Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ

31 ޖުލައި 2026 | ހުކުރު 08:48

ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ހަޟުރަތަށް ރުޖޫއަވުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައި. އެ ދުވަހުގެ ބިރުވެރިކަމާއި އަމަލުތަކަށް ސުވާލުކުރެވޭނެކަން ހަނދާންކޮށްދެމުން، ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ޚުތުބާގައި ބާރުއަޅާފައިވޭ. ހަގީގީ ނަސީބުވެރިއަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބޭ މީހާކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2026 | ހުކުރު 08:48
މިސްކިތުގެ ޖަމާއަތުގައި ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގެ ޖަމާއަތުގައި ހުކުރު ޚުތުބާ އަޑު އަހަނީ | އިސްލާމިކް މިނިސްޓްރީ

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވުމަށް ހުކުރު ޚުތުބާގައި މުޅި އިސްލާމީ އުންމަތަށް ގޮވާލައިފި އެވެ. 

''ގިޔާމަތްދުވަހާއި މަޙުޝަރު މައިދާނަށް ތައްޔާރުވުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން ކިރުމައިން އެއުރެންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދަ ޙާލަތެއްގައި ތިބޭނެކަން ޚުޠުބާގައި ހަނދާންކޮށްދީފަ އެވެ. 

މަޙުޝަރުގެ މައިދާނުގައި ކޮންމެ މީހަކުވެސް އުޅޭނީ އަމިއްލަ ނަފުސުގެ ސަލާމަތަށްޓަކައި ކަމަށާއި، އެ ދުވަހަކީ އިންސާނާ އޭނާ ގެ އަޚާގެ ކިބައިންނާއި، މަންމައާއި ބައްޕަގެ ކިބައިންނާއި، އަނބިދަރިންގެ ކިބައިން ފިލަންދާނެ ދުވަހެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. މާނައީ: (އެއީ) މީހާ އޭނާ ގެ އަޚާގެ ކިބައިންނާއި، އޭނާ ގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާ ގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނެކަމެއް އެ ދުވަހުން ވެ އެވެ." އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. މާނައީ: " ފަހެ، ތިޔަބައިމީހުން ކާފިރުވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ ޢަޒާބުން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަވާނެކަން ޔަގީނެވެ.
ހުކުރު ޚުތުބާ 

ޚުތުބާގައި ބުނީ، މި ބިރުވެރި ދުވަހުގައި މީސްތަކުން ދެ ބަޔަކަށް ބެހިގެންދާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ބަޔަކީ އީމާންވެ ހެޔޮ އަމަލުކުރުމުގެ ސަބަބުން މޫނުތައް އަލިވެ، އުފާވެރިކަމުގައި ތިބޭނެ މީހުން ކަމަށާއި، އަނެއް ބަޔަކީ ކާފިރުވެ އުރެދުމުގެ ސަބަބުން މޫނުތަކަށް ކަޅު އަނދިރިކަމާއި ހިރަފުސް އަރާފައިވާ މީހުން ކަމަށެވެ. އަދި ދުނިޔޭގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުނު މީހުން އެ ދުވަހު ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ޚުތުބާގައި ދީފައިވެ އެވެ. އަދި ބިމުގައިވާ އެންމެން ފިދުޔައެއްގެ ގޮތުގައި ދީގެންވެސް އަޒާބުން މިންޖުވާން އެދުނު ނަމަވެސް އެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.

ގިޔާމަތް ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ދުވަހު އެއްވެސް ކަމެއް ވަންހަނާ ނުކުރެވޭނެ ކަމަށެވެ. 

ޚުތުބާގައި އިތުރަށް ބުނީ ގިޔާމަތްވާނީ ކޮން އިރަކުންތޯ ސުވާލުކުރުމުގެ ބަދަލުގައި އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކުރީ ކޮން އަމަލެއްތޯ ބަލަންޖެހޭ ކަމަށެވެ. 

ދިރުންހުރި ކޮންމެ އެއްޗަކީ މަރުގެ ރަހަ ދެކޭނެ އެއްޗެއްކަން ހަނދާންކޮށްދެމުން، ޝައިތާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއްކަމާއި، ހަގީގީ ނަސީބުވެރިއަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބޭ މީހާކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026
ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ
17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް