Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ފަލަސްތީން

އިސްރާއީލުގެ ހަމަލާތައް އިތުރުކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ނެރެން ރާވަނީ

4 ސެޕްޓެމްބަރު 2026 | ހުކުރު 03:41

ޣައްޒާގެ ދެ މިލިއަނެއްހާ ރައްޔިތުން ހަތް އަހަރު ތެރޭގައި އެ ސަރަހައްދުން ބޭރުކުރުމުގެ ރޭވުމެއް އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ބެން-ގްވީރު ހާމަކޮށްފި. ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު މި ސިޔާސަތު ތަންފީޒުކުރުމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަން ނިންމާފައިވާއިރު، އިސްރާއީލުން ދަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން

ނިއުސް ޓީމް
ނިއުސް ޓީމް | 4 ސެޕްޓެމްބަރު 2026 | ހުކުރު 03:41
ޣައްޒާ ސިޓީގައި ބުރާސްފަތި ދުވަހު އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް އާންމުން ކުރަނީ.

ޣައްޒާ ސިޓީގައި ބުރާސްފަތި ދުވަހު އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް އާންމުން ކުރަނީ. | ގެޓީ އިމޭޖަސް

އިސްރާއީލުގެ އޮފިޝަލުން ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމުގެ ރޭވުމެއް ކުރިއަށް ނެރެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށް، ތިން މީހުން ޝަހީދު ކޮށްލައިފި އެވެ. އިސްރާއީލު ސިފައިންގެ އެންމެ ފަހުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި އެވެ.

ބުރާސްފަތި ދުވަހު ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ރިމާލް އަވަށަށް އިސްރާއީލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުންޏެވެ. ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޑްރޯންއިން ވަނީ އެ އަވަށުގައި ތިބި އާންމުންގެ ބަޔަކަށް އަމާޒުކޮށް ދެ ފަހަރު މިސައިލް ހަމަލާތައް ދީފަ އެވެ.

މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާ އަވަށުގައި ތިބި ފަލަސްތީނުގެ ބަޔަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަފާ ނޫސް އޭޖެންސީން ބުނެފައިވެ އެވެ. ޣައްޒާގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި، މި ހަމަލާގައި މަރުވި ދެ މީހުންގެ ތެރޭގައި 13 އަހަރުގެ ކުޑަކުއްޖަކު ހިމެނެ އެވެ. އަދި، އަނެއް މީހާއަކީ ހަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބިގެން ސިއްހީ މަރުކަޒަކަށް ގެންދިޔަ ފަހުން މަރުވި މީހެކެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލު ސިފައިން ބުނެފައި ވަނީ، ޣައްޒާގެ އުތުރުގައި ގާއިމްކޮށްފައިވާ "ޔެލޯ ލައިން" ހުރަސްކުރި ދެ މީހުން ފާހަގަކުރެވިފައިވާ ކަމަށާއި، އެ މީހުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއް ނައްތާލުމަށް ޓަކައި އެ މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. "ޔެލޯ ލައިން" އަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ އެތެރޭގައި ހަދާފައިވާ ބަފަރ ޒޯނެކެވެ.

ޣައްޒާގެ އަލް-މުޣައްޔިރު އަވަށަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި ޝަހީދުކޮށްލާފައިވާ ދެ ޒުވާނެއްގެ ޖަނާޒާ ކުރިއަށް ދަނީ | މަސްދަރު: ޤުދްސް ނޫސް ނެޓްވޯކް

އިސްރާއީލުން މި ހަމަލާތައް ދެމުން މި ދަނީ، އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު މަހު އަމަލުކުރަން ފެށި "ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ" ޚިލާފަށެވެ. މި އެއްބަސްވުމަށްފަހު ޣައްޒާއަށް ދެމުންދިޔަ އެންމެ ބޮޑެތި ހަމަލާތައް އިސްރާއީލު ސިފައިން މެދުކަނޑައިލި ނަމަވެސް، ހަމަލާތައް މުޅިން ހުއްޓާލާފައެއް ނުވެ އެވެ.

ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކުރުމުގެ ހީލަތްތެރި ރޭވުން

އިސްރާއީލުގެ ހަމަލާތައް ކުރިއަށްދާއިރު، ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް ދެ މިލިއަން ފަލަސްތީނު ރައްޔިތުން ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ބޭރުކުރުމުގެ ރޭވުމެއް، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. އޭނާގެ އޮފީހުން ބުނި ގޮތުގައި، މި ރޭވުމުގެ މަގްސަދަކީ މި ކަމަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމާއި، ޣައްޒާގެ ރައްޔިތުން ބަލައިގަންނާނެ ގައުމުތަކާއެކު އެއްބަސްވުންތައް ގާއިމްކުރުމެވެ.

ހަރުކަށި ފިކުރުގެ މި މިނިސްޓަރު ބުނި ގޮތުގައި، މި އިސްނެގުމުގެ ދަށުން ފުރަތަމަ އަހަރު 250,000 މީހުން، ތިން އަހަރު ތެރޭގައި 1.1 މިލިއަން މީހުން، އަދި ހަތް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1.9 މިލިއަން މީހުން ޣައްޒާއިން ބޭރުކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. ބެން-ގްވީރު ބުނި ގޮތުގައި މިއީ "ހަގީގަތަކަށް ހެދިދާނެ" ރޭވުމެކެވެ. އަދި، މިއީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލެއްގެ ގޮތުން "ޣައްޒާގެ ރައްޔިތުން ހިޖުރަކުރުމަށް ހިތްވަރުދިނުމަށް" އެކުލަވާލާފައިވާ ސިޔާސަތެކެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރައެލް ކަޓްޒް ވެސް ބުދަ ދުވަހު ވަނީ، ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލުން އަދިވެސް ކުރަމުންދާކަމަށް އިއުތިރާފުވެފަ އެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން، އިސްތިއުމާރުކޮށްފައިވާ ބިމެއްގައި ދިރިއުޅޭ އާންމުން މަޖުބޫރުން އެހެން ތަނަކަށް ބަދަލުކުރުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާގައި ފެށި ނަސްލު ނައްތާލުމުގެ ގަތުލުއާންމާ ގުޅިގެން، ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ވެސް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރަށުގެ އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފަ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނަސްލުހޭދު ފެށުނީއްސުރެ އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން މަދުވެގެން 73,470 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރެއިން 1,330 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-ޣައްޒާއިޓަމާރ ބެން-ގްވިރްއިސްރާއީލް ކަޓްޒްޖެނީވާ މުއާހަދާފަލަސްތީންޣައްޒާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި

03 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހަމަލާދީ ހުޅަނގު އައްސޭރިން ދެ ޒުވާނުން ޝަހީދުކޮށްލައިފި
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
01 ސެޕްޓެމްބަރު 2026

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
01 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
03 އޯގަސްޓު 2026

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
03 އޯގަސްޓު 2026

ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި

03 އޯގަސްޓު 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި
23 ޖުލައި 2026

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި

23 ޖުލައި 2026
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް