Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާާން ހަނގުރާމަ

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026 | ބުދަ 10:37

ޓްރަމްޕް އާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގެ ތަފުސީލު ހިއްސާ ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ، އީރާން އާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް. ނަމަވެސް، އީރާންގެ މިހާރުގެ ވެރިކަމުގައި ތިބި "ނުލަފާ" ގުރޫޕް އާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި، އެފަދަ އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކު ވެސް ނުދާނެ ކަމަށް ޓްރަމްޕް އަރިހުގައި ދެންނެވި ކަމަށް ނަތަންޔާހޫ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2026 | ބުދަ 10:37
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އީރާންގެ ވެރިންނަކީ "ނުލަފާ ބައެއްގެ" ގޮތުގައި ސިފަކުރައްވައި، އެ ޤައުމާއެކު ސިޔާސީ އެއްވެސް އެއްބަސްވުމަކަށް ވަޑައިނުގަންނަވާނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ އިސްރާއީލް އާބާދީއެއްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާންއާ ދެކޮޅަށް ފަށްޓަވާފައިވާ އިޤްތިސާދީ ފިއްތުންތަކުގެ ކެމްޕެއިން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި އެވެ.

ޓްރަމްޕް އާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގެ ތަފުސީލު ހިއްސާ ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ، އީރާން އާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް، އީރާންގެ މިހާރުގެ ވެރިކަމުގައި ތިބި "ނުލަފާ" ގުރޫޕް އާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި، އެފަދަ އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކު ވެސް ނުދާނެ ކަމަށް ޓްރަމްޕް އަރިހުގައި ދެންނެވި ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އީރާން އާއެކު ސިޔާސީ ގޮތުން މުއާމަލާތް ކުރުމަކީ ނަތަންޔާހޫ އަބަދު ވެސް ދެކޮޅު ހައްދަވާ ކަމެކެވެ. އެގޮތުން 2015 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އީރާން އާއެކު އެކުލަވާލި ނިއުކްލިއަރ އެއްބަސްވުމާ ދެކޮޅަށް ވެސް އޭނާ ވަނީ ފާޅުގައި މަސައްކަތް ކުރައްވާފައި އެވެ. ނަމަވެސް، ޓްރަމްޕް އީރާން އާއެކު މަޝްވަރާގެ މަގު އިޚުތިޔާރު ކުރައްވަން އުޅުއްވި ދުވަސްވަރު، ޓްރަމްޕް އަށް ފާޑު ވިދާޅުނުވުމަށް ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހު ކޮޅު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާން އަށް ހަމަލާތަކެއް ދީފައިވީ ނަމަވެސް، އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލު ހުރިގޮތުންނާއި ތެލުގެ އަގު އިންތިހާ އަށް އުފުލުމާ ގުޅިގެން، އޭޕްރީލް މަހު ޓްރަމްޕް ވަނީ ހަމަލާ ބަދަލު ލކުރުން ހުއްޓާލުމަށް އެއްބަސްވެ ވަޑައިގެންފައި އެވެ. އެހެން ނަމަވެސް، އީރާން އިން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވުމުން ޓްރަމްޕް ވަނީ މިދިޔަ ހޯމަ ދުވަހު "އިޤްތިސާދީ ޑީ-ޑޭ" އިއުލާނު ކުރައްވައި، އީރާންގެ އިޤްތިސާދު އިނދަޖައްސާލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައި އެވެ.

ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕް އިޚުތިޔާރު ކުރެއްވި މި ތިންވަނަ ގޮތަކީ ވަރަށް ވަރުގަދަ އަދި މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ހަމައެކަނި އީރާން އަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި، އެ ޤައުމުގެ "ނުލަފާ ޑިކްޓޭޓާޝިޕް އަށް" އެހީތެރިވާ ހުރިހާ ފަރާތްތަކެއް ހިސާރު ކުރުމަށް ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އިން އިސްރާއީލްއާ ދެކޮޅު ހަތިޔާރު އެޅި ޖަމާއަތްތައް ކަމަށްވާ ހިޒްބުالله އާއި ހަމާސް އަށް އެހީތެރިކަން ފޯރުކޮށްދޭތީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމަށް ނަތަންޔާހޫ ބާރު އަޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ. 

އީރާން ހަނގުރާމަޣައްޒާ ހަނގުރާމަބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
25 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް

25 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް
25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
25 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް

25 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް