Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހުޅަނގުއައްސޭރީގައި ތިން މީހަކު މަރުވެއްޖެ

29 އޯގަސްޓު 2026 | ހޮނިހިރު 08:29

ހުޅަނގު އައްސޭރީގެ ޖެނީންގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިސް އޮޕަރޭޓިވްއަކު މަރާލާފައިވާއިރު، އެ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާއި ވަޒަންވެރިންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މީގެ އިތުރުން ޣައްޒާއަށް ދިން އެކި ހަމަލާތަކުގައި އެއް އާއިލާއެއްގެ ތިން މީހުން ހިމެނޭހެން ފަސް މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނޭ

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 08:29
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންއަށް، 2026 އޯގަސްޓް 28 ވަނަ ދުވަހު އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާތަކަކަށްފަހު، އެ ސިޓީގެ އިމާރާތެއްގެ ކައިރީގައި އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންއަށް، 2026 އޯގަސްޓް 28 ވަނަ ދުވަހު އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާތަކަކަށްފަހު، އެ ސިޓީގެ އިމާރާތެއްގެ ކައިރީގައި އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ | ރޮއިޓާސް

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިއަކާއި އޭނާއަށް އެހީތެރިވި އިތުރު ދެ މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފި އެވެ. މިއީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވައިގެ މަގުން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިން މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނީން ސަރަހައްދުގައި ދުއްވާފައި ދިޔަ ކާރަކަށް އަމާޒުކޮށް ދިން މި ހަމަލާ ހަމާސް ޖަމާއަތުން ކުށްވެރިކުރި ނަމަވެސް، އިސްރާއީލުން ގާއިސް ބިތާވީގެ ނަމުން ނަންދީފައިވާ އެ މީހާއަކީ އެ ޖަމާއަތުގެ މެންބަރެއް ކަމަކަށް ބުނެފައެއް ނުވެ އެވެ. އިސްރާއީލު ސިފައިންނާއި މެޑިކަލް ޓީމުތަކުން ވަނީ މި ހަމަލާ އަމާޒުކުރީ ޖެނީން ސަރަހައްދަށް ކަން ކަށަވަރުކޮށްދީފަ އެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިތާވީއަކީ އެ ޖަމާއަތުގެ އަސްކަރީ ގަފިލާގެ އިސް އޮޕަރޭޓިވްއެއް ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދޭ ހަމަލާތަކާއި، އިސްރާއީލު ސިފައިން ފަލަސްތީނުގެ އަވަށްތަކަށް އަރައި ހިންގާ އޮޕަރޭޝަންތައް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖެނީން ހިމެނޭ ހުޅަނގު އައްސޭރީގެ އުތުރު ސަރަހައްދަކީ މިދިޔަ އަހަރު އިސްރާއީލުން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގި ސަރަހައްދެކެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ މަރުކަޒުތައް ނައްތާލުމަށް ހިންގި އޮޕަރޭޝަނެކެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިތާވީއަކީ އިސްރާއީލުގެ އާންމުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ރޭވުމާއި، އެކަމަށް ފައިސާ ހޯދުމާއި، ހަމަލާތައް ތަންފީޒުކުރުމުގައި އިސްކޮށް އުޅުނު މީހެއް ކަމަށެވެ. އަދި އޭނާއަކީ ޣައްޒާގައި ތިބޭ ހަމާސްގެ މެންބަރުންނާއި، ގައުމުން ބޭރުގައި ތިބޭ އެ ޖަމާއަތުގެ މީހުންނާ ގާތް ގުޅުމެއް ބޭއްވި މީހެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި، ޑްރޯން ހަމަލާ ދިން ސަރަހައްދަށް އިސްރާއީލުގެ އެއްގަމު ސިފައިން އަރައި، އެތަނުގައި ތިބި ސިއްހީ އެހީތެރިން ކުޑަވަގުތުކޮޅަކަށް ހިފަހައްޓައި، ހަމަލާގައި ޒަޚަމްވި މީހުންނާއި މަރުވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ހުރަސްއަޅާފައިވެ އެވެ.

2025 ވަނަ އަހަރު ހުޅަނގު އައްސޭރީގެ އުތުރުގައި އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. އެ އޮޕަރޭޝަންތަކުގައި އިސްރާއީލު ސިފައިން ވަނީ ރެފިއުޖީ ކޭމްޕުތައް ހުސްކޮށް، ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ހުޅަނގު އައްސޭރީގެ ސިޓީތަކުގައި ސިފައިން އެންމެ ގިނަ ދުވަހު މަޑުކުރި ފަހަރަށް އެ ފަހަރު ވެފަ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ އިސްރާއީލުން މީހުން މަޖުބޫރުން ބޭރުކުރަމުންދާ ކަމަށް ބުނެ، އެ ގައުމުން ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އިސްރާއީލުން އެފަދަ ކުށްތަކަށް އިންކާރު ކުރެ އެވެ.

ޣައްޒާގައި ހަމާސްގެ ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމުގެ ބަދަލުގައި އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމަށް އެމެރިކާއިން އިސްވެ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް، ހުކުރު ދުވަހު އިސްރާއީލުން ދިން ތިން ހަމަލާއެއްގައި މަދުވެގެން ފަސް ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.

ސިއްހީ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތަކުގެ ތެރޭގައި ދީރުލް ބަލާހް ކައިރިއަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ ތިން މީހަކު މަރުވުމާއި، ޣައްޒާ ސިޓީގައި ސައިކަލަކަށް ދިން ހަމަލާއެއްގައި އެކަކު މަރުވުމުގެ އިތުރުން، އެ ސިޓީގެ އެހެން ސަރަހައްދަކަށް ދިން ހަމަލާއެއްގައި އިތުރު ފަލަސްތީނު މީހަކު މަރުވުން ހިމެނެ އެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލު ސިފައިން ވަގުތުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

ވެސްޓް ބޭންކްހަމާސްއިސްލާމިކް ޖިހާދުފަލަސްތީނު-އިސްރާއީލު

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން

27 އޯގަސްޓު 2026
ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
21 އޯގަސްޓު 2026

ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި

21 އޯގަސްޓު 2026
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
21 އޯގަސްޓު 2026

ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމައިފި

21 އޯގަސްޓު 2026
ދެ ދައުލަތުގެ ހައްލު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ބެލެވޭ، ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ އާބާދުވުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިސްރާއީލުން ނިންމައިފި
20 އޯގަސްޓު 2026

ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި

20 އޯގަސްޓު 2026
ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
09 އޯގަސްޓު 2026

އާސާރީ އިލްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަންނަނީ

09 އޯގަސްޓު 2026
އާސާރީ އިލްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަންނަނީ
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް