Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި

20 އޯގަސްޓު 2026 | ބުރާސްފަތި 06:22

އިސްރާއީލްގެ ފުޓުބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ގެ ރައީސް މޯޝޭ ޒުއަރޭސް ފީފާ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފީފާގެ ހިންގުމާ މެދު ޔުއެފާ އާއި ފީފާއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އިތުބާރު ގެއްލިފައިވާ ކަމަށް. މިއީ ވަރަށް ފުން އަދި އުސޫލީ މައްސަލައެއް ކަމަށާއި އެހެންކަމުން އިންފަންޓީނޯ އަށް ކުރިން ދިން ތާއީދު އަނބުރާ ގެންދިޔުން ނޫން ގޮތެއް މިހާރު ނެތް ކަމަށް. އިސްރާއީލްގެ މި ނިންމުމަކީ އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ބޯޑުގެ އިއްތިފާގުން ނިންމި ނިންމުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 06:22
މިއަހަރުގެ އޭޕްރީލް މަހު ފީފާގެ ކޮންގްރެސްގައި އިންފަންޓީނޯ އާއި އިސްރާއީލް ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް

މިއަހަރުގެ އޭޕްރީލް މަހު ފީފާގެ ކޮންގްރެސްގައި އިންފަންޓީނޯ އާއި އިސްރާއީލް ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އަލުން އެ މަޤާމަށް އިންތިޚާބު ކުރުމަށް ކުރިން ދެމުން ދިޔަ ތާއީދު އަނބުރާ ގެންދަން އިސްރާއީލްގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނިންމައިފި އެވެ.

އިސްރާއީލް އިން މި ނިންމުން ނިންމާފައިވަނީ ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޯ ފީފާގެ ވޯލްޑް ކަޕް ވިއްކާލުމުގެ ޕްލޭން އަށް ފާޑު ވިދާޅުވުމާ ގުޅިގެން، އިންފަންޓީނޯ އޭނާ މަޤާމުން ވަކިކުރެއްވުމުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އެވެ.

އިސްރާއީލްގެ ފުޓުބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ގެ ރައީސް މޯޝޭ ޒުއަރޭސް ފީފާ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފީފާގެ ހިންގުމާ މެދު ޔުއެފާ އާއި ފީފާއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އިތުބާރު ގެއްލިފައިވާ ކަމަށެވެ. މިއީ ވަރަށް ފުން އަދި އުސޫލީ މައްސަލައެއް ކަމަށާއި، އެހެންކަމުން އިންފަންޓީނޯ އަށް ކުރިން ދިން ތާއީދު އަނބުރާ ގެންދިޔުން ނޫން ގޮތެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިސްރާއީލްގެ މި ނިންމުމަކީ އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ބޯޑުގެ އިއްތިފާގުން ނިންމި ނިންމުމެކެވެ.

އިސްރާއީލްގެ މި ނިންމުމަކީ އިންފަންޓީނޯ އަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއެކެވެ. ޚާއްސަކޮށް ފަލަސްތީން އާއި އިސްރާއީލްގެ ކުޅިވަރުގެ ގުޅުން ރަނގަޅު ކުރުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މީގެ ސަބަބުން ހުރަސްތަކެއް އެޅޭނެ އެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ފީފާ ކޮންގްރެސްގައި ފަލަސްތީން އާއި އިސްރާއީލްގެ ވަފުދު އެކުގައި ފޮޓޯއަކަށް އެރުވުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައި އެވެ. އެ ފަހަރު ފަލަސްތީނު ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ވަނީ އިސްރާއީލްގެ އޮފިޝަލުންނާ އެކު ފޮޓޯ އަށް އަރަން ދެކޮޅު ހައްދަވާފައި އެވެ.

އިންފަންޓީނޯ އަށް އޮތް ތާއީދު އަނބުރާ ގެންދިޔަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ވޭލްސް، ސްކޮޓްލެންޑު އަދި އަޔަލެންޑު ހިމެނެ އެވެ. މި ހުރިހާ މައްސަލައެއްގެ އަސްލަކީ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ ނަމުގައި ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުމެވެ. މި ހުށަހެޅުމަށް ފާޑު ވިދާޅުވި ކެވިން ލަމޯ މަޤާމުން ވަކިކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި އެވެ.

ޔުއެފާގެ ނައިބު ރައީސް ލޯރާ މެކްއަލިސްޓާ ވިދާޅުވީ، ކެވިން ލަމޯ މަޤާމުން ވަކިކުރުމަކީ ފީފާގެ ހިންގުން ބަލިކަށި ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ފީފާ އަކީ ހަމައެކަނި އެ އިދާރާގެ ރައީސް ނޫން ކަމަށާއި، އެއީ މުޅި ފުޓުބޯޅަ އާއިލާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ވިދާޅުވީ، އިންފަންޓީނޯ ވަނީ ވޯލްޑް ކަޕް ވިއްކާލަން އުޅުމުގެ ތެރެއިން އަމިއްލަ އަށް "ސެލްފް ޑިސްޓްރަކްޓް" ބަޓަން އަށް ފިއްތަވާފައި ކަމަށެވެ.

ފީފާ އަކީ ފައިދާ އަށް މަސައްކަތްކުރާ ކުންފުންޏެއް ނޫން ކަމަށާއި، ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަކީ ދުވަހަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މާސްޓާސް ފާހަގަ ކުރެއްވި އެވެ. މި މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް އޮތް ޕްރެޝަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ފީފާއިސްރާއީލްޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި

19 އޯގަސްޓު 2026
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި
19 އޯގަސްޓު 2026

ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް

19 އޯގަސްޓު 2026
ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް
18 އޯގަސްޓު 2026

އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި

18 އޯގަސްޓު 2026
އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
16 އޯގަސްޓު 2026

އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ

16 އޯގަސްޓު 2026
އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ
14 އޯގަސްޓު 2026

ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
14 އޯގަސްޓު 2026

އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ

14 އޯގަސްޓު 2026
އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ
14 އޯގަސްޓު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް