Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 04:49

ސޯމޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ބައިނަރީ ސްޓަރ" ނަމަކަށް ކިޔާ ތެލާއި ކެމިކަލް އުފުލާ ޓޭންކަރާއެކު އެއްވެސް ކަހަލަ ވިޔަފާރީގެ ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ހިންގާ މުއާމަލާތެއް ނޯންނާނެ ކަމަށް. އަދި އެ އުޅަނދުގެ ވެރިފަރާތާއި ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތާއެކު ވެސް އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 04:49
ތެޔޮ އުފުލުމުގެ މަސައްކަތް ކުރާ އުޅަނދުތަކެއް

ތެޔޮ އުފުލުމުގެ މަސައްކަތް ކުރާ އުޅަނދުތަކެއް | ރޮއިޓާސް

އީރާންގެ ތެލުގެ އުފެއްދުންތައް އުފުލުމުގައި ހަރަކާތްތެރިވާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް، އިރާގުގެ ދައުލަތުގެ ތެޔޮ ކުންފުނި، ސްޓޭޓް އޯގަނައިޒޭޝަން ފޯރ މާކެޓިން އޮފް އޮއިލް (ސޯމޯ) އިން ބުނެފި އެވެ.

ސޯމޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ބައިނަރީ ސްޓާރ" ނަމަކަށް ކިޔާ ތެލާއި ކެމިކަލް އުފުލާ ޓޭންކަރާއެކު އެއްވެސް ކަހަލަ ވިޔަފާރީގެ ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ހިންގާ މުއާމަލާތެއް ނޯންނާނެ ކަމަށެވެ. އަދި އެ އުޅަނދުގެ ވެރިފަރާތާއި ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތާއެކު ވެސް އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

Advertisement - worldAdvertisement

ބައިނަރީ ސްޓާރ އަކީ އީރާންގެ ތެލާއި ތާރު (ބިޓުމަން) ގަލްފުގެ ސަރަހައްދުގައި އުފުލާ ކަމަށް ތުހުމަތުކޮށް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ. މި އުޅަނދަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފަށް އީރާންގެ ތެޔޮ އެކި ޤައުމުތަކަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

އިރާގުގެ ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ އުޅަނދުތަކާ ގުޅޭ ގޮތުން ސޯމޯ އިން ބުނީ، އެ ޤައުމުގެ ތެޔޮ އުފުލުމަށް ހަމަޖައްސާ ހުރިހާ އުޅަނދަކީ ބައިނަލްއަޤުވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އުޅަނދުތަކެއްތޯ ވަރަށް ބޮޑަށް ބަލާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓެއްގައި ހިމެނޭ އެއްވެސް އުޅަނދަކަށް، އިރާގުގެ ތެޔޮ އުފުލުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން، އިރާގުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް އެ ކުންފުނިން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ސޯމޯ އިން ބުންޏެވެ. މީގެ ތެރޭގައި އުޅަނދުތަކުގެ ލޮކޭޝަން ޑޭޓާ އާއި އައިޑެންޓިފިކޭޝަން ސިގްނަލްތަކަށް ބަދަލު ގެނެސްގެން އޮޅުވާލަން މަސައްކަތް ކުރޭތޯ ބެލުން ވެސް ހިމެނެ އެވެ.

ސޯމޯ އިން އިތުރަށް ތަފްސީލު ކޮށްދިން ގޮތުގައި، އުޅަނދެއް އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮތުމަކީ، ނުވަތަ އުޅަނދުތައް ޓްރެކްކުރާ ސިސްޓަމަކުން އެ އުޅަނދެއް ފެނުމަކީ، އެ އުޅަނދަކާ ސޯމޯއާ ދެމެދު ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނޫން ކަމަށެވެ.

އެ ކުންފުނިން މިކަން ސާފުކޮށްދީފައި މިވަނީ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތަކުން އިރާގުގެ ނަން ބޭނުން ކޮށްގެން، ނުވަތަ އެ ސަރަހައްދުގެ ބޭނުން ހިފައިގެން ޤަވާއިދާ ޚިލާފު މުއާމަލާތްތައް ހިންގައިފާނެތީ، އެކަމާ ސަމާލުވުމުގެ ގޮތުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާންއިރާގު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ޓްރަމްޕް: އީރާން "މަރުވެއްޖެ"

31 އޯގަސްޓު 2026
ޓްރަމްޕް: އީރާން "މަރުވެއްޖެ"
31 އޯގަސްޓު 2026

އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި

31 އޯގަސްޓު 2026
އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
31 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި

31 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި
31 އޯގަސްޓު 2026

މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި

31 އޯގަސްޓު 2026
މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި
30 އޯގަސްޓު 2026

އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ
30 އޯގަސްޓު 2026

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026
އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި
30 އޯގަސްޓު 2026

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026
"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"
30 އޯގަސްޓު 2026

އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް

30 އޯގަސްޓު 2026
އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
30 އޯގަސްޓު 2026

މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް

30 އޯގަސްޓު 2026
މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް