Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026 | ހުކުރު 08:27

ކީރިތި ޤުރުއާން ކިޔަވައި، އޭގެ މާނައާ މެދު ފިކުރުކުރުމަކީ އިންސާނާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އަސްލު ކަމަށް ޚުތުބާގައި ބުނެފައިވޭ. ޤުރުއާނުގެ އަހުލުވެރިންނަށް މަލާއިކަތުންގެ ހެޔޮ ދުއާ ލިބި، ޝައިތާނާގެ ވަސްވާސްތަކުން ރައްކާތެރިކަން ލިބޭނެކަން ފާހަގަކުރަމުން، އެ ފޮތުގެ އުސޫލުތަކުގައި ހިފެހެއްޓުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2026 | ހުކުރު 08:27
ޖަމާއަތް ހަދައިގެން ހުކުރު ޚުތުބާ އަޑު އަހަނީ

ޖަމާއަތް ހަދައިގެން ހުކުރު ޚުތުބާ އަޑު އަހަނީ | އިސްލާމިކް މިނިސްޓްރީ

ހުރިހާ ހެޔޮ ކަމެއް ވަނީ ކީރިތި ޤުރުއާން ގައި ހިފަހައްޓައި އެ ފޮތް މަތިވެރި ކުރުމުގައި ކަމަށާއި، ހުރިހާ ނުބައި ކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

''ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާން ކަމަށާއި، އެއީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށެވެ. ހުރިހައި ކާމިޔާބީއެއްގެ ސިއްރު ކަމަށާއި، އެ ފޮތުގެ އުސޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ކީރިތި ޤުރުއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ހާޒިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެޔޮ ދުއާކުރައްވައި، ޝައިތާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރި ކޮށްދެއްވާނެކަން ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ. 

ޚުތުބާގައި ބުނީ ޤުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއް ކަމަށެވެ. އަދި މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަގުސަދުގައި ކިޔެވޭ މި މުގައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލު ކަމަށެވެ.

ކީރިތި ޤުރްއާނުގެ އަހުލުވެރީންގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللَّهِ، يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُوْنَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيْمَنْ عِنْدَهُ) މާނައީ: "މާތް ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި)، ބަޔަކު މީހުން އެއްވެ، މާތް ﷲގެ ފޮތް ކިޔަވައި، އަދި އެ ބައިމީހުންގެ މެދުގައި އެ ފޮތް އުނގެނި ދަސްކުރާ ނަމަ، އެ ބައިމީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެތެވެ. އަދި އެކަލާނގެ ރަޙުމަތް އެބައިމީހުން ފޮރުވައިލާނެތެވެ. އަދި މަލާއިކަތްބޭކަލުން އެ ބޭކަލުންގެ ފިޔަފުޅުތަކުން އެ ބައިމީހުން ވަށައިލައްވާނެތެވެ. އަދި اللهُ سُبْحَانَهُ وَتَعَالَى، އެބައިމީހުންގެ މަތިވެރިކަމުގެ ވާހަކަ (އެބަހީ: ކީރިތި ޤުރްއާން ކިޔަވައި އެ އުނގެނި އުނގަންނައިދޭ މީހުންގެ ވާހަކަ) އެކަލާނގެ ޙަޟުރަތުގައި ކުއްތަންކުރެއްވިގެންވާ މަލާއިކަތުންނަށް ބަޔާންކުރައްވާނެތެވެ.
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ބުނީ، ޤުރުއާން އިޚުލާސްތެރިކަމާ އެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ ކަމަށެވެ. އަދި ހުރިހައި ހެޔޮ ކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގައިކަން ފާހަގަކޮށް، އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުން ކަމަށް ބުނެފައިވެ އެވެ. 

އެހެންކަމުން ޤުރުއާންގައި ހިފުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. 

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
01 މެއި 2026

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

01 މެއި 2026
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް