Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު

1 ސެޕްޓެމްބަރު 2026 | އަންގާރަ 06:37

އެމެރިކާއިން އީރާނުގެ ލާރަކް ޖަޒީރާއަށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނެއް ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އެޅުމަށް އީރާނުން އދ. ގެ ސަލާމަތީ މަޖިލީހުގައި އެދިއްޖެ. މި ހަމަލާގައި އާންމުންނާއި ސިފައިން ޝަހީދުވެފައިވާތީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގުގެ ދަށުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައި

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2026 | އަންގާރަ 06:37
އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޣުލާލާމްހުސައިން ދަރުޒީ

އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޣުލާލާމްހުސައިން ދަރުޒީ | ގެޓީ އިމޭޖަސް

ޕާޝިއަން ގަލްފުގައި އޮންނަ ލާރަކް ޖަޒީރާއަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކީ އުދުވާނީ އަމަލެއްގެ އިތުރުން ހަނގުރާމައިގެ ކުށެއް ކަމަށާއި، އެއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އެޅުމަށް އީރާނުން އދ. ގެ ސަލާމަތީ މަޖިލީހުގައި ރަސްމީކޮށް އެދިއްޖެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގައި، އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އަދި ޝާޒޭ ޑަ ފެއާޒް ޣުލާމްހުސައިން ދަރުޒީ ވިދާޅުވީ، އޮގަސްޓް މަހުގެ 30 ވާ އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެމެރިކާގެ ސިފައިން އީރާނުގެ މި ރަށަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާގެ ސަބަބުން ގައުމު ދިފާއުކުރުމުގައި ތިބި އީރާނުގެ ސިފައިންނާއި އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ޝަހީދުވެ، އަދި ބަޔަކު ޒަހަމްވެފައިވާ ކަމަށާއި، އާންމުންގެ މުދަލަށާއި ދައުލަތުގެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ތެހެރާނުން ސިފަކުރި ގޮތުގައި މި ހަމަލާއަކީ އީރާނުގެ ގައުމީ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ ސާފު އަމަލެކެވެ. އަދި މިއީ އެއްވެސް ގައުމެއްގެ މިނިވަންކަމަށް ނުވަތަ ސަރަހައްދީ ރައްކާތެރިކަމަށް ބިރުދެއްކުމާއި ބާރުގެ ބޭނުންކުރުން މަނާކުރާ އދ. ގެ ޗާޓަރުގެ 2 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް އީރާނުން ބުނެފައިވެ އެވެ.

ދަރުޒީ ވިދާޅުވީ، ގާނޫނާ ޚިލާފަށް އެމެރިކާއިން ހިންގި މި އުދުވާނީ އަމަލު އިސްލާމީ ޖުމްހޫރިއްޔާ އީރާނުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފްސު ދިފާއުކުރުމަށް ލިބިދޭ ހައްގުގެ ބޭނުން ހިފައި، އީރާނުގެ އަސްކަރިއްޔާއިން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. އެއީ އީރާނާ ދެކޮޅަށް ވޮޝިންޓަނުން ހިންގި "ޖިނާއީ ހަމަލާތަކާއި އުދުވާނުގައި" އެ މަރުކަޒުތައް ބޭނުންކޮށްފައިވާތީ، އެކަމަށް ދިން އެކަށީގެންވާ ރައްދު ހަމަލާތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ލާރަކް ޖަޒީރާއަށް ދިން ހަމަލާއަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއިން އެއްވެސް އުސޫލެއް ނެތި ފެށި ފުޅާދާއިރާއެއްގެ އަސްކަރީ ހަމަލާތަކުގެ ތެރެއިން ހިންގި އަމަލެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ވޮޝިންޓަނާއި ޒަޔަނިސްޓް ރެޖީމުން (އިސްރާއީލުން) ގާނޫނާ ޚިލާފަށް ކަނޑުގެ މަގު ބަންދުކޮށް، "އިގްތިސާދީ ޓެރަރިޒަމް" ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ފިތުނަ އުފެއްދުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތެހެރާނުން ބުނެ އެވެ.

މި އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު، ދައުލަތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކެއްގެ އިތުރުން، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ދަރުޒީ ލިޔުއްވާފައިވެ އެވެ.

މިކަމުގެ ބައިނަލްއަގުވާމީ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށާއި، މި ހަމަލާތަކަށް އަމުރުދީ، އިރުޝާދު ދީ، އަދި އަމަލީގޮތުން ބައިވެރިވި ފަރާތްތަކުން ޖިނާއީ ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ރައްޔިތުންނަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، މިފަދަ އުދުވާނެއް ރޭވުމުގައި ނުވަތަ ތަންފީޒުކުރުމުގައި އެހީތެރިވެ، މަގުފަހިކޮށްދީ، ނުވަތަ ބައިވެރިވި ކޮންމެ ފަރާތެއްވެސް ޒިންމާދާރުކުރާނެ ކަމަށް އީރާނުން ބުންޏެވެ.

ޕާޝިއަން ގަލްފާއި ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަމާއި ކަނޑުގެ ސަލާމަތަށް އޮތް ހަމައެކަނި ނުރައްކަލަކީ "އެމެރިކާއާއި ޒަޔަނިސްޓް ރެޖީމުގެ ގާނޫނާ ޚިލާފު އުދުވާނީ އަމަލުތަކާއި، ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ހިންގާ ނުރައްކާތެރި ހަރަކާތްތައް،" ކަމަށް ދަރުޒީ ބަޔާންކުރެއްވި އެވެ.

އީރާނުގެ ސިޔާދަތަށް އަރައިގަތް މައްސަލައަށް ހައްލެއް ހޯދުމަށާއި، ގާނޫނާ ޚިލާފަށް ބާރުގެ ބޭނުންކުރި ފަރާތްތައް ޒިންމާދާރުކުރުވުމަށާއި، ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ފަދަ އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް އޭނާ ސެކްރެޓަރީ ޖެނެރަލަށާއި ސަލާމަތީ މަޖިލީހަށް ގޮވާލެއްވި އެވެ.

ޚާއްސަގޮތެއްގައި، އެމެރިކާއިން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ޕާޝިއަން ގަލްފާއި ހުރްމުޒްކަނޑުއޮޅީގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް އެމެރިކާއަށް އެންގުމަށް އީރާނުން އދ. ގައި އެދިފައިވެ އެވެ.

އީރާނުން މިހާތަނަށް ކެތްތެރިކަން އިސްކޮށް، އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް، އީރާނުގެ ރައްޔިތުންނާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

"އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ އަސްކަރިއްޔާއިން، އަމިއްލަ ނަފްސު ދިފާއުކުރުމަށް ލިބިދޭ ހައްގުގެ ބޭނުން ހިފުމަށް ފަސްނުޖެހޭނެ ކަމަށާއި، ކުރިމަތިވާ ކޮންމެ އަސްކަރީ އުދުވާނަކަށް ވަރުގަދަ އަދި އެކަށީގެންވާ ރައްދެއް ދޭނެ،" ދަރުޒީ ލިޔުއްވާފައިވެ އެވެ.

މި ސިޓީއަކީ ސަލާމަތީ މަޖިލީހުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަނެ، މެންބަރު ގައުމުތަކަށް ފޮނުވުމަށްވެސް އީރާނުން ވަނީ އެދިފަ އެވެ.

އީރާން-އެމެރިކާލާރަކް ޖަޒީރާޣުލާމްހުސައިން ދަރުޒީއީރާން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން

01 ސެޕްޓެމްބަރު 2026
އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން
01 ސެޕްޓެމްބަރު 2026

އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން

01 ސެޕްޓެމްބަރު 2026
އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން
01 ސެޕްޓެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

01 ސެޕްޓެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި
31 އޯގަސްޓު 2026

ޓްރަމްޕް: އީރާން "މަރުވެއްޖެ"

31 އޯގަސްޓު 2026
ޓްރަމްޕް: އީރާން "މަރުވެއްޖެ"
31 އޯގަސްޓު 2026

އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި

31 އޯގަސްޓު 2026
އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
31 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި

31 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި
31 އޯގަސްޓު 2026

މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި

31 އޯގަސްޓު 2026
މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި
30 އޯގަސްޓު 2026

އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ
30 އޯގަސްޓު 2026

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026
"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް