Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން ހަނގުރާމަ

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

2 ސެޕްޓެމްބަރު 2026 | ބުދަ 03:26

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އުރުދުން، ބަހުރޭން އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި. މި ކުރިމަތިލުންތަކުގައި ދެ ފަރާތަށް ވެސް ގެއްލުންތަކެއް ލިބިފައިވާއިރު، މަސްރަހު އިތުރަށް ގޯސްވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައި. އެމެރިކާއިން އިތުރު އިންޒާރުތައް ދެމުންދާއިރު، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ސެޕްޓެމްބަރު 2026 | ބުދަ 03:26
އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ތެހެރާންގެ މެދުތެރޭގައި އޮންނަ ވަލިއަސްރު މައިދާނުގައި ހުރި ސިޔާސީ ބިލްބޯޑެއްގެ ކުރިމަތީގައި މީހަކު އީރާނުގެ ދިދައެއް ހޫރުވަނީ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ތެހެރާންގެ މެދުތެރޭގައި އޮންނަ ވަލިއަސްރު މައިދާނުގައި ހުރި ސިޔާސީ ބިލްބޯޑެއްގެ ކުރިމަތީގައި މީހަކު އީރާނުގެ ދިދައެއް ހޫރުވަނީ. | އޭއެފްޕީ

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި މަސްރަހު ގޯސްވެފައިވަނިކޮށް، އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ ސިޓީތަކަށް ދިން އައު ހަމަލާތަކާ ގުޅިގެން، ބަހުރޭނާއި އިރާގު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުން ބުނެފި އެވެ. ކުވެއިތުން ބުދަ ދުވަހު ބުނީ، އީރާނުން ފޮނުވާލި ނުރައްކާތެރި ޑްރޯންތަކާއި މިސައިލްތަކަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށް ހުއްޓުވާފައިވާނެ ކަމަށެވެ. މި ހަމަލާތަކަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރުޖީސީ) ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ ސިފައިންނަށާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދޭން މަސައްކަތް ކުރުމާ ގުޅިގެން، އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކަށާއި، މައިން އެޅުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތްތަކުގެ އިތުރުން މުއާސަލާތީ އިންފްރާސްޓްރަކްޗަރަށް ކަމަށް އެމެރިކާއިން ބުނެ އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ސިރީކް، ކޮނަރަކް، ބަންދަރު އައްބާސް، ޖާސްކް، އަސަލޫޔޭ އަދި އަހްވާޒްގެ އިތުރުން ގަޝަމް ޖަޒީރާއަށެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ކުހެސްތަކްގައި ބޭއްވި ކައިވެނި ހަފުލާއަކަށް އަމާޒުކޮށް އެމެރިކާއިން "ލާއިންސާނީ" ހަމަލާއެއް ދީފައިވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާގައި ކުޑަކުއްޖަކާއެކު މަދުވެގެން ފަސް މީހުން ޝަހީދުވެ، 63 މީހުން ޒަޚަމްވެފައިވެ އެވެ.

އެމެރިކާގެ މަރުކަޒުތަކަށް އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކެއް

އައިއާރުޖިސީން ބުނީ، ކުހެސްތަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފް އޮފް އަގަބާގައި އުރުދުންގެ އައްސޭރިފަށުގައި އޮންނަ އެމެރިކާގެ މެރިން ކޯގެ މަރުކަޒެއް ކަމަށްވާ ކޭމްޕް ޓިޓިންއަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްއަށް ވެސް ހަމަލާދީފައިވާ ކަމަށާއި، އެތަނުގައި ހުރި އާރްކިއު-4 އަދި އެމްކިއު-9 މަރުކާގެ ޑްރޯންތައް ބަހައްޓާފައި ހުރި ހޭންގަރުތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާގައި އެމެރިކާގެ ބައެއް މަތިންދާބޯޓުތައް ސުންނާފަތިވެ، އެމެރިކާގެ ބައެއް ސިފައިން މަރުވެފައިވާ ކަމަށް ވެސް އީރާނުން ދައުވާކުރެ އެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނީ އެ ގައުމަށް ހަމަލާ ދިނުމަށް ފޮނުވާލި 13 މިސައިލްގެ ތެރެއިން 10 މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، ބާކީ ހުރި މިސައިލްތައް ވެއްޓުނީ މީހުން ދިރިނޫޅޭ ހުސް ބިންތަކަށް ކަމަށެވެ. އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ކޭމްޕް ޓިޓިންއަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، މާބޮޑު ގެއްލުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ބަހުރޭންގެ ޝެއިޚް އީސާ އެއާ ބޭސްގައި ހުރި ރާޑަރުތަކަށާއި އެ ބޭސްގެ ބައެއް ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ތެހެރާނުން ބުނާ ގޮތުގައި އެތަނަކީ އެމެރިކާ ސިފައިން ގާއިމުވެ ތިބޭ ތަނެކެވެ. މި ހަމަލާތަކާ ގުޅިގެން ބަހުރޭންގެ އިންޓީރިއާ މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ހިޔާވަހިކަން ހޯދުމަށް އާންމުންނަށް ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

ހަމައެއާއެކު، އިރާގުގެ އުތުރުގައި އޮންނަ އުރުބީލް ޕްރޮވިންސްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އައިއާރްޖީސީން ވަނީ ބުނެފަ އެވެ. މި ހަމަލާތަކުގައި ހަތިޔާރު މަރާމާތުކުރާ މަރުކަޒަކާއި ޓެކްނިކަލް ސާމާނު ރައްކާކުރާ ގުދަންތަކެއް ސުންނާފަތިވެ، ތެޔޮ ޓޭންކުތަކެއްގައި ރޯވެފައިވާ ކަމަށް އީރާނުން ބުނެ އެވެ.

އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ ވިދާޅުވީ، އެމެރިކާ މީހުން ކުރި ކުށްތަކާ މެދު ހިތާމަކުރަންދެން އެމީހުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. މި ދަނޑިވަޅުގައި ކުވެއިތުން ބުނީ، އީރާނުގެ އުދުވާނާ ގުޅުންހުރި "ނުރައްކާތެރި ޑްރޯންތަކާއި މިސައިލްތަކަށް" އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ދެމުންދާ ކަމަށެވެ.

ހަމަލާ ބަދަލުކުރަން ފެށުމާއެކު ގަލްފް ސަރަހައްދުގެ ކަންބޮޑުވުން

ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ރިޕޯޓަރުން ބުނާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު މިނިވަން މުއައްސަސާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ރިޕޯޓަރުން ބުނި ގޮތުގައި މުޅި ސަރަހައްދުގައި ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވަމުންދާއިރު، މި ހަނގުރާމަ އީރާނުގެ ބޯޑަރުން ބޭރަށް ފެތުރިގެން ހިނގައިދާނެތީ އޮތް ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. މި ދަނޑިވަޅުގައި އީރާނުގެ އޮފިޝަލުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިޝާރާތް ދެއްވާފަ އެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު ދެއްވި ފުރަތަމަ މެސެޖުގައި، އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާއިން ވޮޝިންޓަނަށް "ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅުތަކެއް" ދަސްކޮށްދޭނެ ކަމަށެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަޒީޒީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ކުރި ކުށްތަކަށް އަދަބު ނުލިބި ނުދާނެ ކަމަށެވެ.

ބުދަ ދުވަހުގެ މި ކުރިމަތިލުންތައް ހިނގާފައިވަނީ އާދީއްތަ ދުވަހު ބަދަލުކުރެވުނު ހަމަލާތަކަށް ފަހުގަ އެވެ. އެ ދުވަހު އެމެރިކާ ސިފައިން އީރާނުގެ ދެކުނުގައި އޮންނަ ލާރަކް ޖަޒީރާއަށް ހަމަލާދިނުމުން، އީރާނުން ވަނީ އުރުދުންގައި ތިބި އެމެރިކާ ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ރައްދު ހަމަލާދީފިނަމަ، މާ ވަރުގަދަ އަދި މާ ނުރައްކާތެރި ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށެވެ. ފޮކްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކަކީ "ބޮޑު އަދި ބާރުގަދަ" ހަމަލާތަކެއް ކަމަށާއި، ހަމަލާ ބަދަލުކުރުން ކުރިއަށްދާނަމަ ގައުމެއްގެ ގޮތުގައި އީރާނު "މުޅިން ފޮހެލާނެ" ކަމަށެވެ. ފެބްރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ އެމެރިކާގެ ރައީސް ގެންދަވަނީ ތަކުރާރުކޮށް މިފަދަ އިންޒާރުތައް ދެއްވަމުންނެވެ.

މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވެ ތިބުމަށާއި، ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މަސްރަހު ހީނުކުރާ ފަދަ ގޮތަކަށް ގޯސްވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. މި ދަނޑިވަޅުގައި އީރާނުން ދަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެ ގައުމުގެ އަތްދަށުގައި އޮތްކަން ހާމަކުރަމުންނެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، ކޮންމެ ދުވަހަކު މިލިއަނުން ތެޔޮ ފީފާ އެ ސަރަހައްދުން ބޭރުކުރެވޭ ކަމަށް ޓްރަމްޕާއި އޭނާގެ އެހީތެރިން ވިދާޅުވި ނަމަވެސް، ކަނޑުއޮޅި ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭ ކަމުގެ ރިޕޯޓްތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ލިބެމުންނެވެ. ކަނޑުއޮޅީގެ މި މައްސަލައާ ގުޅިގެން ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އަންގާރަ ދުވަހުގެ ހަމަލާތަކަށްފަހު ތެޔޮ ފީފާއެއްގެ އަގު ވަނީ ހަތަރު އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާގައި 3.8 ލީޓަރުގެ ޕެޓްރޯލްގެ އެވްރެޖް އަގު މިހާރު ހުރީ 4 ޑޮލަރަށް ވުރެ މަތީގައެވެ. ހަނގުރާމަ ފެށުމުގެ ކުރިން މި އަގު ހުރީ 3 ޑޮލަރަށް ވުރެ ދަށުގައެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްބަޙްރައިންއުރުދުންއިރާގު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި
01 ސެޕްޓެމްބަރު 2026

އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު

01 ސެޕްޓެމްބަރު 2026
އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު
01 ސެޕްޓެމްބަރު 2026

އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން

01 ސެޕްޓެމްބަރު 2026
އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން
01 ސެޕްޓެމްބަރު 2026

އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން

01 ސެޕްޓެމްބަރު 2026
އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން
01 ސެޕްޓެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

01 ސެޕްޓެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި
31 އޯގަސްޓު 2026

އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި

31 އޯގަސްޓު 2026
އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
31 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި

31 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި
31 އޯގަސްޓު 2026

މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި

31 އޯގަސްޓު 2026
މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް