Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

3 ޖުލައި 2026 | ހުކުރު 08:47

ހުކުރު ޚުތުބާގައި ބުނީ، ކޮރަޕްޝަނާއި ރިޝްވަތަކީ އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ، ތަރައްގީއަށް ހުރަސްއަޅާ ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށް. މިފަދަ އަމަލުތަކުގެ ސަބަބުން އިގުތިސާދީ ތަނބުތައް ބަލިކަށިވެ، މުޖުތަމައުގައި ނާއިންސާފާއި ފަގީރުކަން އިތުރުވާކަން ޚުތުބާގައި ފާހަގަކުރި. އެހެންކަމުން، ކޮރަޕްޝަނަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކި، ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ހަރާމް މުދަލާއި ޚިޔާނާތްތެރިކަމުން ދުރުހެލިވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2026 | ހުކުރު 08:47
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ | އިސްލާމިކް މިނިސްޓްރީ

ކޮރަޕްޝަންގެ ނުބައި އަމަލު މުޅި މުޖުތަމައުގައި ފެތުރިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

'' ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން '' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ކޮރަޕްޝަނަކީ މަގާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެއް ކަމަށާއި، ތިމާއާ ހަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއް ކަމަށެވެ. އަދި ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި އަމަލެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ،  ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށެވެ. އަދި މުޖުތަމައުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށާއި، ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި، ނަފުސުގެ ދަހިވެތިކަން ހިމެނޭ ކަމަށެވެ.

ޚުތުބާގައި ބުނީ، ކޮރަޕްޝަނުގެ ނުބައި އަމަލުތައް މުޖުތަމައުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ނުރައްކާތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާ އަށް އޮތީ ހަލާކު ކަމަށެވެ. މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ލައުނަތް އެ މީހެއްގެ މައްޗަށްވާ ކަމާއި، އެ ފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ހަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނެކަމުގެ އިންޒާރު ދީފައިވެ އެވެ.

ޚުތުބާގައި ބުނީ، ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާއީ އަދުލުވެރިކަން ނެތިވެ، ފަގީރުކަން އިތުރުވެ، އިގުތިސާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށާއި، ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

މާތް ﷲ ވަޙީކުރައްވައިފައި އާޔަތެއްގެ މާނާގައި ވަނީ، ( މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށް ޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!"
ހުކުރު ޚުތުބާ 

ޚުތުބާގައި ވަނީ ހަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށް އެދޭ ނަމަ، މާތް ﷲ ހަރާމް ކުރައްވައިފައިވާ އެންމެހައި ކަމަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފަ ކަމާއި، ޚިޔާނާތްތެރިކަމަކީ މުނާފިގުންގެ އަލާމާތެއް ކަމާއި، ކޮރަޕްޝަނާއި ރިޝްވަތު އާންމުވީ ނަމަވެސް، އެއީ އާދައިގެ ކަމެއްކަމުގައި ދެކި، ހެއްލުންތެރިނުވުމަށް ވެސް ގޮވާލާފައިވެ އެވެ. 

ހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
01 މެއި 2026

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

01 މެއި 2026
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''
24 އެޕްރީލު 2026

ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

24 އެޕްރީލު 2026
ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް