Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026 | އާދީއްތަ 10:38

އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރުތައް ލިބެމުންދާއިރު، އެ ގައުމު އިގްތިސާދީ ގޮތުން އެކަހެރިކުރުމަށްޓަކައި "އިކޮނޮމިކް ޑީ-ޑޭ" ގެ ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ބޭރުގެ ގިނަ ކުންފުނިތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ގައުމުގެ އިންފްރާސްޓްރަކްޗާ ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2026 | އާދީއްތަ 10:38
އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، 2026 މާރިޗު 1 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން ބޯ ދުންތައް އަރަމުންދަނީ

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، 2026 މާރިޗު 1 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން ބޯ ދުންތައް އަރަމުންދަނީ | ގެޓީ އިމޭޖަސް

އީރާނާއެކު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ނުލިބި މަރުތަޅު އެޅިފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް އެމެރިކާގެ ރައީސްގެ ކުރީގެ ކައުންޓަރ ޓެރަރިޒަމް އެޑްވައިޒަރު ޖޯ ކެންޓް ވިދާޅުވެއްޖެ އެވެ. ޕޮޑްކާސްޓް ހޯސްޓް ޓަކާ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި ކެންޓް ވިދާޅުވީ، އާދައިގެ ހަތިޔާރު ބޭނުންކޮށްގެން އީރާނުގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ވޮޝިންޓަނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ތެހެރާނުން އެއްބަސްނުވެއްޖެ ނަމަ، އީރާނުގެ މުޅި ހަޟާރަތް ނެތިގޮސްދާނެ ކަމަށް ބުނެ އިންޒާރު ދެއްވާފަ އެވެ. އޭގެ ފަހުން ވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް މިފަދަ އިންޒާރުތައް ދެއްވައި، އެމެރިކާގެ އަސްކަރިއްޔާއަށް އީރާނުގެ އާންމު އިންފްރާސްޓްރަކްޗާ، އޭގެ ތެރޭގައި އިންޖީނުގެތަކާއި ފާލަންތައް ފަދަ ތަންތަން އެއްކޮށް ސުންނާފަތިކޮށްލެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ހުކުރު ދުވަހު ކާލްސަންގެ ޝޯގައި ވާހަކަދައްކަވަމުން ކެންޓް ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށެވެ. އަދި މިހާރު އުފެދިފައިވާ ހާލަތުގައި، ހާއްސަކޮށް ޓްރަމްޕްގެ ސަރުކާރުން މި މައްސަލައިން ސަލާމަތްވާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ކަމެއް ނުހިނގާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އީރާނާއެކު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާގެ އަސްކަރީ އަދި އިގްތިސާދީ ހުރިހާ ބާރެއް ބޭނުންކުރި ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވާ އަދި ދޭތެރެ ދޭތެރެއިން ބަދަލުވަމުންދާ އެއްވެސް މަގްސަދެއް ހާސިލުކުރެވިފައި ނުވާކަން ކެންޓް ފާހަގަކުރެއްވި އެވެ.

ކެންޓް ވިދާޅުވި ގޮތުގައި، އީރާނުގެ ވެރިކަން ވައްޓާލައި، އެ ގައުމު އެއްކޮށް "އަމާންދޭން" މަޖުބޫރުކުރުވުމަށް ވޮޝިންޓަނުން އަދިވެސް ބޭނުންވާ ނަމަ، ޓްރަމްޕަށް އޮތީ އެންމެ ދެ ގޮތެކެވެ. އެއީ އެއްގަމު މަގުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގުން ނުވަތަ ނިއުކްލިއާ ހަމަލާއެއް ދިނުމެވެ.

ނަމަވެސް، އީރާނުގެ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާއިރު، އެއްގަމު މަގުން ހަމަލާދިނުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކެންޓް ކާލްސަން ގާތު ވިދާޅުވި އެވެ.

"މި ހާލަތު ދިގުލައިގެންދާ ނަމަ، ވަރަށް އަވަހަށް ފަނާކުރަނިވި ބޮޑެތި ހަތިޔާރު (ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން) ބޭނުންކުރުމާ ހަމައަށް ދާނެ،" ކެންޓް ދައުވާކުރެއްވި އެވެ. އޭނާ ލަފާކުރެއްވި ގޮތުގައި، އީރާނުގެ ފަރުބަދަ މަތީ ސަރަހައްދުތަކުގައި ބިމުގެ އަޑީގައި ހަދާފައިވާ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތަކަށް އަމާޒުކޮށް، އެމެރިކާއިން ވަކި މިންވަރެއްގެ ނިއުކްލިއާ ހަމަލާއެއް ދިނުމުގެ އިހުތިޔާރު ބޭނުންކޮށްފާނެ އެވެ.

އީރާނަށް ދޭން ރާވާފައިވާ އެންމެ ފަހުގެ ހަމަލާތައް މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާއިން ކުއްލި ގޮތަކަށް ހުއްޓާލާފައިވަނީ، ޕެންޓަގަންގެ އަތުގައި ހުރި ޒަމާނީ ހަތިޔާރާއި މިސައިލް ހުއްޓުވާ އިންޓަސެޕްޓަރުތަކުގެ ސްޓޮކް ހުސްވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، ރައީސް ޓްރަމްޕާއި އެމެރިކާ ސަރުކާރުގެ އިސް ބައެއް ވެރިން ވަނީ ހަތިޔާރު ހުސްވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކުރައްވާފަ އެވެ. އަދި ޕެންޓަގަންގެ އަތުގައި ބޭނުންވާ ވަރަށް ހަތިޔާރު އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެހެންނަމަވެސް، އެމެރިކާގެ އުސޫލުތަކަށް ބަދަލުތަކެއް އައިސްފައިވާކަން ހާމަކުރައްވަމުން، ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އީރާނާ ދެކޮޅަށް "އިގްތިސާދީ ގޮތުން ފުނޑާލުމުގެ އޮޕަރޭޝަނެއް" ފައްޓަވާފައިވާކަން އިއުލާން ކުރައްވާފަ އެވެ. މި އޮޕަރޭޝަނަށް އޭނާ ދެއްވާފައިވާ ނަމަކީ "އިކޮނޮމިކް ޑީ-ޑޭ" އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ތެހެރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާން ކުރައްވާފަ އެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ތަފާތު ގައުމުތަކަށް ނިސްބަތްވާ 60 އެއްހާ ކުންފުންޏާއި، ފަރުދުންނާއި، އުޅަނދުފަހަރަށެވެ. މީގެ ތެރޭގައި ޗައިނާއަށް ނިސްބަތްވާ 21 ފަރާތެއް ހިމެނެ އެވެ.

ސެކްރެޓަރީ ބެސެންޓް ވިދާޅުވި ގޮތުގައި، އެމެރިކާގެ މަގްސަދަކީ އީރާނާއެކު އޮންނަ އިގްތިސާދީ ގުޅުންތައް ކަނޑާލުމަށް ދެކޮޅުހަދާ ގައުމުތަކަށް އަދަބުދީ، އީރާނަކީ އިގްތިސާދީ ގޮތުން އެކަހެރިވެފައިވާ ގައުމަކަށް ހެދުމެވެ.

އީރާން-އެމެރިކާޖޯ ކެންޓްނިއުކްލިއަރ ހަތިޔާރުއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް

30 އޯގަސްޓު 2026
އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
30 އޯގަސްޓު 2026

މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް

30 އޯގަސްޓު 2026
މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް
29 އޯގަސްޓު 2026

ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި

29 އޯގަސްޓު 2026
ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި
29 އޯގަސްޓު 2026

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

29 އޯގަސްޓު 2026
އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި
29 އޯގަސްޓު 2026

އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟

29 އޯގަސްޓު 2026
އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟
29 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ

29 އޯގަސްޓު 2026
އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ
29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
28 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ ސަބަބުން ވިލާތުގައި ހުރި އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް "ނުރައްކާތެރި މިންވަރަކަށް" މަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލަކާއި ނޭޓޯގެ އޮފިޝަލަކު އިއުތިރާފުވެއްޖެ

28 އޯގަސްޓު 2026
އީރާން ހަނގުރާމައިގެ ސަބަބުން ވިލާތުގައި ހުރި އެމެރިކާގެ "ޕެޓްރިއަޓް" މިސައިލް އިންޓަސެޕްޓަރުތައް "ނުރައްކާތެރި މިންވަރަކަށް" މަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލަކާއި ނޭޓޯގެ އޮފިޝަލަކު އިއުތިރާފުވެއްޖެ
28 އޯގަސްޓު 2026

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

28 އޯގަސްޓު 2026
އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ
28 އޯގަސްޓު 2026

ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް

28 އޯގަސްޓު 2026
ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް، ދަތިކުރުމުގެ ތެރޭގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް