Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

ސިހުރު ހެދުމާއި އެ އުނގެނުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަން ފާހަގަކޮށް، އެފަދަ ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. ސިހުރުވެރިންނާއި ކާހިނުންގެ ގާތަށް ގޮސް އެމީހުންގެ ބަސް ގަބޫލުކުރުމަކީ ދީނުން ބޭރުވާ ފަދަ ނުރައްކާތެރި ކަމެއް ކަމަށާއި، މިފަދަ ނުބައިކަންކަމުން ރައްކާތެރިވުމަށް ޝަރުއީ ރުޤުޔާ އާއި ޒިކުރުތަކަށް ސަމާލުކަން ދިނުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2026 | ހުކުރު 08:13
ޖަމާއަތް ހަދައިގެން ހުކުރު ޚުތުބާ އަޑު އަހަނީ. މިއަދު ޚުތުބާ އިއްވާފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށް

ޖަމާއަތް ހަދައިގެން ހުކުރު ޚުތުބާ އަޑު އަހަނީ. މިއަދު ޚުތުބާ އިއްވާފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށް | އިސްލާމިކް މިނިސްޓްރީ

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ބަލައި ވަހުމްތަކުގެ ތެރެއަށް ނުވަނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''ސިހުރުހާހޫރައިގެ ނުބައިކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ސިހުރުހާހޫރައަކީ އޭގެ ހަގީގަތެއްވާ ކަމެއްކަން ކީރިތި ގުރްއާނާއި ސުންނަތުން އެނގެން އޮންނަ ކަމަށާއި އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެއް ކަމަށެވެ. 

ސިހުރުވެރިޔާގެ ނުބައިކަމާއި ކާފިރުކަން ބޮޑުވި ވަރަކަށް އޭނާގެ ސިހުރުގެ ބާރުގަދަވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ސިހުރު ހެދުމަކީ ބިން ފަސާދަކުރުމުގެ ތެރެއިންވާ ކަމެއް ކަމަށާއި، ސިހުރުވެރިޔާއަށް ދުނިޔެއާއި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް ނެތް ކަމަށެވެ. އޭނާ ގެ ފާފައިގެ ބޮޑުކަމުން އޭނާ ގާތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ޖަމާއަތަކުން ސާބިތުވާ ކަމަށް އިބުނު ޤުދާމާގެ "އަލްމުޣްނީ" ފޮތާ ހަވާލާދީ ޚުތުބާގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެ އެވެ. "އަދި އެއުރެންނާ އެކުގައިވާ ފޮތް ތެދުކުރައްވާ ރަސޫލަކު، ﷲގެ ހުޟުރަތުން އެއުރެންގެ ގާތަށް ވަޑައިގަތް ހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، ﷲގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، ﷲ ބާވައިލެއްވި ފޮތެއްކަން ވެސް) އެއުރެން ނުދަންނަ ކަހަލަ އެވެ. އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބަޢަވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ
ހުކުރު ޚުތުބާ 

ބައްޔެއްގެ ފަރުވާއަށް ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ވިޔަސް، ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރުމާއި އެމީހުންގެ ބަސް ގަބޫލުކުރުމަކީ ނަހީ ކުރައްވާފައިވާކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ. އަދި ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ 40 ވަންދެން ނަމާދު ގަބޫލު ނުކުރައްވާނެ ކަމަށާއި، އެފަދަ މީހަކު ބުނާ ބަސް ގަބޫލުކޮށްފިނަމަ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު ދީނަށް އޭނާ ކާފަރުވެއްޖެ ކަމަށް ޙަދީޘްފުޅުތަކުން އެނގެން އޮތް ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

މުޖުތަމައުގައި ހިނގާ ބައެއް ކަންކަމަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް، ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ބަލައި، ވަހުމްތަކުގެ ތެރެއަށް ވަނުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ނިއުމަތަކާއި މުސީބާތެއް ވެސް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމަކީ މުސްލިމުންގެ އަގީދާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ވަކީލުކޮށް ދުއާކުރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމާއި، ގޭތެރޭގައި ސޫރަތުލްބަޤަރާ ކިޔެވުން ގިނަކުރުމަކީ ޝައިތާނާގެ މަގުތައް ބަންދުވާނެ ކަމެއް ކަމަށެވެ. އަދި ބަލިމަޑުކަމެއް ދިމާވެގެން ފަރުވާ ހޯދާ ނަމަ، ސުންނަތުން ސާބިތުވާ ޝަރުއީ ރުޤުޔާގެ ސައްހަ މަގު އިޚްތިޔާރުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ސިހުރު ހެދުންހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
19 ޖޫން 2026

ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ

19 ޖޫން 2026
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
12 ޖޫން 2026

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

12 ޖޫން 2026
ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ
05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު