Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ

7 އޯގަސްޓު 2026 | ހުކުރު 08:29

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މީސްތަކުންނާ މުއާމަލާތުކުރުމުގައި މަޑުމައިތިރިކަމާއި އޯގާވެރިކަން އިސްކުރުމަކީ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭނެ ލާޒިމް ސިފައެއްކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައި. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސީރަތާއި މޫސާގެފާނުގެ ވާހަކައިން މިސާލު ދައްކަވަމުން، ދެބަސްވުންތަކާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް ހަރުކަށިކަން ދޫކޮށް، މައާފުކުރުމާއި ރިވެތި އަޚުލާގު އިސްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2026 | ހުކުރު 08:29
ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން | މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ ކަމަށާއި،  ދޭދޭ ފަރުދުންގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާގު އިސްކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''މަޑުމައިތިރިކަން އިސްކުރުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަ ންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާގު އިސްކުރުމަކީ ދީނުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ މުހިންމު ބައެއް ކަމަށެވެ. 

ނަމާދާއި ރޯދަ ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށް ބައެއް މީހުންނަށް ހީކުރެވުނު ނަމަވެސް، މީސްތަކުންނާ މުއާމަލާތުކުރުމުގައި ގެންގުޅޭ އޯގާވެރިކަމަކީ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭނެ ލާޒިމް ސިފައެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އަޅުކަންތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުއާމަލާތުކުރުމުގައި ހަރުކަށިކަމާއި ދޫ ނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މައާފުނުކުރުން ފަދަ ނޭދެވޭ ސިފަތައް ފެންނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޚާއްސަކޮށް ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައި ދިއުމާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ނިކަމެތީންނަށް ރިއާޔަތްނުކުރުން ފަދަ ކަންކަމަކީ އިސްލާމީ ރިވެތި އަހުލާގާ ޚިލާފު ކަމެއް ކަމަށެވެ. 

މީގެ އިތުރުން ޚުތުބާގައި ވަނީ ލޮބުވެތި ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސީރަތަށް އަލިއަޅުވާލައި، އެކަލޭގެފާނުގެ އަހުލުވެރީންނާއި އަސްހާބުންނާއި އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުއާމަލާތް ކުރެއްވުމުގައި ވެސް މަޑުމައިތިރިކަމާއި އޯގާވެރިކަން އިސްކުރެއްވިކަން ފާހަގަކޮށް އިބްރާތް ހާސިލް ކުރުމަށް ބާރުއަޅާފައި އެވެ.

ދުނިޔޭގައި ކިބުރުވެރިވެ ބޮޑާވެގަތް ފިރުޢައުނުގެ ގާތަށް މާތްﷲ ގެ މަތިވެރި ރަސޫލާ مُوْسَى عَلَيْهِ السَّلَام ފޮނުއްވި ހިނދު، އެ ނުބައި ފިރުޢައުނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވުމަށް މާތްﷲ مُوْسَى عَلَيْهِ السَّلَامއަށް ވަޙީކުރެއްވި ބަސްފުޅާ މެދު ވިސްނާށެވެ! ފިރުޢައުނަކީ ބޮޑު ކާފިރެކެވެ. ކަލާނގެކަމަށް ދަޢުވާކުރި ނުލަފާ އަނިޔާވެރިއެކެވެ. ނަމަވެސް އޭނާއާ މުޚާޠާބުކުރެއްވުމަށް އަންގަވައިފައިވަނީ ވެސް މަޑުމައިތިރިކަމާއެކުގައެވެ. މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައި ވަނީ "ފިރުޢައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ." މި އާޔަތުގެ މާނައިން ދޭހަވާ ގޮތުގައި ދީން ޤަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުޚާޠަބުކުރާން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށެވެ. އެ ފަދަ މީހުންގެ މައްޗަށް ވެސް ހަރުކަށިވުމެއް ނެތެވެ. ވީއިރު އަހަރެމެން މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތުކުރާ އިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑެވެ.
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ބުނީ، ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށްޓަކައި ބަދަލުހިފާ މީހެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ މައާފުކުރުން އިސްކުރާ، ކިބުރުވެރިކަމެއް ނެތް މަޑުމައިތިރި މީހެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ ވެސް މުސްލިމުންގެ ކިބައިގައި ހުރި މިފަދަ ރިވެތި ސިފަތަކުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. 

އެހެންކަމުން، މާތްﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި އެކަކު އަނެކަކަށް އޯގާތެރި ބަޔަކަށް ވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ހުކުރު ޚުތުބާމަޑުމައިތިރިކަން

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން: ޚުތުބާ

28 އޯގަސްޓު 2026

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

28 އޯގަސްޓު 2026
މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!
21 އޯގަސްޓު 2026

އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ

21 އޯގަސްޓު 2026
އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ
14 އޯގަސްޓު 2026

ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ

14 އޯގަސްޓު 2026
ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ
31 ޖުލައި 2026

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ

31 ޖުލައި 2026
ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ
24 ޖުލައި 2026

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026
ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ
17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް