Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:28

ފްރާންސްގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ޕްލެޓީނީ ވިދާޅުވީ އިޤްތިސާދީ ކަންކަން އެއްފަރާތްކޮށް، އިންފަންޓީނޯ ފެއިލްވެފައިވަނީ އޭނާ ކުޅިވަރުގެ ޤަވާއިދުތަކުގެ ޒިންމާދާރު ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އެ ޤަވާއިދުތަކަށް އިޙުތިރާމް ނުކުރެއްވުމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:28
ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ އާާއި ފީފާގެ ރައީސް އިންފަންޓީނޯ

ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ އާާއި ފީފާގެ ރައީސް އިންފަންޓީނޯ | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމުން ޖިއާނީ އިންފަންޓީނީ އިސްތިއުފާ ދޭން ޖެހޭ ކަމަށް ޔުއެފާގެ ކުރީގެ ރައީސް އަދި ފްރާންސްގެ ލެޖެންޑު މިޝެލް ޕްލެޓީނީ ވިދާޅުވެއްޖެ އެވެ. 

ޕްލެޓީނީ މިހެން ވިދާޅުވެފައި ވަނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނެއްގެ ސަބަބުން އެތައް ބައެއްގެ ނުރުހުން ފީފާ އަށް އަމާޒުވެ، އިންފަންޓީނޯ މަސައްކަތް ކުރައްވަނީ ކުޅިވަރުގެ ރޫހާ ޚިލާފަށް ކަމަށް އެތައް ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައި އެވެ. 

ފްރާންސްގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ޕްލެޓީނީ ވިދާޅުވީ އިޤްތިސާދީ ކަންކަން އެއްފަރާތްކޮށް، އިންފަންޓީނޯ ފެއިލްވެފައިވަނީ އޭނާ ކުޅިވަރުގެ ޤަވާއިދުތަކުގެ ޒިންމާދާރު ބޭފުޅެއްގެ ގޮތުގައި ހުންނަވައި، އެ ޤަވާއިދުތަކަށް އިހުތިރާމް ނުކުރެއްވުމުން ކަމަށެވެ. މީގެ އިތުރުން ޕްލެޓީނީ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ދީފައިވާ ހައިޑްރޭޝަން ބްރޭކަށް ވެސް ފާޑު ވިދާޅުވެފައި އެވެ.

އެގޮތުން ޕްލެޓީނީ ވިދާޅުވީ ބައެއް ފަހަރު އެ ބްރޭކް ހަތަރު މިނެޓަށް ވެސް ދިގު ދެމިގެން ގޮސްފައިވާ ކަމަށާއި، އެ ވަގުތުތައް ބޭނުން ކޮށްފައި ވަނީ ހޯސްޓް ބްރޯޑްކާސްޓްރުން އިޝްތިހާރުތައް ދެއްކުމަށް ކަމަށެވެ. އަނެއްކޮޅުން މުބާރާތުގެ ފައިނަލް މެޗުގައި ބޭއްވި ހާފް ޓައިމްގެ ޝޯ އަށް ވެސް ޕްލެޓީނީ ނުރުހުން އަމާޒު ކުރެއްވި އެވެ.

މީގެ އިތުރުން ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާާގެ ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން މައާފު ކުރުމަށް ފީފާ އިން ނިންމިއިރު، ޕްލެޓީނީ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ، ކޮންމެ ގުޅުމެއްގެ ތެރެއިން ކަންކަން ދިޔަ ނަމަވެސް، ފީފާ އިން ޤަވާއިދު ނަގަހައްޓަން ޖެހޭނެ ކަމަށެވެ. 

އެހެންކަމުން އިންފަންޓީނޯ އަކީ ޒިންދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ވީ ނަމަވެސް، އޭނާ އަށް އެ ޒިންމާ އަށް އިހުތިރާމް ކުރެވިފައި ނެތް ކަމަށް ޕްލެޓީނީ ވިދާޅުވި އެވެ. އިންފަންޓީނޯގެ އަމަލު ތަކަކީ ފުޓުބޯޅައިގެ ރޫހާ ޚިލާފު ކަމެއް ކަމަށް ފާހަގަ ކުރައްވައި ޕްލެޓީނީ ވިދާޅުވީ، އިންފަންޓީނޯ މަގާމުން ވަކިވާން ޖެހޭ ކަމަށެވެ. 

މީގެ ކުރިން ވެސް ޕްލެޓީނީ ވަނީ އިންފަންޓީނޯ އަށް ފާޑު ވިދާޅުވެފައި އެވެ. 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ޕްލެޓީނީ ޔުއެފާ ރައީސްކަން ކުރެއްވިއިރު، އޭނާގެ ޑެޕިއުޓީ އަކަށް ހުންނެވީ އިންފަންޓީނޯ އެވެ.

ފީފާޖިއާނީ އިންފަންޓީނޯމިޝޭލް ޕްލެޓިނީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް

03 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
27 އޯގަސްޓު 2026

ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

27 އޯގަސްޓު 2026
ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
25 އޯގަސްޓު 2026

އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ

25 އޯގަސްޓު 2026
އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ
24 އޯގަސްޓު 2026

އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން

24 އޯގަސްޓު 2026
އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން
24 އޯގަސްޓު 2026

ސައުދީގެ ވަލީއަހުދު މުހައްމަދު އާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި އިންފަންޓީނޯ، އެތައް ބައެއްގެ ސުވާލުތަކެއް!

24 އޯގަސްޓު 2026
ސައުދީގެ ވަލީއަހުދު މުހައްމަދު އާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި އިންފަންޓީނޯ، އެތައް ބައެއްގެ ސުވާލުތަކެއް!
20 އޯގަސްޓު 2026

ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި

20 އޯގަސްޓު 2026
ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި

19 އޯގަސްޓު 2026
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި
19 އޯގަސްޓު 2026

ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް

19 އޯގަސްޓު 2026
ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް
18 އޯގަސްޓު 2026

އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި

18 އޯގަސްޓު 2026
އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި
16 އޯގަސްޓު 2026

އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ

16 އޯގަސްޓު 2026
އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް