Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ނަސްލުހޭދު

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:10

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި މި އަހަރުގެ މިހާތަނަށް 79 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ. އިސްރާއީލުގެ މި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، މިއީ ވަކި ނަސްލެއް ނައްތާލުމަށް ދައުލަތުގެ އެހީތެރިކަމާއެކު ރޭވުންތެރިކަމާ އެކު ހިންގާ އަމަލުތަކެއް ކަމަށް އދ. ގެ މާހިރުން ސިފަކުރޭ.

ނިއުސް ޓީމް
ނިއުސް ޓީމް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:10
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލްމުޣައްޔިރު އަވަށުގެ އުސް ބިމެއްގައި ފަލަސްތީނުގެ ކުޑަކުދިންތަކަކު އިށީނދެގެން ތިބެނީ އެ އަވަށާ ދިމާލަށް ބަލައިލަނީ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލްމުޣައްޔިރު އަވަށުގެ އުސް ބިމެއްގައި ފަލަސްތީނުގެ ކުޑަކުދިންތަކަކު އިށީނދެގެން ތިބެނީ އެ އަވަށާ ދިމާލަށް ބަލައިލަނީ. | އޭއެފްޕީ

އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށަކަށް ވަދެގަނެ ހިންގި ޖަރީމާތަކެއްގައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހު އަލް-މުޣައްޔިރު އަވަށަށް އިސްރާއީލުން ދިން ހަމަލާތަކެއްގެ ތެރޭގަ އެވެ. މި އަވަށަކީ ފަހަކަށް އައިސް އިސްރާއީލުގެ ޣައިރުގާނޫނީ ވަޒަންވެރިންނާއި ސިފައިން ތަކުރާރުކޮށް ހަމަލާދެމުންދާ ސަރަހައްދެކެވެ.

ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން އެ އަވަށުގެ ކައުންސިލްގެ ރައީސާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 19 އަހަރުގެ މުހައްމަދު ނައުސާންއާއި ޚަލީލް އަބޫ އަލިޔާ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އަވަށުގެ ރައްޔިތުން ވަޒަންވެރިންނާ ކުރިމަތިލާން މަސައްކަތް ކުރުމުން، އިސްރާއީލު ސިފައިން ވަނީ އާންމުންގެ ގަޔަށް ބަޑިޖަހާފަ އެވެ. އޭގެ ތެރެއިން ދެ ޒުވާނުން ޝަހީދުވެފައި ވަނީ، ހަމަލާތަކުގައި ލިބުނު ޒަޚަމުތަކަށް ފަރުވާދެމުން ދަނިކޮށެވެ. މީޑިއާއަށް މައުލޫމާތު ދިން އެ އަވަށުގެ ބައެއް މީހުން ބުނި ގޮތުގައި، މި ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުގެ ސްނައިޕަރުން ވަނީ އަވަށުގެ އިމާރާތްތަކުގެ ފުރާޅުތަކުގެ މަތީގައި ހަރަކާތްތެރިވެފަ އެވެ.

އދ. ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްއިން (އޯސީއެޗްއޭ) ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 79 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި 19 ކުޑަކުދިން ހިމެނޭއިރު، މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ 1,870 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ.

އޯސީއެޗްއޭއިން ބުނާ ގޮތުގައި އަލް-މުޣައްޔިރު އަވަށުގައި އިސްރާއީލުގެ ނިރުބަވެރި ވަޒަންވެރިން ދޭ ހަމަލާތައް ބޮޑަށް އަމާޒުކުރަނީ އެ އަވަށަށް ވަދެނުކުމެ ހެދުމަށް އޮންނަ ހަމައެކަނި މަގަށެވެ. މި ގޮތުން އެ މަގުން ދަތުރުކުރާ އުޅަނދުތަކަށް މެދުކެނޑުމެއް ނެތި ހަމަލާދެމުންދާއިރު، މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ދިން މި ފަދަ ހަމަލާއެއްގައި ފަލަސްތީނުގެ 11 މީހަކު ވަނީ ޒަޚަމްވެފަ އެވެ.

މީޑިއާތަކުން ކަށަވަރުކޮށްފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އިސްރާއީލު ސިފައިން ވަނީ މަދާމާ އަވަށުގެ މިސްކިތެއްގެ ތެރެއަށް ކަރުނަގޭސް ޖަހައި، އެ ތަނަށް އެއްވެ ތިބި މީހުންނަށް ހަމަލާދީފަ އެވެ. އޭގެ ކުޑަވަގުތުކޮޅެއް ކުރިން، އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ވަނީ ކައިރީގައި އޮންނަ ބަޒާރިއްޔާ އަވަށުގެ އެހެން މިސްކިތެއްގައި ހުޅުޖަހަން މަސައްކަތް ކޮށްފަ އެވެ. އިސްރާއީލު ސިފައިންގެ އެހީތެރިކަމާއެކު ވަޒަންވެރިން ހިންގަމުންދާ މި ފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން، އިސްރާއީލާ ގާތް ގުޅުން ބާއްވާ ގައުމުތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

އޮގަސްޓް މަހު ހައްދުފަހަނައެޅި ވަޒަންވެރިން ވަނީ ނާބުލުސްގެ ދެކުނުން އޮންނަ ގުސްރާ އަވަށުގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތަކެއް ހިސާރުކޮށްފައެވެ. އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވަނީ މި އަމަލު ކުށްވެރި ކުރައްވާފަ އެވެ. އޭނާއަކީ، އިސްރާއީލުގެ ނަސްލުހޭދާއި ލާއިންސާނީ ޖަރީމާތަކަށް އަދި ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިހާދުން ދަނީ އިސްރާއީލުގެ ވަޒަންވެރިން އުފައްދާ މުދާ އެ އިއްތިހާދުގެ ގައުމުތަކަށް އެތެރެކުރުން މަނާކުރުމާ މެދު ވިސްނަމުންނެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު، މެދުއިރުމަތީގެ ސުލްހައިގެ ކަންކަމާ ބެހޭ އދ. ގެ ޑެޕިއުޓީ ސްޕެޝަލް ކޯޑިނޭޓަރު ޑރ. ރާމިޒް އަލަކްބަރޯވް ވިދާޅުވީ، ވަޒަންވެރިން ދޭ ހަމަލާތައް ކުރިއަށް ދަނީ އެއްވެސް ޒިންމާދާރުކުރުވުމެއް ނެތި ކަމަށެވެ. ފަލަސްތީނުގެ މައްސަލަތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއާ ފްރަންސެސްކާ އަލްބަނޭޒޭ ހިމެނޭހެން ގިނަ މާހިރުން ބުނަމުން ދަނީ، މި ހަމަލާތަކަކީ ވަކި ނަސްލެއް ނައްތާލުމަށް ރޭވުންތެރިކަމާއެކު އަދި އިސްރާއީލުގެ ދައުލަތުގެ އެހީތެރިކަމާ އެކު ހިންގަމުންދާ ޖަރީމާތަކެއް ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ވެސްޓް ބޭންކްއދމައިކް ހަކަބީފްރާންސެސްކާ އަލްބަނީސްފަލަސްތީންއިސްރާއީލް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

02 ސެޕްޓެމްބަރު 2026
އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
01 ސެޕްޓެމްބަރު 2026

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
01 ސެޕްޓެމްބަރު 2026

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

01 ސެޕްޓެމްބަރު 2026
ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ
01 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި
30 އޯގަސްޓު 2026

ގްރީސް އާއި އިސްރާއީލް އިން 3.4 ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަނީ

30 އޯގަސްޓު 2026
ގްރީސް އާއި އިސްރާއީލް އިން 3.4 ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަނީ
29 އޯގަސްޓު 2026

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ

29 އޯގަސްޓު 2026
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ
27 އޯގަސްޓު 2026

ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން

27 އޯގަސްޓު 2026
ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
21 އޯގަސްޓު 2026

ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި

21 އޯގަސްޓު 2026
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
21 އޯގަސްޓު 2026

ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމައިފި

21 އޯގަސްޓު 2026
ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް