Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީސްޕޯޓްސް ވޯލްޑް ކަޕް

ސައުދީގެ ވަލީއަހުދު މުހައްމަދު އާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި އިންފަންޓީނޯ، އެތައް ބައެއްގެ ސުވާލުތަކެއް!

24 އޯގަސްޓު 2026 | ހޯމަ 06:53

މި މުބާާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެ ވަޑައިގެން ހީ ސަމާސާ ކުރައްވައި ފޮޓޯ ނަންގަވާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނު. ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު، އެކަމުގައި މެކްރޮން ވެސް މަސައްކަތް ކުރެއްވީ އިންފަންޓީނޯއާ ދެކޮޅަށް ކަމަށް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2026 | ހޯމަ 06:53
އީސްޕޯޓްސް ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ

އީސްޕޯޓްސް ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

ފްރާންސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އީސްޕޯޓްސް ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، އަރިހުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުންނެވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. 

ހަތް ހަފުތާގެ ވަރުގަދަ ވާދަކުރުންތަކަކަށް ފަހު، މިއަހަރުގެ އީސްޕޯޓްސް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ އޭޖީއޭއެލް އެވެ. އެ ޓީމަށް މުބާރާތުގެ ތަށި ހަވާލު ކޮށްދެއްވީ ފްރާންސްގެ ރައީސް މެކްރޮން އެވެ. މިއީ ސައުދީ އަރަބިއްޔާގެ އިސް ނެގުމުގެ މަތިން، އެ ޤައުމުގައި ބާއްވަން ފެށި ބައިނަލްއަޤުވާމީ ބޮޑު މުބާރާތެކެވެ. 

މި މުބާރާތް އިންތިޒާމުކުރާ ސައުދީގެ ނޮން ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ އީސްޕޯޓްސް ވޯލްޑް ކަޕް ފައުންޑޭޝަން އިން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ފްރާންސްގެ ވެރި ރަށް ޕެރިސް ހޮވީ އެ ސިޓީގެ ވަސީލަތްތައް ތަރައްޤީ ވެފައިވުމާއި، ދަތުރު ފަތުރުގެ ފަސޭހަކަމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތެއް ބޭއްވުމަށް އެކަށީގެންވާ ވާދަވެރި މާހައުލެއް އޮތުމުންނެވެ.

މި މުބާާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގެން ހީ ސަމާސާ ކުރައްވައި ފޮޓޯ ނަންގަވާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ. ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު، އެކަމުގައި މެކްރޮން ވެސް މަސައްކަތް ކުރެއްވީ އިންފަންޓީނޯއާ ދެކޮޅަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަހަރުގެ މުބާރާތް ޕެރިހުގައި ބޭއްވި ނަމަވެސް، އީސްޕޯޓްސް ވޯލްޑް ކަޕްގެ މައި މަރުކަޒެއްގެ ގޮތުގައި ދެމި އޮންނާނީ ސައުދީގެ ވެރި ރަށް ރިޔާޟް އެވެ. މި ފަހަރުގެ މުބާރާތުގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުން، 200 ކުލަބަކަށް ނިސްބަތްވާ 2،000 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.

އީސްޕޯޓްސް ވޯލްޑް ކަޕް ފައުންޑޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި 2027 ވަނަ އަހަރުގެ އީސްޕޯޓްސް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައި އެވެ. މިއީ ދުނިޔޭގެ ކުޅިވަރުގެ ދާއިރާގައި ސައުދީ އިން ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މުހިންމު ހަރަކާތެކެވެ.

އީސްޕޯޓްސް ޗެމްޕިއަންޝިޕްއެމަނުއަލް މެކްރޯންޖިއާނީ އިންފަންޓީނޯމުހައްމަދު ބިން ސަލްމާން އަލް ސައުދު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު

23 އޯގަސްޓު 2026
ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު
22 އޯގަސްޓު 2026

ރަސްމީ ދަތުރުފުޅެއްގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ފްރާންސް އަށް

22 އޯގަސްޓު 2026
ރަސްމީ ދަތުރުފުޅެއްގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ފްރާންސް އަށް
20 އޯގަސްޓު 2026

ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި

20 އޯގަސްޓު 2026
ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް

19 އޯގަސްޓު 2026
ޕްރިމިއާ ލީގުގެ ސީއީއޯގެ ފާޑު ކިޔުން އިންފަންޓީނޯ އަށް
18 އޯގަސްޓު 2026

އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި

18 އޯގަސްޓު 2026
އިންފަންޓީނޯގެ ޕްލޭން އަށް ފާޑު ކިޔާފައިވާ ފީފާގެ ސީއޯއޯ މަގާމުން ވަކިކޮށްފި
16 އޯގަސްޓު 2026

އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ

16 އޯގަސްޓު 2026
އިންފަންޓީނޯ އަށް ފާޑުކިޔަނީ ހަސަދަވެރިވާ މީހުން ކަމަށް ޓްރަމްޕްގެ އަރިސް އަދި ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ އިސްވެރިޔާ ވިދާޅުވެއްޖެ
16 އޯގަސްޓު 2026

ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!

16 އޯގަސްޓު 2026
ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!
14 އޯގަސްޓު 2026

ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
ނިއުޒީލެންޑުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
14 އޯގަސްޓު 2026

އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ

14 އޯގަސްޓު 2026
އިންފަންޓީނޯގެ މުސްތަޤުބަލު ނިންމަންވާާނީ އިންތިޚާބަކުން: މޮޓްސެޕޭ
14 އޯގަސްޓު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި

14 އޯގަސްޓު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަޔަލެންޑުން ވެސް އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް