Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026 | އާދީއްތަ 10:56

ސިންގަޕޫރު ކައިރިން މި މަނަވަރު ދަތުރު ކުރަނިކޮށް ފެނިފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހު، އިންޑޮނޭޝިއާގެ ބަޓާމް ރަށުގައި ތިބި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ނޫސްވެރިންނަށް. ސިންގަޕޫރު ކަނޑު އޮޅިން މި ބިޔަ މަނަވަރު ދަތުރު ކުރަމުން ދިޔަ މަންޒަރު އެ ސަރަހައްދުން ވަނީ ފެނިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2026 | އާދީއްތަ 10:56
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން | ރޮއިޓާސް

މެދުއިރުމަތީގައި ގިނަ ދުވަސް ތަކެއް ވަންދެން ހަރަކާތްތެރިވުމަށް ފަހު، އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އެނބުރި ޤައުމަށް ދިޔުމުގެ ދަތުރުގައި އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި އެވެ.

މި މަނަވަރު އެނބުރި އެމެރިކާ އަށް ދިޔުމުގެ ކުރިން މަޑުކުރުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގައި އެވެ.

ސިންގަޕޫރު ކައިރިން މި މަނަވަރު ދަތުރު ކުރަނިކޮށް ފެނިފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހު، އިންޑޮނޭޝިއާގެ ބަޓާމް ރަށުގައި ތިބި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ނޫސްވެރިންނަށެވެ. ސިންގަޕޫރު ކަނޑު އޮޅިން މި ބިޔަ މަނަވަރު ދަތުރު ކުރަމުން ދިޔަ މަންޒަރު އެ ސަރަހައްދުން ވަނީ ފެނިފައި އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ ލިންކަން މެދުއިރުމަތީގައި ހަރަކާތްތެރިވީ އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތް ތަކަށް އެހީތެރިވުމަށެވެ. މި ދަތުރުގައި އެ މަނަވަރު ވަނީ އެއްވެސް މެދު ކެނޑުމެއް ނެތި ކަނޑު މަތީގައި 250 އަށް ވުރެ ގިނަ ދުވަސް ހޭދަކޮށް، އައު ރެކޯޑެއް ގާއިމު ކޮށްފައި އެވެ.

މިހާ ގިނަ ދުވަހު މަނަވަރު ކަނޑު މަތީގައި އޮތުމާ ގުޅިގެން، އޭގައި މަސައްކަތް ކުރާ ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ވަނީ ކަންބޮޑުވުން ތަކެއް އުފެދިފައި އެވެ. މީގެ އިތުރުން މަނަވަރުގައި ކާބޯތަކެއްޗާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި ހުސްވަމުންދާ ކަމުގެ ރިޕޯޓުތަކެއް ވެސް ވަނީ ފެންމަތިވެފައި އެވެ.

ތައިލެންޑުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމެރިކާގައި ހުންނަ މަރުކަޒަށް ދިޔުމުގެ ކުރިން ފަޅުވެރިންނަށް އަރާމު ކުރުމަށާއި، ބޭނުންވާ ތަކެތި ހަމަކުރުމަށްޓަކައި މި މަނަވަރު ތައިލެންޑުގެ ބަނދަރަކަށް ކައިރި ކުރާނެ އެވެ. މިއީ ގިނަ ދުވަސް ތަކެއްގެ ބުރަ މަސައްކަތަށް ފަހު ފަޅުވެރިންގެ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

އީރާން ހަނގުރާމަޔޫ.އެސް.އެސް އަބްރަހަމް ލިންކަންއެމެރިކާ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026
"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"
30 އޯގަސްޓު 2026

އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް

30 އޯގަސްޓު 2026
އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
30 އޯގަސްޓު 2026

މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް

30 އޯގަސްޓު 2026
މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް
29 އޯގަސްޓު 2026

ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި

29 އޯގަސްޓު 2026
ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި
29 އޯގަސްޓު 2026

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

29 އޯގަސްޓު 2026
އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި
29 އޯގަސްޓު 2026

އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟

29 އޯގަސްޓު 2026
އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟
29 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ

29 އޯގަސްޓު 2026
އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ
29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
28 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ ސަބަބުން ވިލާތުގައި ހުރި އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް "ނުރައްކާތެރި މިންވަރަކަށް" މަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލަކާއި ނޭޓޯގެ އޮފިޝަލަކު އިއުތިރާފުވެއްޖެ

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް