Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

30 އޯގަސްޓު 2026 | އާދީއްތަ 18:33

އީރާނުން ނަތަންޔާހޫގެ ދަރިއަކު މަރާލަން އުޅޭކަމުގެ އިންޒާރު ލިބުމާ ގުޅިގެން، އެމެރިކާގައި ހުރި ޔައީރު ނަތަންޔާހޫ ޝިން ބެޓުން ވަނީ ސިއްރު އޮޕަރޭޝަނެއްގައި އަނބުރާ އިސްރާއީލަށް ގެންގޮސްފައި. އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން މިފަދަ ރޭވުމެއް ރާވާފައިވާކަމަށް ތުހުމަތުކުރެވޭއިރު، އިސްރާއީލުން ހަނގުރާމައެއްގައި އޮއްވައި ޔައީރު ބޭރުގައި އުޅޭތީ އިސްރާއީލުގެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި

ރާއްޖެ އެމްވީ | 30 އޯގަސްޓު 2026 | އާދީއްތަ 18:33
18 މާރިޗު 2015 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ  އާއި އޭނާގެ ދަރިފުޅު ޔައިރު ނަތަންޔާހޫ، ގުދުސްގައި ހުންނަ "ވޭލިންގް ވޯލް" އަށް ޒިޔާރަތްކުރާ މަންޒަރު

18 މާރިޗު 2015 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދަރިފުޅު ޔައިރު ނަތަންޔާހޫ، ގުދުސްގައި ހުންނަ "ވޭލިންގް ވޯލް" އަށް ޒިޔާރަތްކުރާ މަންޒަރު | ގެޓީ އިމޭޖަސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދޮށީ ދަރިފުޅު ޔައީރު ނަތަންޔާހޫގެ ފުރާނައަށް "ނުރައްކާތެރި އިންޒާރެއް" ލިބުމާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ އިދާރާ ކަމަށްވާ ޝިން ބެޓް އިން އޭނާ ސިއްރުން އެމެރިކާއިން ބޭރުކޮށްފި އެވެ.

މިކަން ހާމަވެފައި މިވަނީ، އީރާނުން އޭނާގެ ދަރިންގެ ތެރެއިން އެކަކު "މަރާލަން މަސައްކަތް ކުރި" ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ ޗެނަލް 14 އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ކޮން ދަރިއެއްކަން ނުވަތަ އެ ރޭވުމުގެ ތަފްސީލެއް އޭރު އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

ޔައީރު ނަތަންޔާހޫއަށް ގެއްލުން ދިނުމަށް ނުރައްކާތެރި ރޭވުމެއް އޮތްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ހާލަތު ވަޒަންކުރުމަށްފަހު، އޭނާއާއި އޭނާގެ ސަލާމަތީ ޓީމު ކުއްލި ގޮތަކަށް އަނބުރާ އިސްރާއީލަށް ގެނައުމަށް ނިންމީ ކަމަށް ޝިން ބެޓް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ކަހަލަ ނުރައްކަލެއް ކަމެއް ނުވަތަ އެ އޮޕަރޭޝަން ހިންގީ ސީދާ ކޮން ތާރީޚެއްގައި ކަމެއް އެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މަސްދަރަކާ ހަވާލާދީ ނިއުސްމެކްސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔައީރާ ދެކޮޅަށް ރާވަމުންދިޔަ ރޭވުމެއް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ފަހުމްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ޝިން ބެޓް އިން ވަނީ އެ ވަގުތު ނިއުޔޯކްގައި އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޮގްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ އެޖެންޓުން އެ މަސައްކަތުން ވަކިކޮށް، ޔައީރު ސަލާމަތްކުރުމުގެ މަސައްކަތަށް ނެރެފަ އެވެ.

އީރާނުގެ އެޖެންޓުން ޔައީރު ދިރިއުޅޭ ތަނާއި އޭނާގެ ހަރަކާތްތައް މޮނިޓަރު ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވެ އެވެ. އެމެރިކާގައި އަރާމު ދިރިއުޅުމެއް އުޅެމުންދިޔަ ޔައީރަށް، އޭނާގެ އަމިއްލަ ސާމާނުތައްވެސް ގެންދަން ފުރުސަތު ނުލިބި، ވަގުތުން އެ ގައުމުން ފުރައިގެން އިސްރާއީލަށް ދިއުމަށް ވަނީ އަމުރުކޮށްފަ އެވެ.

ޔައީރު ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުން އިސްރާއީލުގެ އާންމުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލުގެ އެތައް ލައްކަ ރިޒާވް ސިފައިންނެއް ޣައްޒާގެ ހަނގުރާމައަށް ނެރެފައިވާއިރު، އޭނާ ގައުމުން ބޭރުގައި ހުރުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

މީގެ އިތުރުން، މިދިޔަ ޖުލައި މަހު ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ އާއި އެ ދެމަފިރިންގެ ދެ ދަރިންނަށް ދައުލަތުގެ ޚަރަދުގައި ދޭ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ގުޅިގެން، އާންމުންގެ މެދުގައާއި ސިޔާސީ ދާއިރާގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި، ނަތަންޔާހޫގެ ކޯލިޝަނަށް އިންތިޚާބުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ. މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ތެހެރާނަށް ދިން ހަމަލާތަކެއްގައި، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ހަތަރު މެންބަރަކު އަވަހާރަކޮށްލުމާއެކުގަ އެވެ. އޭގެ ތެރޭގައި ޚާމަނާއީގެ ދަރިކަނބަލުން ބުޝްރާ އާއި 14 މަހުގެ ކާފަ ދަރިފުޅު ޒަހްރާ ހިމެނެ އެވެ.

ޚާމަނާއީ އަވަހާރަވިތާ ހަފުތާއެއް ފަހުން އީރާނުގެ އާ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތް އޭނާގެ ދަރިކަލުން މުޖްތަބާ ވަނީ، ބައްޕާފުޅުގެ މަރަށް "ބަދަލު ހިފާނެ" ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް، ނަތަންޔާހޫގެ ދަރިފުޅު މަރާލަން އުޅުނު ކަމަށް ބުނާ މައްސަލާގައި ތެހެރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބެންޖަމިން ނަތަންޔާހޫޔައީރު ނަތަންޔާހޫއީރާން-އިސްރާއީލު

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
28 އޯގަސްޓު 2026

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
27 އޯގަސްޓު 2026

ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން

27 އޯގަސްޓު 2026
ނަތަންޔާހޫ: ހުޅަނގު އައްސޭރީއަކީ އިސްރާއީލުގެ އަމިއްލަ ބިން
27 އޯގަސްޓު 2026

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026
އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
24 އޯގަސްޓު 2026

އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު

24 އޯގަސްޓު 2026
އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
20 އޯގަސްޓު 2026

ހުޅަނގުގެ ތާއީދު ހޯދަން އިސްރާއީލުން ބޭނުންކުރަނީ އިސްލާމްދީނަށް ނަފްރަތު އުފެއްދުމުގެ ސިޔާސަތު

20 އޯގަސްޓު 2026
ހުޅަނގުގެ ތާއީދު ހޯދަން އިސްރާއީލުން ބޭނުންކުރަނީ އިސްލާމްދީނަށް ނަފްރަތު އުފެއްދުމުގެ ސިޔާސަތު
20 އޯގަސްޓު 2026

ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި

20 އޯގަސްޓު 2026
ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް ކަމެއް ކުރާނީ ހަމާސްގެ ހަތިޔާރު މުޅިން އަތުލުމުން ކަމަށް އިސްރާއީލުން ބުނެފި
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް