Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާން: އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ އެކުވެސް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓައެއް ނުލާ

4 ސެޕްޓެމްބަރު 2026 | ހުކުރު 09:38

އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތަކާއި ކަނޑުގެ މަގުން ކުރިމަތިކުރި ބްލޮކޭޑްތަކާ އެކުވެސް، އެ ގައުމުގެ ތެޔޮ އެކްސްޕޯޓް މެދުނުކެނޑި ކުރިއަށްދާކަން ޕެޓްރޯލިއަމް މިނިސްޓަރު ހާމަކުރައްވައިފި. މީގެ އިތުރުން، ހަނގުރާމައިގެ ދަތި ހާލަތުގައި ވެސް ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް، ގެއްލުންވި ވަސީލަތްތައް އިއާދަކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން އެ ގައުމުން ފާހަގަކުރޭ

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2026 | ހުކުރު 09:38
އިރާންގެ އިސްފަހާންގައި ހުންނަ އިސްފަހާން ރިފައިނަރީގެ މަންޒަރެއް؛ 8 ނޮވެމްބަރު 2023 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަ ރިފައިނަރީއަކީ އެ ގައުމުގައި ހުރި އެންމެ ބޮޑު އެއް ރިފައިނަރީގެ އިތުރުން، ތެލުގެ އުފެއްދުންތަކުގެ ބާވަތްތައް އެންމެ ގިނަ ރިފައިނަރީ ކަމަށް ބެލެވޭ

އިރާންގެ އިސްފަހާންގައި ހުންނަ އިސްފަހާން ރިފައިނަރީގެ މަންޒަރެއް؛ 8 ނޮވެމްބަރު 2023 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަ ރިފައިނަރީއަކީ އެ ގައުމުގައި ހުރި އެންމެ ބޮޑު އެއް ރިފައިނަރީގެ އިތުރުން، ތެލުގެ އުފެއްދުންތަކުގެ ބާވަތްތައް އެންމެ ގިނަ ރިފައިނަރީ ކަމަށް ބެލެވޭ | ގެޓީ އިމޭޖަސް

އީރާނުގެ ތެޔޮ ވަސީލަތްތަކަށް ދެމުންދިޔަ ހަމަލާތަކާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ލޮޖިސްޓިކް ގޮންޖެހުންތަކާއި، ކަނޑުގެ މަގުން ކުރިމަތިކުރި ހުރަސްތަކާ އެކުވެސް، ވޭތުވެދިޔަ 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އެ ގައުމުގެ ސާފުނުކުރާ ތެޔޮ ބޭރުކުރުން މެދުނުކެނޑި ކުރިއަށްދިޔަ ކަމަށް ޕެޓްރޯލިއަމް މިނިސްޓަރު މުހްސިން ޕަކްނެޖާދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޕަކްނެޖާދު ވިދާޅުވީ، ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައި ވެސް، ފެބްރުއަރީ 28 އިން ފެށިގެން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާ ހަމައަށް، އެންމެ ގަޑިއިރަކަށް ވެސް އީރާނުން ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލާފައި ނުވާނެ ކަމަށެވެ.

ޕަކްނެޖާދު އިޝާރާތް ކުރެއްވީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭން ފެށި އުދުވާނީ ހަމަލާތަކަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ތަކުރާރުކޮށް ހަމަލާދިން ނަމަވެސް، އެ ގައުމުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމުގައި ހަނގުރާމަ ވަނީ ނާކާމިޔާބުވެފަ އެވެ.

މި ހަމަލާތައް އަމާޒުވެފައިވަނީ ތެޔޮ ރައްކާކުރާ ތަންތަނާއި، ތެޔޮ ފޯރުކޮށްދޭ ނިޒާމުތަކުގެ އިތުރުން ގޭސް އުފައްދާ މައިގަނޑު ވަސީލަތްތަކަށެވެ. މީގެ ތެރޭގައި އީރާނުގެ އެންމެ މުހިންމު އެއް ހަކަތައިގެ މަރުކަޒު ކަމަށްވާ "ސައުތު ފާސް" ގޭސް ކޮމްޕްލެކްސް ވެސް ހިމެނެ އެވެ.

އީރާނުގެ ތެޔޮ އެކްސްޕޯޓަށް ކުރިމަތިވި ގޮންޖެހުންތަކަކީ ހަމައެކަނި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކެއް ނޫނެވެ. އޭގެ ފަހުން ތެހެރާނަށް ކުރިމަތިލާން ޖެހުނީ ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ތެޔޮ ވިއްކުމާއި ފޯރުކޮށްދިނުމަށް ހުރަސްއެޅި ކަނޑުގެ ބްލޮކޭޑަކާ އެވެ.

ޕަކްނެޖާދު ވިދާޅުވި ގޮތުގައި ފުރަތަމަ ބްލޮކޭޑް ދެމިގެންދިޔައީ ރައުސުލް ހައްދު އިން ފެށިގެން ޕާކިސްތާނުގެ ގްވާދަރު ބަނދަރާ ހަމައަށެވެ. މި ހުރަސްތަކާ އެކުވެސް ތެޔޮ ވިއްކުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ފިޔަވަޅުތަކެއް އެޅި އެވެ.

"ތެޔޮ ވިއްކުމާއި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފާރިސީ ކަނޑުއޮޅި އާއި އޮމާން ކަނޑާ އެތައް ހާސް ކިލޯމީޓަރެއް ދުރުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޕަކްނެޖާދު ވިދާޅުވި ގޮތުގައި ފުރަތަމަ ބްލޮކޭޑް ދެމިގެންދިޔައީ އޭޕްރިލް 13 އިން ޖޫން 18 އަށެވެ. އެ ބްލޮކޭޑަށް އައި ވަގުތީ މެދުކެނޑުމުގެ ދަނޑިވަޅުގައި، އީރާނުން ވަނީ ފާރިސީ ކަނޑުއޮޅި އާއި އޮމާން ކަނޑުން ބޭރަށް ގިނަ އަދަދެއްގެ ތެޔޮ ބޭރުކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ފަދަ ސަރަހައްދުތަކުގައި ތެޔޮ ޖަމާކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެ މެދުކެނޑުމުގެ ބޭނުން ހިފީ ކަނޑުގެ މަގުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ތެޔޮ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތައް ދެމެހެއްޓުމަށް ކަމަށެވެ.

ނަމަވެސް ޖުލައި 15 ގައި ދެވަނަ ބްލޮކޭޑެއް ކުރިމަތިކުރުވުމާއެކު އަނެއްކާވެސް ފިއްތުންތައް އިތުރުވި އެވެ. ޕަކްނެޖާދު ވިދާޅުވި ގޮތުގައި އެ ބްލޮކޭޑް އަދިވެސް ދަނީ ދެމިއޮންނަމުންނެވެ.

"ތެޔޮ ސިނާއަތް އޮތީ ހުއްޓިފައެއް ނޫން. އަދި މަސައްކަތްތައް މަޑުޖެހިފައެއް ވެސް ނެތް. މި ބްލޮކޭޑް ނުވަތަ ހުރަސްތައް މުޅިން ފަހަނައަޅައި ދެވޭނެ ދުވަހަކާ ހަމައަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން ދަނީ ތަފާތު ހައްލުތަކާއި ފިޔަވަޅުތައް އަޅަމުން،" އޭނާ ވިދާޅުވި އެވެ.

ތެޔޮ އުފެއްދުމާއި ގޭސް ހޯދުން

ހަމައެއާއެކު، ހަނގުރާމައިގެ ހާލަތުގައި ވެސް ގައުމުގެ އެތެރޭގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޕެޓްރޯލިއަމް މިނިސްޓްރީން ބުނެ އެވެ.

ޕަކްނެޖާދު ވިދާޅުވީ ދުވާލަކު އިތުރު 250،000 ފީފާގެ ސާފުނުކުރާ ތެޔޮ އުފެއްދުމަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމް މިހާރު އަމަލީ މަރުހަލާގައި އޮތް އިރު، އޭގެ ތެރެއިން ދުވާލަކު 70،000 އާއި 80,000 އާ ދެމެދުގެ އަދަދަކަށް ތެޔޮ އުފައްދަން މިހާރު ފެށިފައިވާ ކަމަށެވެ.

މީގެ އިތުރުން، ތެޔޮ ނަގާއިރު ބޭކާރުވެގެން އަންދާލާ ގޭސް (ފްލެއާ ގޭސް) އެއްކުރުމުގެ މަސައްކަތުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ރިޕޯޓްކޮށްފައިވެ އެވެ.

މިހާރުގެ ސަރުކާރުން މަގާމާ ހަވާލުވި ފަހުން، ތަފާތު މަޝްރޫއުތަކުގެ ދަށުން ދުވާލަކު ގާތްގަނޑަކަށް 11.5 މިލިއަން ކިއުބިކް މީޓަރުގެ ފްލެއާ ގޭސް އެއްކުރެވިފައިވާ ކަމަށް ޕަކްނެޖާދު ވިދާޅުވި އެވެ.

މި ސަރުކާރު އައުމުގެ ކުރިން އެއްކުރަމުންދިޔަ 5.5 މިލިއަން ކިއުބިކް މީޓަރާއެކު، މިހާރު ޖުމްލަ 17 މިލިއަން ކިއުބިކް މީޓަރުގެ ފްލެއާ ގޭސް ދުވާލަކު އެއްކުރެވެ އެވެ.

މިއީ ހަކަތައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ އާންމުކޮށް އަންދާލައި ބޭކާރުކޮށްލާ މި ގޭސް އެއްކުރުމުން، އެއީ އުފެއްދުންތެރި ކަންކަމުގައި ބޭނުންކުރެވޭނެ ވަސީލަތަކަށް ވާތީކަން އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުގެ ހަކަތައިގެ ނިޒާމުގެ ވަރުގަދަކަން އިމްތިހާނު ކުރެވިގެންދިޔައީ ގޭސް ސާފުކުރާ ވަސީލަތްތަކަށް ސީދާ ހަމަލާދިނުމުންނެވެ.

ޕަކްނެޖާދު ފާހަގަކުރެއްވި ގޮތުގައި، މާޗް 18 ވަނަ ދުވަހު ދުޝްމަނުން ވަނީ އަސަލޫޔޭގައި ހުރި ގޭސް ރިފައިނަރީތަކުގެ ތެރެއިން ތިންވަނަ ރިފައިނަރީން ފެށިގެން ހަވަނަ ރިފައިނަރީއާ ހަމައަށް ހަތަރު ތަނަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ގޭސް އުފެއްދުމުގެ ގާބިލުކަން ބޮޑުތަނުން ދަށްކުރަން މަޖުބޫރުވި އެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އީރާނުގެ ތެޔޮ އަދި ގޭސް ސިނާއަތުގެ މާހިރުން ވަނީ ގެއްލުންވި ގާބިލުކަމުގެ ބޮޑު ބައެއް އަލުން އިއާދަކޮށްފަ އެވެ. އަދި ހަމަލާތަކަށް ފަހު ވަރަށް އަވަހަށް މަރާމާތުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި، މި މަސައްކަތުގެ ނަތީޖާ ފެނި، ގައުމުގެ ގޭސް އުފައްދާ މިންވަރު އިތުރުވެގެންދާ މަންޒަރު ފެންނާނެ،" ޕަކްނެޖާދު ވިދާޅުވި އެވެ.

އީރާންމުހްސިން ޕަކްނެޖާދުސައުތު ޕާސްއީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް

04 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް މިހާރު މި ކުރަނީ "ހަނގުރާމައެއް" ނޫން، ނިމޭނެ ދުވަހެއް ބުނަން ނޭނގޭ: ވޭންސް
03 ސެޕްޓެމްބަރު 2026

ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ

03 ސެޕްޓެމްބަރު 2026
ނަތަންޔާހޫ: އިރާނުގެ ސަރުކާރު ވަރަށް އަވަހަށް ވެއްޓިދާނެ
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން 86 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފި
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ
03 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް

03 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި
02 ސެޕްޓެމްބަރު 2026

އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި

02 ސެޕްޓެމްބަރު 2026
އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި
02 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި

02 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް