް ނުވަތަ އެ ޤައުމުގެ ސަރުކާރު އިނދަޖެހުމަށް މަޖުބޫރުވާނެ އެވެ.

އީރާނުގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ތެލާއި، މުދާ އުފުލުމާއި، ވައިގެ ދަތުރުފަތުރާއި، ރަނާއި، ޓެކްނޮލޮޖީގެ އިތުރުން ޑިޖިޓަލް މުދަލަށް އަމާޒުކޮށްގެން 'އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް' ގެ ނަމުގައި އެމެރިކާއިން ވަނީ މިދިޔަ ހަފުތާގައި ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

ހަނގުރާމަ ނިމުނުކަން އިޢުލާނުކުރުމުގެ މަޝްވަރާތައް ސިއްރިއްޔާތުގައި ކުރިއަށްދިޔަ ނަމަވެސް، ޕެންޓަގަންއިން ދަނީ މެދުއިރުމަތީގައި ތިބި ސިފައިންގެ ޚިދުމަތުގެ މުއްދަތު އިތުރު ކުރަމުންނެވެ. މިއީ، މި ހަނގުރާމަ އަންނަ އަހަރުގެ ތެރެއަށް ވެސް ދެމިގެން ހިނގައިދާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެ އެވެ. އަދި، ޓްރަމްޕަށް އަސްކަރީ ގޮތުން ބޭނުންފުޅުވާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެމެރިކާގެ 50،000 ސިފައިންނާއި 19 އަސްކަރީ މަނަވަރު މިހާރު ވެސް އެ ސަރަހައްދުގައި އެބައޮތް އިރު، މީގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި، ގައިޑެޑް މިސައިލް ހަރުކޮށްފައިވާ 13 ޑިސްޓްރޯޔަރު ހިމެނެ އެވެ.

މަސްދަރު: ޓީއާރްޓީ ވޯލްޑް

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްޕެންޓަގަންމެދު އިރުމަތިއީރާން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
03 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
 ޓްރަމްޕްގެ އަމުރަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 18 މީހުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި

02 ސެޕްޓެމްބަރު 2026
އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި
02 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި

02 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް