Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

2 ސެޕްޓެމްބަރު 2026 | ބުދަ 08:12

އޮގަސްޓް މަހު އިސްރާއީލުގެ 5،000 އަށްވުރެ ގިނަ ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަނެފައިވާއިރު، ގުދުސްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށް 114 މީހަކު ވަނީ ހައްޔަރުކޮށްފައި. މީގެ އިތުރުން ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލުމުގެ 40 އޮޕަރޭޝަނެއް ހިންގާފައި ވަނީ، ގުދުސްގެ އިސްލާމީ ވަންތަކަން ފޮހެލުމަށް އިސްރާއީލުން ކުރާ މަސައްކަތުގެ ތެރެއިން.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ސެޕްޓެމްބަރު 2026 | ބުދަ 08:12
އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތުގެ ގޯތިތެރެ

އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތުގެ ގޯތިތެރެ | އަނަޑޯލޫ

ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްފައިވާ އިސްރާއީލުގެ ވަޒަންވެރިންގެ 5،209 މީހުން އޮގަސްޓް މަހު އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައި، ފަސް ކުޑަކުދިން ހިމެނޭހެން 114 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ގުދުސް ގަވަރްނަރޭޓުން ހާމަކޮށްފި އެވެ. އެ އިދާރާއިން ނެރުނު އޮގަސްޓް މަހު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މަހުގެ ތެރޭގައި އިސްރާއީލު ފުލުހުންގެ ސީދާ ރައްކާތެރިކަމުގެ ދަށުން، އިސްރާއީލުގެ ވަޒަންވެރިން ވަނީ އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅުގެ އެތެރެއަށާއި މިސްކިތުގެ ދޮރުތައް ކައިރިއަށް ވަދެގަނެ، ޔަހޫދީ ދީނީ އަޅުކަންތައް ކުރިއަށްވުރެ ބޮޑަށް އިތުރުކޮށްފަ އެވެ.

ގުދުސް ގަވަރްނަރޭޓުން ހާމަކުރި ގޮތުގައި، އޮގަސްޓް މަހުގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް 5،209 ހާދިސާއެއް ރެކޯޑުކުރެވިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މީހުން ވަދެގަނެފައި ވަނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 751 މީހުން ވަނީ މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެފަ އެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން އަލްއަޤްޞާ މިސްކިތަށް ވަނުމަށް ހުރަސްއަޅައި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފަސް އަމުރެއް ނެރެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އިސްރާއީލު ފުލުހުން ގެންދަނީ 2003 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ވަޒަންވެރިންނަށް އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަނުމުގެ ހުއްދަ ދެމުންނެވެ. ނަމަވެސް، ގުދުސްގެ އިސްލާމިކް ވަޤްފް ޑިޕާޓްމަންޓުން ތަކުރާރުކޮށް ބުނަމުން ދަނީ އަލްއަޤްޞާ މިސްކިތަކީ ހަމައެކަނި މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމަށެވެ. އަދި، އެ ތަނަށް ވަދެގަތުން ހުއްޓާލުމަށް އެ އިދާރާއިން ވަނީ އެތައް ފަހަރަކު ގޮވާލާފަ އެވެ.

އިސްރާއީލު ސިފައިން ގުދުސްގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި އެ މީހުން ވަނީ ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައި، 83 މީހަކު ޒަޚަމްކޮށްލާފަ އެވެ. އަދި، ފަސް ކުޑަކުދިން ހިމެނޭހެން 114 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށާއި އެ މީހުންގެ މުދަލަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ދީފައިވާ 44 ހަމަލާއެއް ގުދުސް ގަވަރްނަރޭޓުން ވަނީ ޑޮކިއުމަންޓްކޮށްފަ އެވެ. ހަމައެއާއެކު، ގުދުސްގައި ހުރި ފަލަސްތީނު މީހުންގެ ގެދޮރާއި ބިނާތައް ތަޅާލުމުގެ 40 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އިތުރު 86 ތަނެއް ތަޅާލުމަށް ނުވަތަ އިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމަށް އަމުރު ނެރެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މި ހަމަނުޖެހުންތައް އިތުރުވެފައި މި ވަނީ، އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްނެސެޓްގެ (އިސްރާއީލުގެ ޤާނޫނުހަދާ މަޖިލިސް) އިންތިޚާބާ ދިމާކޮށް، ހަރުކަށި ފިކުރުގެ ޕާޓީތަކުގެ ރުހުން ހޯދުމަށް ޓަކައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސްރަހު ގޯސްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ފަލަސްތީނުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުން ގެންދަނީ އަލްއަޤްޞާ މިސްކިތް ހިމެނޭހެން އިސްތިއުމާރުކޮށްފައިވާ ގުދުސްއަކީ ޔަހޫދީ ތަނަކަށް ހެދުމަށާއި، އެ ރަށުގެ އަރަބި އަދި އިސްލާމީ ވަންތަކަން ފޮހެލުމަށް ހީލަތްތެރި ޖަރީމާތަކެއް ހިންގަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން އަބަދު ވެސް ގަބޫލުކުރާ ގޮތުގައި، އެ މީހުން އުއްމީދުކުރާ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާގައި ގަތުލުއަންމެއް ފަށައި ދޭން ފެށި ލާއިންސާނީ ހަމަލާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކާ ގުޅިގެން، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކާއި ރެފިއުޖީ ކޭމްޕުތަކަށް އިސްރާއީލު ސިފައިން ވަދެގަތުމާއި، މީހުން ހައްޔަރުކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި، ފަލަސްތީނުގެ ރައްޔިތުންނަށާއި އެ މީހުންގެ މުދަލަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ދޭ ހަމަލާތައް ވެސް މި މުއްދަތުގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ފަލަސްތީނު-އިސްރާއީލުއަލް-އަގްސާ މިސްކިތް އިރުމަތީ ޤުދުސްބެންޖަމިން ނަތަންޔާހޫޣައްޒާވެސްޓް ބޭންކް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
01 ސެޕްޓެމްބަރު 2026

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

01 ސެޕްޓެމްބަރު 2026
ނަތަންޔާހޫގެ އަނބިކަނބަލުން ސާރާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ
01 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި
30 އޯގަސްޓު 2026

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

30 އޯގަސްޓު 2026
ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި
29 އޯގަސްޓު 2026

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ

29 އޯގަސްޓު 2026
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ
28 އޯގަސްޓު 2026

އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް

28 އޯގަސްޓު 2026
އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް
28 އޯގަސްޓު 2026

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
27 އޯގަސްޓު 2026

ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން

27 އޯގަސްޓު 2026
ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
21 އޯގަސްޓު 2026

ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި

21 އޯގަސްޓު 2026
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް