Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިންގަޕޫރު

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

3 އޯގަސްޓު 2026 | ހޯމަ 06:13

ސިންގަޕޫރުގައި ބޭއްވި ކޮންސަރޓެއްގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން، މަޝްހޫރު މިއުޒިކް ބޭންޑް "މެސިވް އެޓޭކް" އެ ގައުމަށް އެތެރެވުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި. އެ ގައުމުގެ ގާނޫނުތަކާ ޚިލާފުވި ކަމަށް ބުނެ ބޭންޑުގެ މެންބަރުންނަށް ފުލުހުން އިންޒާރު ދީފައިވާއިރު، ބޭންޑުން ބުނީ ދައުލަތެއްގެ ގޮތުގައި އެތައް ގައުމަކުން ބަލައިގަންނަ ފަލަސްތީނުގެ ދިދަ އުފުލުމަކީ ކުށަކަށް ވެދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 06:13
ބްރިޓިޝް ޓްރިޕް-ހޮޕް ބޭންޑެއް ކަމަށްވާ "މެސިވް އެޓޭކް" އިން، ހިއަރފޯޑްޝަޔަރގެ ލެޑްބަރީ ކައިރީގައި ބޭއްވި "ބިގް ޗިލް" ފެސްޓިވަލްގެ މައި ސްޓޭޖުގައި ޕާފޯމްކުރަނީ

ބްރިޓިޝް ޓްރިޕް-ހޮޕް ބޭންޑެއް ކަމަށްވާ "މެސިވް އެޓޭކް" އިން، ހިއަރފޯޑްޝަޔަރގެ ލެޑްބަރީ ކައިރީގައި ބޭއްވި "ބިގް ޗިލް" ފެސްޓިވަލްގެ މައި ސްޓޭޖުގައި ޕާފޯމްކުރަނީ | ގެޓީ އިމޭޖަސް

ސިންގަޕޫރުގައި ބޭއްވި ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަމަލުކުރި ގޮތާމެދު "ހައިރާންވެ، މާޔޫސްވެފައިވާ" ކަމަށް މަޝްހޫރު މިއުޒިކް ބޭންޑް "މެސިވް އެޓޭކް" އިން ބުނެފި އެވެ.

އާދީއްތަ ދުވަހު އެ ބޭންޑުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުން އެ ބޭންޑުގެ މެންބަރުން ހިފަހައްޓައި، ވަކިވަކިން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ބައެއް މެންބަރުން ތިބި ހޮޓެލް ރޫމްތައް ބަލައި ފާސްކޮށް، ވަގުތީ ގޮތުން ޕާސްޕޯޓްތައް ވެސް އަތުލާފައިވާ ކަމަށް އެ ބޭންޑުން ހާމަކުރި އެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި ޝޯގެ ތެރޭގައި، އެ ބޭންޑުގެ ދެ މެންބަރަކު ވަނީ ފަލަސްތީނުގެ ދިދަ އުފުލާލައި، ބެލުންތެރިންނާއެކު "ފްރީ ޕަލަސްޓައިން" އޭ ގޮވާ އަޑުއުފުލާފަ އެވެ.

އާންމު ތަންތަނުގައި ވާހަކަދެއްކުމާއި އެއްވުންތަކާ މެދު ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ސިންގަޕޫރުން ވަނީ، މެސިވް އެޓޭކް ބޭންޑް އެ ގައުމަށް އެނބުރި އައުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފަ އެވެ.

ހުކުރު ދުވަހު ބީބީސީއަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، އެ ބޭންޑުގެ ދެ މެންބަރުންނަށް ދެން ސިންގަޕޫރަށް އެތެރެނުވެވޭނެ ކަމަށާއި، އެ ގައުމުގައި އެ ބޭންޑުގެ ހުނަރު ދެއްކުން ވެސް މަނާކޮށްފައިވާ ކަމަށެވެ.

ބޭރު ގައުމުތަކުގެ ދިދަ އާންމުކޮށް ދެއްކުން މަނާކުރާ ގާނޫނާއި، އާންމު ހަރަކާތްތަކުގައި ސިޔާސީ ޝުއޫރު ފާޅުކުރުން ކޮންޓްރޯލްކުރާ ގާނޫނާ ޚިލާފުވި ކަމަށް ބުނެ، ރޮބަޓް ޑެލް ނާޖާ އަދި ގްރާންޓް މާޝަލްއަށް ވަނީ "ހަރުކަށި އިންޒާރު" ދީފަ އެވެ.

މެސިވް އެޓޭކުން ބުނި ގޮތުގައި، ޝޯ ފެށުމުގެ ކުރިންނާއި ޝޯ ނިމުނު ވަގުތު، އޮޑިޓޯރިއަމްގައި ތިބި ގިނަ އަދަދެއްގެ ބަޔަކު އަމިއްލައަށް އިސްނަގައިގެން "ފްރީ ޕަލަސްޓައިން" އޭ ގޮވައި އަޑުއުފުލާފައިވެ އެވެ. އެ މީހުން އެގޮތަށް އަމަލުކުރީ، އެއީ ސަރުކާރުގެ ސެންސަރޝިޕް ގާނޫނުތަކާ ޚިލާފު ކަމެއްކަން އެނގި ތިބެ، އެކަމަށް ބެލުމެއް ނެތި ކަމަށް ވެސް ބޭންޑުން ފާހަގަކުރި އެވެ.

އެ ބޭންޑް ބޭން ކުރުމާ ބެހޭގޮތުން ސީދާ އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެއީ ވަރަށް "އަޖައިބު ކުރުވަނި ތަޖުރިބާއެއް" ކަމަށް އެ ބޭންޑުން ސިފަކުރި އެވެ. އަދި ދުނިޔޭގެ 157 ގައުމަކުން ބަލައިގަންނަ މިނިވަން ދައުލަތެއްގެ ދިދަ އުފުލާލުމަކީ ގާނޫނާ ޚިލާފު ކަމަކަށް ވެދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށް އެ ބޭންޑުން ބުންޏެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ފާޅުކުރުމަކީ އަޚްލާގީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ސިންގަޕޫރުގެ ސަޕޯޓަރުންނާއެކު، އެފަދަ ޝުއޫރެއް ފާޅުކުރެވުނީތީ ފަޚުރުވެރިވާ ކަމަށް ވެސް އެ ބޭންޑުން އިތުރަށް ބުންޏެވެ.

މެސިވް އެޓޭކް ބޭންޑުން އިންސްޓަގްރާމްގައި ކުރި މި ޕޯސްޓަށް 146،000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އެ ބޭންޑަށް ތާއީދުކޮށް މެސެޖުތައް ފޮނުވަމުންނެވެ.

އިންސްޓަގްރާމް ބޭނުންކުރާ ސިންގަޕޫރުގެ މީހަކު ލިޔެފައިވަނީ، އެ ގައުމުގެ ގިނަ ބަޔަކު ބޮޑެތިވަނީ ބުނާ އެއްޗަކަށާއި، އަޑުއުފުލާ މިންވަރަށް ވަރަށް ބޮޑަށް ސަމާލުވާން ދަސްކޮށްގެން ކަމަށެވެ.

"ފަލަސްތީނާއެކު ސާބިތުވެ ތިބިކަމަށްޓަކައި ޝުކުރިއްޔާ...،" އެ މީހާ ލިޔެފައިވެ އެވެ.

ނަމަވެސް، އެ ކޮންސަރޓަށް ދިޔަ ސިންގަޕޫރުގެ ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ކްރިސްޓަލް ލިމް-ލޭންޖް އިންސްޓަގްރާމްގައި ބުނެފައިވަނީ މިއީ ވަރަށް "އޮޅުންބޮޅުން ބޮޑު މައްސަލައެއް" ކަމަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ފަންނާނުން ޝޯ ދޭ ގައުމުތަކުގެ ގާނޫނުތަކަށް އިހުތިރާމް ކުރަންޖެހޭނެ އެވެ.

"އެހެންނަމަވެސް، އަހަރެން ގަބޫލުކުރާ ގޮތުގައި ފަންނުވެރިކަމަކީ އަބަދުވެސް އާންމު ވިސްނުންތަކަށް ގޮންޖަހައި، މުޖުތަމައު ރަމްޒުކޮށްދީ، އުނދަގޫ މައުޟޫއުތަކަށް ބަހުސް އުފައްދާ އެއްޗެއް. ފަންނުވެރިކަމާއި ސިޔާސީ ކަންކަން ވަކިކުރުމަކީ ދުވަހަކުވެސް ފަސޭހަ ކަމެއް ނޫން،" އޭނާ ލިޔެފައިވެ އެވެ.

މެސިވް އެޓޭކް ބޭންޑަކީ ޣައްޒާ ހަނގުރާމަ ހިމެނޭހެން ތަފާތު އެކި މައްސަލަތަކުގައި ސިޔާސީ ގޮތުން ފާޅުގައި ޝުއޫރު ފާޅުކުރާ ބޭންޑެއްގެ ގޮތުގައި މަޝްހޫރު ބޭންޑެކެވެ.

މި އަހަރުގެ ކުރީކޮޅު ލަންޑަނުގައި ބޭއްވި މުޒާހަރާއެއްގެ ތެރޭގައި، މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ "ޕަލަސްޓައިން އެކްޝަން" އަށް ތާއީދުކުރި ކަމުގެ ތުހުމަތުގައި ޑެލް ނާޖާ ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން 61 އަހަރުގެ ޑެލް ނާޖާ އެ ދުވަހު މުޒާހަރާގެ ބައިވެރިންނާއެކު އިށީނދެގެން އިނީ "އަހަރެން ނަސްލު ނައްތާލުމާ ދެކޮޅު، އަހަރެން ޕަލަސްޓައިން އެކްޝަނަށް ތާއީދުކުރަން" ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ.

އިސްރާއީލާއި ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން އާންމުކޮށް ޝުއޫރު ފާޅުކުރުމާ މެދު ސިންގަޕޫރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. ތަފާތު ސަގާފަތްތަކުގެ މީހުން ދިރިއުޅޭ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ، މިއީ ނަސްލީ އަދި އިޖުތިމާއީ ބަދަހިކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ސިންގަޕޫރުގެ ހޯމް އެފެއާޒް މިނިސްޓްރީން 2023 ވަނަ އަހަރު ނެރުނު ބަޔާނެއްގައި، އިސްރާއީލް-ޣައްޒާ ހަނގުރާމައާ ގުޅުންހުރި ބޭރު ގައުމުތަކުގެ ނިޝާންތައް ހިމެނޭ ތަކެތި އާންމުކޮށް ދެއްކުމާއި ބޭނުންކުރުމާ ދެކޮޅަށް އިރުޝާދު ދީފައިވެ އެވެ.

މި އަހަރުގެ ކުރީކޮޅު، ފަލަސްތީނުގެ ހައްގުގައި ހުއްދަ ނުހޯދައި ހިނގާލުމެއް ބޭއްވި މައްސަލައިގައި ވެސް ސިންގަޕޫރުން ވަނީ ބައެއް މީހުން ޖޫރިމަނާކޮށްފަ އެވެ.

"ސިންގަޕޫރުގެ ތަފާތު ނަސްލުތަކާއި ދީންތަކުގެ މެދުގައި އޮތް ސުލްހަވެރިކަމާއި އެކުވެރިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ. އަދި ބޭރުގެ ހާދިސާތަކުގެ ސަބަބުން އަހަރެމެންގެ މުޖުތަމައަށް އަސަރުކުރިޔަ ދީގެން ނުވާނެ،" ފުލުހުންގެ ތަރުޖަމާނު ކުރިން ބީބީސީއަށް ވިދާޅުވެފައިވެ އެވެ.

މެސިވް އެޓޭކް ބޭންޑުން މިހާރު ދަނީ ދުނިޔޭގެ ދަތުރެއް ކުރަމުންނެވެ. އޭޝިއާގެ ދަތުރުތައް ނިންމާލުމަށްފަހު، އަންނަ ހަފުތާގައި އެ ބޭންޑުން އޮސްޓްރޭލިއާގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިންގަޕޫރުފަލަސްތީނުމެސިވް އެޓޭކްޣައްޒާއިޒްރޭލް-ޣައްޒާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި

03 އޯގަސްޓު 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި
02 އޯގަސްޓު 2026

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 އޯގަސްޓު 2026
ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
22 ޖުލައި 2026

ސިންގަޕޫރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކޮށްފި

22 ޖުލައި 2026
ސިންގަޕޫރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކޮށްފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
20 ޖުލައި 2026

ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވި ސިންގަޕޫރު ދަރިވަރުގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލާ ދެކޮޅަށް އިހުމާލުގެ ދައުވާ ހައިކޯޓަށް ހުށަހަޅައިފި

20 ޖުލައި 2026
ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވި ސިންގަޕޫރު ދަރިވަރުގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލާ ދެކޮޅަށް އިހުމާލުގެ ދައުވާ ހައިކޯޓަށް ހުށަހަޅައިފި
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް