Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ

21 އޯގަސްޓު 2026 | ހުކުރު 08:16

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރިހަމައަށް އީމާންވުމަކީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، އަމިއްލަ ނަފުސަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުން ކަމަށް ޚުތުބާގައި ވަނީ ބުނެފައި. އަދި އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، ރިވެތި އަހުލާގީ ސިފަތަކުން ޒީނަތްތެރިވުމާއެކު، ކީރިތި ގުރްއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2026 | ހުކުރު 08:16
މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ނަމާދު ކުރުމަށް މީހުން މިސްކިތަށް އަރަނީ

މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ނަމާދު ކުރުމަށް މީހުން މިސްކިތަށް އަރަނީ | ރާއްޖެއެމްވީ

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް ނަބިއްޔާ ފޮނުއްވުމުގެ ކުރީގައި ދުނިޔޭގައި އޮތީ ޖަންގަލީގެ ގާނޫނު ކަމަށާއި، ބާޒާރުގައި އިންސާނުން ގަނެވިއްކުމާއި އަންހެންދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުއާމަލާތްތައް ފަދަ މުންކަރާތްތައް އިންތިހާއަށް ފެތުރިފައި އޮތް ކަމަށެވެ. މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މާތް ﷲ އެކަލޭގެފާނު ފޮނުއްވީ މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށް އާލަމްތަކަށް ހުރި ރަހުމަތެއްގެ ގޮތުގައި އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަގާމަށް ގަދަރުކޮށް، އިހުތިރާމްކޮށް އަދަބު އަދާކުރުންކަން ބަޔާންކޮށް ޚުތުބާގައި ބުނީ، އެ މީހެއްގެ އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށެވެ. 

އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވެ އެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِيْنَ)[1] މާނައީ: "ތިޔަބައިމީހުން ކުރެ މީހެއްގެ މައިންބަފައިންނާއި ދަރީންނާއި އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ އެ މީހަކު ލޯބިވެއްޖައުމަށް ދާންދެން، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާހުށްޓެވެ." އެކަލޭގެފާނަށް ނަފުރަތުކުރުމާއި ކުޑައިމީސް ބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަމެވެ. އެ ފަދަ މީހުންނަކީ މާތް ﷲ ލަޢުނަތްލައްވައި ނިކަމެތިކުރައްވައި ވޭންދެނިވި ޢަޛާބުދެއްވާނޭ ބައެކެވެ  
ހުކުރު ޚުތުބާ 

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ ކުރީއްސުރެ ވެސް ހިނގަމުން އައިސްފައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ވެސް މިފަދަ ދުއްތުރާތަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، މާތް ﷲ އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި، އެކަލާނގެ ނަބިއްޔާއަށް ނަޞްރުދެއްވައި ރައްކާތެރިކަން ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، ތެދުބަސްބުނުމާއި ކެތްތެރިވުމާއި އަދުލުވެރިވުމާއި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުން ފަދަ ރިވެތި އަހުލާގީ ސިފަތަކުން ޒީނަތްތެރިވުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. 

މާތް ﷲ އަށް ތަގުވާވެރިވެ، އާޚިރަތުގެ ކާމިޔާބީއަށް އެދި، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އުންމަތަށް ދޫކުރެއްވި އެންމެ އަގުބޮޑު ތަރިކަ ކަމުގައިވާ ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް އެންމެހައި މުސްލިމުންނަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ނަބިއްޔާ މުޙައްމަދު ﷺހުކުރު ޚުތުބާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ

14 އޯގަސްޓު 2026
ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ
07 އޯގަސްޓު 2026

ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ

07 އޯގަސްޓު 2026
ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ
31 ޖުލައި 2026

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ

31 ޖުލައި 2026
ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ
24 ޖުލައި 2026

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026
ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ
17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް