Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

28 އޯގަސްޓު 2026 | ހުކުރު 08:45

މުޖުތަމައަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހޭލުންތެރިވެ، މައިންބަފައިންނަށް އޯގާތެރިވުމަށާއި މިސްކިތްތަކުގެ ހުރުމަތް ހިމާޔަތްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި. މީގެ އިތުރުން އިސްލާމީ އަހުލާގު ދަމަހައްޓައި، ވިޔަފާރީގައި ތެދުވެރިވުމަށާއި ޔަތީމުންނާއި ބަލިކުދިންނަށް އެހީތެރިވުމުގެ މުހިއްމުކަން ޚުތުބާގައި ފާހަގަކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2026 | ހުކުރު 08:45
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ | އިސްލާމިކް މިނިސްޓްރީ

މުޖުތަމައު އިސްލާހު ކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ޒިންމާއެއް ކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފި އެވެ.

"މުޖުތަމައު އިސްލާހު ކުރުން، އެންމެންގެ ޒިންމާ" މި މައުޟޫއަށް އިއްވި ޚުތުބާގައި ވަނީ ފަހުގެ ތާރީޚުގައި ދިވެހި މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާޤީ ގޮތުން އައިސްފައިވާ ނޭދެވޭ ބަދަލުތަކާމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށް ބަޔާންކޮށްފަ އެވެ.

Advertisement - newsAdvertisement

މިއަދުގެ ޚުތުބާގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުމުގެ މައްސަލައަށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް މިއަދު މައިންބަފައިންގެ ހިތުގައި ޖައްސައި، އެމީހުންނަށް އަޅާނުލާ ދޫކޮށްލާފައި ތިބޭ މަންޒަރު ފެންނަމުންދާ ކަމަށް ކަންބޮޑުވުމާއެކު ފާހަގަކުރި އެވެ.

ޚާއްސަކޮށް ހޮސްޕިޓަލުތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގައި މުސްކުޅި ބަލީގައި އެކަނިވެރި ހާލުގައި ތިބި މައިންބަފައިން ތިބިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އެމީހުންނަކީ ދަރިންގެ އޯގާތެރިކަމާއި އެހީތެރިކަމަށް ނުހަނު ބޭނުން ޖެހިފައިވާ ބައެއް ކަމަށާއި، މައިންބަފައިންގެ ދުއާއަކީ ކޮންމެ ދަރިއަކަށްވެސް ލިބޭނެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ހަތިޔާރު ކަމަށް ޚުތުބާގައި ބަޔާންކުރި އެވެ.

މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމުގެ މައްސަލައަށްވެސް ޚުތުބާގައި ވަނީ ބަލާލާފަ އެވެ. ނަމާދު ކުރުމުން ލިބޭ މަތިވެރި ސަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލަ އަމަލުތަކުގެ ސަބަބުން ގެއްލުވާލައިގެން އެނބުރި ގެއަށްދާ މީހުން އުޅޭކަން ޚުތުބާގައި ފާހަގަކުރި އެވެ.

މުޖުތަމައުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ބަންގި ވަގުތު ވިޔަފާރި ކުރުމާއި، ނިވާކަން ކުޑަ ފޭރާން އެޅުމާއި، ރަށު ތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތައް ޖެހުމަކީ ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގެ ވާހަކަ ދެއްކުމުން އެއީ އެހެން މީހުންގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބައެއް މީހުން ބުނާ ބުނުމަކީ އިންސާފެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލަމުން ވަނީ ޔަތީމު ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވުމަށް އިލްތިމާސްކޮށްފައެވެ. ލޭއަޅާ ކުދިންނަކީ ދިރިއުޅުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ބައެއް ކަމުން، އެކުދިންނަށް އެހެން މީހުންގެ އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިއްމު ޚިދުމަތެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ހަލާލު ގޮތުގައި އާމްދަނީ ހޯދުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި މަކަރު ނުހަދައި ތެދުވެރިވުމުގެ މުހިއްމުކަންވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

މުޖުތަމައު އިސްލާޙުކުރުންހުކުރު ޚުތުބާމިސްކިތް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ

21 އޯގަސްޓު 2026
އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ
14 އޯގަސްޓު 2026

ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ

14 އޯގަސްޓު 2026
ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ
07 އޯގަސްޓު 2026

ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ

07 އޯގަސްޓު 2026
ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ
31 ޖުލައި 2026

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ

31 ޖުލައި 2026
ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ
24 ޖުލައި 2026

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026
ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ
17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
22 ޖޫން 2026

މިސްކިތްތަކުގައި އިމާމުންގެ ދަތިކަން ހައްލުކުރަން ހާއްސަ އިމްތިހާނެއް

22 ޖޫން 2026
މިސްކިތްތަކުގައި އިމާމުންގެ ދަތިކަން ހައްލުކުރަން ހާއްސަ އިމްތިހާނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް