Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:57

ލުބުނާނުގައި އިސްރާއީލުން ހިންގާ އުދުވާނުގައި 4،300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 257 ކުޑަކުދިން ހިމެނޭ ކަމަށް 'ސޭވް ދި ޗިލްޑްރަން' އިން ހާމަކޮށްފި. ހަނގުރާމައިގެ ސަބަބުން 340 އަށްވުރެ ގިނަ ސްކޫލް ސުންނާފަތިކޮށްލާފައި ވާއިރު، މީގެ ސަބަބުން 100,000 އަށްވުރެ ގިނަ ކުދިން ތައުލީމުން މަހުރޫމްވުމުގެ ބިރު ވަނީ ބޮޑުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:57
ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ސޫރުގައި، ހިމާޔަތް ހޯދުމަށް ޓަކައި ވަގުތީ މަރުކަޒަކަށް ބަދަލުކޮށްފައިވާ ސަރުކާރުގެ ސްކޫލެއްގައި، ގެދޮރު ގެއްލިފައިވާ މައަކާއި އޭނާގެ އަންހެން ދަރިފުޅު އަންނައުނުތައް ތަރުތީބުކުރަނީ.

ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ސޫރުގައި، ހިމާޔަތް ހޯދުމަށް ޓަކައި ވަގުތީ މަރުކަޒަކަށް ބަދަލުކޮށްފައިވާ ސަރުކާރުގެ ސްކޫލެއްގައި، ގެދޮރު ގެއްލިފައިވާ މައަކާއި އޭނާގެ އަންހެން ދަރިފުޅު އަންނައުނުތައް ތަރުތީބުކުރަނީ. | އޭޕީ

މިދިޔަ މާރިޗު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެވުރެޖުކޮށް ހަތް ކުޑަކުދިން ޝަހީދުކޮށްލާ ކަމަށް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އެހީދޭ ޖަމުއިއްޔާ 'ސޭވް ދި ޗިލްޑްރަން' އިން ހާމަކޮށްފި އެވެ. އެ ޖަމުއިއްޔާއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ލުބުނާނުގެ ސަރުކާރާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އާންމުން ދިރިއުޅޭ ގެދޮރާއި ވަސީލަތްތަކަށް އިސްރާއީލުން ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އިސްރާއީލުން 4،300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، 12،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ސޭވް ދި ޗިލްޑްރަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން، 60 އާއި 70 އާ ދެމެދުގެ އަދަދަކަށް އަވަށްތައް ވަނީ ސުންނާފަތިކޮށްލާފަ އެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި މަދުވެގެން 257 ކުޑަކުދިން ހިމެނޭއިރު، 1،039 ކުދިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ސޭވް ދި ޗިލްޑްރަންއިން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ނޯރާ އިންގްޑާލް ވިދާޅުވީ، ލުބުނާނުގެ ކުޑަކުދިންނަށް އަމާޒުކޮށް ދޭ ހަމަލާތަކާއި، އެ ކުދިން ގެދޮރުން ބޭރުކުރުމާއި، ގެދޮރަށް އެނބުރި ދިއުމަށް ހުރަސްއެޅުމުގެ އިތުރުން އާންމު ވަސީލަތްތައް ހަލާކުކުރުމަކީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ހަނގުރާމަ އެންމެ ނުރައްކާތެރިވި ދުވަސްވަރު ލުބުނާނުގެ ދެކުނުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރުވި އެވެ. އދ. ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން (އޯސީއެޗްއޭ) ބުނާ ގޮތުގައި، ޖޫން މަހު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް 348،800 އަށްވުރެ ގިނަ މީހުންނަށް އަދިވެސް އެނބުރި ގެދޮރަށް ދެވޭގޮތެއް ނުވެ އެވެ.

ލުބުނާނުގެ މުޖާހިދުންގެ ހިޒްބުالله ޖަމާއަތާއި އިސްރާއީލާ ދެމެދު ބޯޑަރު ހުރަސްކޮށް ހަމަލާ ބަދަލުކުރަން ފަށާފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އިސްރާއީލު ސިފައިން ފެށި ގަތުލުއާންމާ ގުޅިގެންނެވެ.

ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް އިސްރާއީލުން ހިފުމަށްފަހު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދެ ފަރާތުން ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ގިނަ ސަރަހައްދުތަކެއްގައި އަދިވެސް ތިބިއިރު، އެ ގައުމުން ދަނީ ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން، މާރިޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުالله އިން އިސްރާއީލުގެ އުތުރުގައިވާ އަސްކަރީ މަރުކަޒަކަށް ރޮކެޓާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ އެއްބަސްވުން ވަނީ އުވިފަ އެވެ.

ލުބުނާނުގެ ސަރުކާރާއި އިސްރާއީލުން ޖޫން މަހު ހަނގުރާމަ ނިންމުމުގެ އޮނިގަނޑު އެއްބަސްވުމަކަށް އައި ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ބިންތަކުން ފޭބުމުން ނޫނީ އެ އެއްބަސްވުން ގަބޫލުނުކުރާނެ ކަމަށް ހިޒްބުالله އިން ވަނީ ބުނެފަ އެވެ. މީގެ ކުރިން އޭޕްރީލް މަހުވެސް ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވުމަކަށް އަ އެވެ.

ސޭވް ދި ޗިލްޑްރަންއިން ފާހަގަކުރި ގޮތުގައި، ފާއިތުވި މަސްތަކުގައި އެނބުރި ގެދޮރަށް ދިޔަ ކުދިންނަށް ވެސް ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ލުބުނާނުގެ އެޑިއުކޭޝަން މިނިސްޓްރީން މުޅި ގައުމުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި 340 ސްކޫލަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބި ނުވަތަ އެއްކޮށް ސުންނާފަތިވެފަ އެވެ. ލުބުނާނުގެ ސްކޫލްތައް މަރާމާތުކޮށް އަލުން ހުޅުވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކުރިއަށް އޮތް ދިރާސީ އަހަރު މަދުވެގެން 100,000 ކުދިން ތައުލީމުން މަހުރޫމްވުމުގެ ބިރު އެބައޮތް ކަމަށް ސޭވް ދި ޗިލްޑްރަންއިން ވަނީ އިންޒާރު ދީފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ސޭވް ދަ ޗިލްޑްރަންހިޒްބުﷲޣައްޒާލުބުނާންއިސްރާއީލް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

02 ސެޕްޓެމްބަރު 2026
އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
01 ސެޕްޓެމްބަރު 2026

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

01 ސެޕްޓެމްބަރު 2026
ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ
30 އޯގަސްޓު 2026

ގްރީސް އާއި އިސްރާއީލް އިން 3.4 ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަނީ

30 އޯގަސްޓު 2026
ގްރީސް އާއި އިސްރާއީލް އިން 3.4 ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަނީ
28 އޯގަސްޓު 2026

އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް

28 އޯގަސްޓު 2026
އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް
28 އޯގަސްޓު 2026

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
27 އޯގަސްޓު 2026

ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން

27 އޯގަސްޓު 2026
ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
21 އޯގަސްޓު 2026

ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި

21 އޯގަސްޓު 2026
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
20 އޯގަސްޓު 2026

ހުޅަނގުގެ ތާއީދު ހޯދަން އިސްރާއީލުން ބޭނުންކުރަނީ އިސްލާމްދީނަށް ނަފްރަތު އުފެއްދުމުގެ ސިޔާސަތު

20 އޯގަސްޓު 2026
ހުޅަނގުގެ ތާއީދު ހޯދަން އިސްރާއީލުން ބޭނުންކުރަނީ އިސްލާމްދީނަށް ނަފްރަތު އުފެއްދުމުގެ ސިޔާސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް