Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

އަމާނާތްތެރިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި، ދައުލަތުގެ މުދަލާއި، އަދާކުރާ ވަޒީފާގެ އިތުރުން މީހުންގެ ސިއްރުތަކަކީ ވެސް އަމާނާތްތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި. އަމާނާތްތެރިކަން ނެތިގޮސް ހިޔާނާތްތެރިކަން އާންމުވެއްޖެނަމަ މުޖުތަމައުގެ ބިންގާ ރޫޅި، ކޮރަޕްޝަން ފެތުރިގެންދާނެ ކަމުގެ އިންޒާރު ޚުތުބާގައި ވަނީ ދީފައި. އެހެންކަމުން ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ހުރިހާ ކަމެއްގައި ވެސް އަމާނާތްތެރިކަން އިސްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2026 | ހުކުރު 08:10
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ | އިސްލާމިކް މިނިސްޓްރީ

މީހެއްގެ އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑުވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ އަމާނާތްތެރިކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނެފައި ވަނީ، ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުމަކީ މުޅި މުޖުތަމައުގެ ހައްގަކަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ދައުލަތާއި، އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނަތްތެރިވާން ޖެހޭނެ، މީހެއްގެ އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު، ސަބަބަކީ އެއީ މުޅި މުޖުތަމައުގެ ޙައްޤަކަށްވާތީ،
ހުކުރު ޚުތުބާ

މީގެ އިތުރުން، އަދާކުރާ ވަޒީފާއާއި އެ ވަޒީފާގެ ވަގުތަކީވެސް ބޮޑުވެގެންވާ އަމާނާތެއްގެ ގޮތުގައި ޚުތުބާގައި ސިފަކޮށްފައިވެއެވެ. އެގޮތުން ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާ ކުޑަ ކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ހަމައެއާއެކު، މީސްތަކުން އިތުބާރު ކޮށްފައި ކިޔައިދޭ ސިއްރު ވާހަކަތަކަކީވެސް އަމާނާތެއް ކަމަށާއި، އެކަންކަން ރައްކާތެރިކުރުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، މުޖުތަމައެއްގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ގާއިމުވަނީ އަމާނާތްތެރިކަން އިސްކުރުމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް މުޖުތަމައެއްގައި އަމާނާތްތެރިކަން ނެތިގޮސް، ހިޔާނާތްތެރިކަން އާންމުވެއްޖެނަމަ އެ މުޖުތަމައެއްގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރިގެންދާނެ ކަމުގެ އިންޒާރު ޚުތުބާގައި ވަނީ ދީފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ، އަމާނާތަށް ހިޔާނާތްތެރިވުމުގެ ސަބަބުން މީހުންގެ ހައްގުތައް ގެއްލި، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރުން، އާޚިރަތް ދުވަހުންވެސް ގަދަފަދަ ވެގެންވާ ކޯފާއާއި އަޛާބާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

  އަމާނަތްތެރިކަމުގެ ސަބަބުން މުޖުތަމައުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޤާއިމުވޭ، ނަމަވެސް އަމާނަތްތެރިކަން ނެތިގޮސް، ހިޔާނާތްތެރިކަން އާންމުވެއްޖެނަމަ މުޖުތަމައުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި އާންމުވެގެންދޭ، އަދި އޭގެ ސަބަބުން ޙައްޤުތައް ގެއްލި، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރުން، އާޚިރަތުގައިވެސް ގަދަފަދަ ވެގެންވާ ކޯފާއާއި އަޛާބާ ކުރިމަތިލާން ޖެހޭނެ
ހުކުރު ޚުތުބާ

އެހެންކަމުން ހުރިހާ ކަމެއްގައިވެސް އަމާނާތްތެރިކަން އިސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހުރިހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

 

ހުކުރު ޚުތުބާއަމާނާތްތެރިކަންހިޔާނާތްތެރިކަންކަރަޕްޝަން ދައުލަތުގެ މުދަލު

އިތުރަށް ކިޔާލަން

22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
10 ޖޫން 2026

ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން

10 ޖޫން 2026
ޝަމްއާން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުހުގައި އެދެފިން: މިނިސްޓަރު އިހުސާން
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު