Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026 | ހުކުރު 08:18

މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު ދިން ޚުތުބާގައި، ކޮންމެ މީހަކީ ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ސުވާލުކުރެވޭނެ މީހެއްކަން ހަނދާންކޮށްދީފައިވޭ. މުޖުތަމައުގެ ކުރިއެރުން ބިނާވެގެންވަނީ އަދުލުއިންސާފާއި އަމާނާތްތެރިކަމުގެ މައްޗަށް ކަމަށާއި ވަޒީފާއާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2026 | ހުކުރު 08:18
ހުކުރު ޚުތުބާ އަޑު އެހުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން

ހުކުރު ޚުތުބާ އަޑު އެހުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން | އިސްލާމިކް މިނިސްޓްރީ

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

"މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ، ކޮންމެ މީހަކީ ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ސުވާލުކުރެވޭނެ ބެލެހެއްޓުންތެރިއެއްކަން ހަނދާންކޮށްދީފަ އެވެ.

މުޖުތަމައުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެހައި ފަރުދުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، ގައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމައު ސަލާމަތް ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ކޮންމެ އިންސާނަކީ ވެސް މި ދުނިޔޭގައި ކުރި އަމަލުތަކާ މެދު މާތް اللهގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ވަކީން ޚާއްސަކޮށް، އެކި ފެންވަރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެތިބި މީހުންނާއި އެމީހުންގެ އަހުދުތަކާއި ހުވާތަކާ މެދު ގިޔާމަތް ދުވަހުން ވަކިވަކީން ސުވާލުކުރެވޭނެ އެވެ.

އެހެންކަމުން، ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގެ އިންޒާރު ޚުތުބާގައި ދީފައިވެ އެވެ.

މީގެ އިތުރުން މުޖުތަމައެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެގެންވަނީ އަދުލުއިންސާފުގެ މައްޗަށް ކަމަށް ޚުތުބާގައި ބުންޏެވެ. އަދުލުއިންސާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ބަޔާންކުރަމުން، ރަސޫލާ ﷺ ގެ ހަދީޘެއްގެ މިސާލު ދެއްކެވި އެވެ.

ޤުރައިޝު ވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަންކުރުމުން، އޭނާގެ މައްޗަށް ވައްކަމުގެ ހައްދު ގާއިމު ނުކުރައްވައި ދޫކޮށްދެއްވާތޯ ޤުރައިޝުންގެ މީހުން އުސާމާ ބުނު ޒައިދު މެދުވެރިކޮށް ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހުގައި ދެންނެވި ހިނދު، އެ ކަމާ ކޯފާއިސްކުރައްވައި ޙަދީޘްކުރައްވައިފައިވެ އެވެ. (أَتَشْفَعُ فِيْ حَدٍّ مِنْ حُدُوْدِ اللَّهِ؟)[1] މާނައީ: "މާތް ﷲގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް ޤާއިމުނުކުރުމަށް ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟" އެއަށް ފަހު ތެދުވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. (...وَايـْمُ اللهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا)[2] މާނައީ: "މާތް الله ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިކަމުގައި ވިޔަސް ތިމަންކަލޭގެފާނު އެ ކަމަނާގެ އަތްޕުޅު ވެސް ކަނޑުއްވާހުށީމެވެ
ހުކުރު ޚުތުބާ 

އަމާނާތްތެރިކަމާއި އިހުލާސްތެރިކަމަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ، ކޮންމެ މީހަކު އަދާކުރާ ވަޒީފާއަކީ ވެސް އަމާނާތެއް ކަމަށާއި، އެ މަސައްކަތުގައި ތެދުވެރިވާން ޖެހޭ ކަމަށެވެ. އަދި ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭ ބައެއްކަން ފާހަގަކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އީމާންކަމާ ގުޅިފައިވާ ސިފަތަކެއް ކަމަށް ބަޔާންކުރި އެވެ.

މީގެ އިތުރުން ގައުމުގެ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. އަދި މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ގައުމުގެ ތަރައްގީއާއި ތަނަވަސްކަމުގެ އަސްލު ކަމުގައި ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ.

ހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް