Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި

31 އޯގަސްޓު 2026 | ހޯމަ 04:29

މި ހަމަލާއާ ގުޅިގެން އީރާންގެ އައިއާރުޖީސީ އިން ބުނީ، ލާރަކް އައިލެންޑަށް ދިން ހަމަލާގައި އީރާންގެ ސިފައިންނާއި އާންމުންގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އީރާން އިން ހާމަކޮށްފައި ނުވޭ. އީރާން އިން ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމަށާއި މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ އިންޒާރު ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2026 | ހޯމަ 04:29
އެމެރިކާ އިން އީރާާން އަށް ދިން ހަމަލާގެ ތެރެއިން

އެމެރިކާ އިން އީރާާން އަށް ދިން ހަމަލާގެ ތެރެއިން | ސޯޝަލް މީޑިއާ

ހުރްމުޒް ކަނޑުއޮޅީގައި ކަނޑު އަޑީގެ މައިން ހަރުކުރުމަށް އީރާން އިން ތައްޔާރުވަމުންދާ ކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާންގެ ލާރަކް އައިލެންޑަށް ވަރުގަދަ ހަމަލާތަކެއް އާދިއްތަ ދުވަހު ދީފި އެވެ.

އެމެރިކާގެ އޮފިޝަލަކު އަލް އަރަބިއްޔާ އިންގްލިޝް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހުރްމުޒް ކަނޑުއޮޅި އަށް މައިން އުކުމަށް ބޭނުންކުރާ އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ދެ ލޯންޗަރަކަށް ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި ހުރި މައިންތައް ސާފު ކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފަ އެވެ. އެމެރިކާގެ އޮފިޝަލު އިތުރަށް ވިދާޅުވީ، އެ ސަރަހައްދު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ދުނިޔޭގެ ވިޔަފާރީގެ މުހިންމު މި މަގުން މުދާ އުފުލުމަށް ހުރަސްއެޅޭ ކޮންމެ ކަމަކުން ދިފާއުވުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އީރާންގެ އައިއާރުޖީސީ އިން ބުނީ، ލާރަކް އައިލެންޑަށް ދިން ހަމަލާގައި އީރާންގެ ސިފައިންނާއި އާންމުންގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދެއް އީރާން އިން ހާމަކޮށްފައި ނުވެ އެވެ. އީރާން އިން ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމަށާއި މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

އީރާންގެ ލާރަކް އައިލެންޑަށް އެމެރިކާ އިން ދިން ހަމަލާގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ހުރްމުޒް ކަނޑުއޮޅީގެ ބައިނަލްއަޤުވާމީ ސަރަހައްދުގައި ހުރި ހުރިހާ މައިންތަކެއް މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އަދި އަލުން މައިން ހަރުކުރަން އުޅޭ ކޮންމެ އުޅަނދެއް ސުންނާފަތިކޮށްލައްވާނެ ކަމުގެ އިންޒާރު އީރާން އަށް ދެއްވާފައިވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ ފަހުން އެމެރިކާ އިން އީރާން އަށް ދިން ފުރަތަމަ ހަމަލާ އަކީ މިއީ އެވެ. ފާއިތުވި ހަފުތާ ތަކުގައި ހަނގުރާމަ ވަނީ ވަކި ކޮޅަކަށް ނުނިމި މަޑުޖެހުމަކަށް އައިސްފަ އެވެ. މި ދަނޑިވަޅުގައި އެމެރިކާ އިން ވަނީ އީރާން އަށް އެހީތެރިވާ ޤައުމުތަކާ ދެކޮޅަށް ވަރުގަދަ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި ހަނގުރާމަ ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް އިން އީރާން އަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ އިސްރާއީލް އާއި އަވަށްޓެރި ޤައުމުތަކަށް ހަމަލާދީފަ އެވެ. މިހާރު ހަ މަސް ދުވަސްވެފައިވާ މި ހަނގުރާމައިގައި އެމެރިކާގެ 18 ސިފައިން މަރުވެފައިވާއިރު، އިސްރާއީލް އާއި އެމެރިކާ އިން އީރާން އާއި ލުބުނާން އަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ، މިލިއަނުން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައިވާއިރު، މިއީ މުޅި ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ އެންމެ މުހިންމު މަގެވެ. މި މަގު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ
30 އޯގަސްޓު 2026

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026
އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި
30 އޯގަސްޓު 2026

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

30 އޯގަސްޓު 2026
"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"
30 އޯގަސްޓު 2026

އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް

30 އޯގަސްޓު 2026
އީރާން-އެމެރިކާ ހަނގުރާމައިން އަރަބި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް
30 އޯގަސްޓު 2026

މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް

30 އޯގަސްޓު 2026
މުޖުތަބާ ޚާމަނާއީ ގަލްފުގެ ޤައުމުތަކަށް ގޮވައިލެއްވީ، ހަގީގީ ދުޝްމަނުން ދެނެގަތުމަށް
29 އޯގަސްޓު 2026

ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި

29 އޯގަސްޓު 2026
ކުރުދިސްތާނުގައި ދިން ޑްރޯން ހަމަލާތަކަށް ފަހު ތެޔޮ އުފެއްދުން އަލުން ފަށައިފި
29 އޯގަސްޓު 2026

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

29 އޯގަސްޓު 2026
އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި
29 އޯގަސްޓު 2026

އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟

29 އޯގަސްޓު 2026
އީރާނުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމައަށް 6 މަސް - އެމެރިކާއާއި އިސްރާއީލަށް ނެރެވުނީ ކޮން ނަތީޖާއެއް؟
29 އޯގަސްޓު 2026

އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ

29 އޯގަސްޓު 2026
އީރާން ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި ކަނޑުފޭރުން އިތުރުވަނީ
29 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް

29 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ އަދި ނިހާއީ ކޮންޓްރޯލް އެބައޮތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް