Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން ހަނގުރާމަ

އެމެރިކާއާއި އީރާނުން އަލުން މަޝްވަރާތައް ފަށަން ގަތަރުން ގޮވާލައިފި

2 ސެޕްޓެމްބަރު 2026 | ބުދަ 07:11

އެމެރިކާއާއި އީރާނުގެ މަސްރަހު ގޯސްވެފައިވާތީ، ދެ ފަރާތުން ވެސް ބުއްދީގެ ބޭނުންކޮށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ގޮވާލައިފި. މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޓަކައި ގަތަރާއި އޮމާން ފަދަ ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ކުރިން އެކުލަވާލި އެއްބަސްވުމަށް އަމަލުކުރަން ތައްޔާރަށް އޮތްކަމަށް އީރާނުން ވަނީ ހާމަކޮށްފައި.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ސެޕްޓެމްބަރު 2026 | ބުދަ 07:11
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ 2025 ޖެނުއަރީ 20 ވީ ހޯމަ ދުވަހު ގަތަރުގެ ދޯހާގައި ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަނީ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ 2025 ޖެނުއަރީ 20 ވީ ހޯމަ ދުވަހު ގަތަރުގެ ދޯހާގައި ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަނީ. | ރޮއިޓާސް

އެމެރިކާއާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން ފަށައި، މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެން، އެމެރިކާއާއި އީރާނުން އަލުން މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް، ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން  ގޮވާލައިފިއެވެ. އާދީއްތަ ދުވަހު ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ރަށަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އޭގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަގުތުން ހަމަލާދީފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ފެށި ހަނގުރާމަ ހަ ވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު، މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ދަނީ އިސްތިރާތީޖީ ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ކަނޑު ދަތުރުފަތުރަށް ހުރަސް އަޅަމުންނެވެ. އަދި މީގެ ރައްދުގައި އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ހިސާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ވިދާޅުވީ، މި މައްސަލައަށް ހައްލެއް ނުހޯދައި ދޫކޮށްލުމާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަކީ އާންމު ކަމަކަށް ހަދަން މަސައްކަތް ކުރުމަކީ މަސްރަހު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ގަތަރުން ބުނަމުންދާ ކަމަށެވެ. އަދި، ފާއިތުވި ދެ ދުވަހު ފެނިގެން މި ދިޔައީ ހަމަ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ފަރާތުން ވެސް ބުއްދީގެ ބޭނުންކޮށް މަޝްވަރާގެ މަގަށް އެނބުރި އައުމަށް އޭނާ ގޮވާލެއްވި އެވެ. އަދި މަޝްވަރާގެ މަގަށް ދެ ގައުމު ރުޖޫއަކުރުމަށް ޓަކައި، މެދުވެރިއެއްގެ ދައުރު އަދާކުރާ އެހެން ބައިވެރިންނާއެކު ގަތަރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ޖޫން މަހު އެކުލަވާލި އެއްބަސްވުމަށް އެމެރިކާއިން އަމަލުކުރަން ފަށައިފިނަމަ، އީރާނުންވެސް "ވަގުތުން" އެ އެއްބަސްވުމަށް ރުޖޫއަވާނެ ކަމަށެވެ.

އަލް އަންސާރީ ވިދާޅުވި ގޮތުގައި، ގަތަރަށާއި، މި ސަރަހައްދަށް އަދި މުޅި ދުނިޔެއަށް ވެސް މިހާރު އޮތް ހާލަތު މި ގޮތުގައި ދެމިއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި، މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާއި އޮމާން ފަދަ ގައުމުތަކާއެކު ކުރިއަށްދާ މަޝްވަރާތައް އަދިވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ ހަފުތާގައި ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގެ ގޮތުން އީރާނުގެ ވެރިރަށް ތެހެރާނަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅު ކުރައްވާފައި ވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ ބޯޑަރު ހިއްސާކުރާ އީރާނާއި އޮމާނުން، ކަނޑު ދަތުރުފަތުރު ކުރެވޭނެ ވަގުތީ މަގެއް ހުޅުވުމަށާއި ކަނޑަށް އަޅާފައިވާ މައިންތައް ނެގުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މަސްދަރު: އަލް-ޢަރަބިއްޔާ

އެމެރިކާ-އީރާންގަތަރުހުރްމުޒް ކަނޑުއޮޅިމަސްއޫދު ޕެޒެޝްކިއާންޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި
30 އޯގަސްޓު 2026

އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް

30 އޯގަސްޓު 2026
އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
29 އޯގަސްޓު 2026

އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟

29 އޯގަސްޓު 2026
އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟
29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
28 އޯގަސްޓު 2026

ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް

28 އޯގަސްޓު 2026
ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް
27 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ރައްދުދޭނީ ކިހިނެއް؟

27 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ރައްދުދޭނީ ކިހިނެއް؟
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް