Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ

16 އޯގަސްޓު 2026 | އާދީއްތަ 09:54

ގިއުލިއާނީ ދަ އެތުލެޓިކް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ސިޔާސީ ކަމެއް ކަމަށާއި، މިފަދަ ކަންކަން ޓްރަމްޕްއާ ދެކޮޅަށް ވެސް މީގެ ކުރިން ކޮށްފައިވާ ކަމަށް. އޭނާ ވިދާޅުވީ ބޮޑެތި ކާމިޔާބީތައް ހޯދާ މީހުންނަށް އެހެން މީހުން ހަސަދަވެރިވާ ކަމަށާއި، އިންފަންޓީނޯ ފީފާ އަށް ހާސިލު ކޮށްދެއްވާފައިވާ ކާމިޔާބީތައް ވަރަށް ގިނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2026 | އާދީއްތަ 09:54
ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ އިސްވެރިޔާ ގިއުލިއާނީ އާއި ފީފާގެ ރައީސް އިންފަންޓީނޯ

ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ އިސްވެރިޔާ ގިއުލިއާނީ އާއި ފީފާގެ ރައީސް އިންފަންޓީނޯ | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑު ކިޔާ މީހުން އެކަން ކުރަނީ، ހަސަދަވެރިކަން އޮވެގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ އެންޑްރޫ ގިއުލިއާނީ ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ކުރީގެ މޭޔަރު ރޫޑީ ގިއުލިއާނީގެ ދަރިކަލުން، އެންޑްރޫ ގިއުލިއާނީ އަކީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން އެކުލަވާލާފައިވާ ޓާސްކު ފޯހުގެ އިސްވެރިޔާ އެވެ.

ވޯލްޑް ކަޕުގެ ބައެއް ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކުމަށް އިންފަންޓީނޯގެ ގެންގުޅުއްވި ޕްލޭންގެ ސަބަބުން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެތައް ބައެއްގެ ފާޑުކިޔުންތަކާ އެކު އެންމެ ފަހުން އިންފަންޓީނޯ ވަނީ އެ ޕްލޭންގެ މަސައްކަތްތައް ހުއްޓާލައްވައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ގިއުލިއާނީ ވިދާޅުވީ، އެ ފާޑުކިޔުންތައް އަމާޒު ކުރަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އެއީ ކުދިކުދި ކަންކަން، ބޮޑު ކޮށްލަން ބޭނުންވާ ބަޔަކު ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ގިއުލިއާނީ ދަ އެތުލެޓިކް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ސިޔާސީ ކަމެއް ކަމަށާއި، މިފަދަ ކަންކަން ޓްރަމްޕްއާ ދެކޮޅަށް ވެސް މީގެ ކުރިން ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑެތި ކާމިޔާބީތައް ހޯދާ މީހުންނަށް އެހެން މީހުން ހަސަދަވެރިވާ ކަމަށާއި، އިންފަންޓީނޯ ފީފާ އަށް ހާސިލު ކޮށްދެއްވާފައިވާ ކާމިޔާބީތައް ވަރަށް ބޮޑު ކަމަށެވެ.

ގިއުލިއާނީ އިތުރަށް ވިދާޅުވީ ކުޅިވަރު މިހާރު ވިޔަފާރީއަކަށް ވެފައިވާ ކަމަށާއި، އިންފަންޓީނޯގެ ޖުމުލަ މަސައްކަތްތައް ބަލައި ހުކުމް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އިންފަންޓީނޯ އަބަދުވެސް އޭނާގެ އިދާރާ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި، އެއީ ފީފާ އަށް ބޭނުންތެރި ލީޑަރެއް ކަމަށެވެ.

އިންފަންޓީނޯގެ އެ ޕްލޭންގެ ސަބަބުން، އެތައް ބަަޔަކު އަދިވެސް އަންނަނީ އޭނާ އަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

ފީފާޖިއާނީ އިންފަންޓީނޯއެންޑްރޫ ގިއުލިއާނީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
14 އޯގަސްޓު 2026

އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ

14 އޯގަސްޓު 2026
އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ
14 އޯގަސްޓު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި
11 އޯގަސްޓު 2026

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!

11 އޯގަސްޓު 2026
އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!
10 އޯގަސްޓު 2026

ޔުއެފާ، ކޮންކާކަފް އަދި އޭއެފްސީގެ ސިޓީއެއް: އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލުނީ ހީލަތްތެރިކަމުގެ ސަބަބުން!

10 އޯގަސްޓު 2026
ޔުއެފާ، ކޮންކާކަފް އަދި އޭއެފްސީގެ ސިޓީއެއް: އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލުނީ ހީލަތްތެރިކަމުގެ ސަބަބުން!
09 އޯގަސްޓު 2026

އިންފަންޓީނޯގެ ދިފާއުގައި ފީފާ އިން ވަރުގަދަ ބަޔާނެއް ނެރެ، ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރު ދީފި

09 އޯގަސްޓު 2026
އިންފަންޓީނޯގެ ދިފާއުގައި ފީފާ އިން ވަރުގަދަ ބަޔާނެއް ނެރެ، ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރު ދީފި
08 އޯގަސްޓު 2026

ސިއްރު ލޯބިވެރިޔާ އަށް ޔޫރަޕްގެ ފުޓްބޯޅަ ޖަމްއިއްޔާ އިން ޚަރަދު ކުރިކަމަށް ދެކެވޭ ވާހަކަތައް އިންފަންޓީނޯ ދޮގުކުރައްވައިފި

08 އޯގަސްޓު 2026
ސިއްރު ލޯބިވެރިޔާ އަށް ޔޫރަޕްގެ ފުޓްބޯޅަ ޖަމްއިއްޔާ އިން ޚަރަދު ކުރިކަމަށް ދެކެވޭ ވާހަކަތައް އިންފަންޓީނޯ ދޮގުކުރައްވައިފި
08 އޯގަސްޓު 2026

އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާ އާއި މެކްސިކޯ އިން ވެސް ބުނެފި

08 އޯގަސްޓު 2026
އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާ އާއި މެކްސިކޯ އިން ވެސް ބުނެފި
08 އޯގަސްޓު 2026

އިންފަންޓީނޯގެ ސިއްރު ލޯބިވެރިޔާ އަށް ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފި

08 އޯގަސްޓު 2026
އިންފަންޓީނޯގެ ސިއްރު ލޯބިވެރިޔާ އަށް ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފި
07 އޯގަސްޓު 2026

ސިޔާސީވެރިންނާއި، އަމިއްލަ ޖެޓުތަކާއި، ބާރުވެރިކަން - ފީފާގެ ރައީސްގެ ދިރިއުޅުއްވުން

07 އޯގަސްޓު 2026
ސިޔާސީވެރިންނާއި، އަމިއްލަ ޖެޓުތަކާއި، ބާރުވެރިކަން - ފީފާގެ ރައީސްގެ ދިރިއުޅުއްވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް