ގްރީސް އާއި އިސްރާއީލް އިން 3.4 ބިލިއަން ޑޮލަރުގެ ވައިގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރަނީ
30 އޯގަސްޓު 2026 | އާދީއްތަ 06:01ގްރީސް އާއި އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ތާރީޚީ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި. މި މަޝްރޫއަކީ ގްރީސްގެ ވައިގެ ސަރަހައްދު ބެލެހެއްޓުމާއި، މިސައިލް ހަމަލާ ތަކުން ދިފާއުވުމަށްޓަކައި އެކުލަވާލާ މަލްޓި-ލޭޔަރޑް ނުވަތަ އެކި ފަންތިތަކަށް ބަހާލެވިފައިވާ ވަރުގަދަ ނިޒާމެއް


ސިކޯސްކީ ކުންފުނިން އުފައްދާފައިވާ، ބަރު ތަކެތި އުފުލުމަށް ޚާއްސަ "ސީ.އެޗް-53ކޭ ކިންގް ސްޓަލިއަން" މަރުކާގެ ހެލިކޮޕްޓަރެއް އެމެރިކާގެ މެރިންސް އިން ދުއްވަނީ | ރޮއިޓާސް
ވައިގެ މަގުން އަތުވެދާނެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި "އެކިލީސް ޝީލްޑް"ގެ ނަމުގައި ތަރައްޤީ ކުރާ ވަރުގަދަ ދިފާއީ ނިޒާމެއް ގާއިމުކުރުމަށް، 3.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ގްރީސް އާއި އިސްރާއީލް އިން ސޮއިކުރުމަށް ހަމަޖެހިއްޖެ އެވެ.
ގްރީސް އާއި އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި އެވެ. މި މަޝްރޫއަކީ ގްރީސްގެ ވައިގެ ސަރަހައްދު ބެލެހެއްޓުމާއި މިސައިލް ހަމަލާތަކުން ދިފާއުވުމަށްޓަކައި އެކުލަވާލާ މަލްޓި-ލޭޔަރޑް ނުވަތަ އެކި ފަންތިތަކަށް ބަހާލެވިފައިވާ ވަރުގަދަ ނިޒާމެކެވެ.
މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔުމަށް ގްރީސްގެ ގަވަރމަންޓް ކައުންސިލް ފޯ ފޮރިން އެފެއާޒް އެންޑް ޑިފެންސް (ކައިސިއާ) އިން ރުހުން ދީފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. މި ނިންމުމާ އެކު، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ގްރީސްގެ ނޫހެއް ކަމަށްވާ "އެކަތިމެރިނީ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އައު ނިޒާމު ފަރުމާކޮށްފައި ވަނީ ގްރީސްގައި މިހާރު ވެސް ބޭނުން ކުރަމުންދާ އަސްކަރީ ވަސީލަތްތަކާއި އިސްރާއީލްގެ ޒަމާނީ ދިފާއީ ޓެކްނޮލޮޖީ އެއްކޮށްލައިގެންނެވެ. މީގެ ތެރޭގައި ގްރީސްގެ ރަށްތަކާއި މައި ބިމުގައި މިހާރު ގާއިމުކޮށްފައިވާ ޕެޓްރިއަޓް އެއަރ ޑިފެންސް ސިސްޓަމްތަކާއި ޑްރޯންތައް، އިސްރާއީލްގެ އެންމެ ފަހުގެ އެއަރ ޑިފެންސް ޕްލެޓްފޯމްތަކާ ގުޅާލުން ހިމެނެ އެވެ.
މި މަޝްރޫއުގެ ސަބަބުން ގްރީސްގެ ދިފާއީ ބާރުތަކަށް ވައިގެ މަގުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް ވަގުތުން އިޖާބަދިނުމުގެ ޤާބިލުކުރުން އިތުރު ވެގެންދާނެ އެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި މި ސަރަހައްދުގައި ހިންގޭ ދިފާއީ ދާއިރާގެ އެންމެ ބޮޑު އެއް މަޝްރޫއުކަން ފާހަގަކުރެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










