Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން

1 ސެޕްޓެމްބަރު 2026 | އަންގާރަ 06:24

ބަޣާއީ ވިދާޅުވީ އެމެރިކާ އިން އަންގާ ގޮތަށް ކަންކަން ކުރަމުން ޔޫރަޕުން "ސްޓްރެޓީޖިކް އޮޓޮނޮމީ" ނުވަތަ އިސްތިރާތީޖީ މިނިވަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 06:24
އީރާންގެ ފޮރިން މިނިސްޓްރީގެ ނައިބު އިސްމާއީލް ބަޣާއީ

އީރާންގެ ފޮރިން މިނިސްޓްރީގެ ނައިބު އިސްމާއީލް ބަޣާއީ | ގެޓީ އިމޭޖަސް

ޔޫރަޕް އަކީ މިނިވަން އަދި އަމިއްލަ އިސްތިގުލާލެއް އޮތް ބައެއްގެ ގޮތުގައި ދެއްކެން އޮތީ އެމެރިކާގެ ނުފޫޒުން އެއްކިބާވެގެން ކަމަށާއި އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން ޔޫރަޕަށް އެ މިނިވަންކަމުގައި ނޯވެވޭނެ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމަށް މަގުފަހިކޮށްދޭ ފަރާތްތަކާ ގުޅޭ ގޮތުން ފްރެންޗް ފިލޯސަފަރު އެޓިއެން ޑި ލަ ބޮއެޓީގެ "ޑިސްކޯސް ޑި ލަ ސާވިޓިއުޑް ވޮލަންޓިއާ" ގައި ބަޔާންކޮށްފައިވާ ފަދައިން، ބާރުގެ ބޭނުންކޮށްގެން އެކަނި ނުފޫޒު ފޯރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ އަށް ކަންކަން ނިންމުމުގެ ޤާބިލުކަން ހުރި ފަރާތްތަކުން އަޅުވެތިކަމަށް އިސްކަންދޭ ނަމަ، އެ ނުފޫޒު ދެމި އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

ބަޣާއީ ވިދާޅުވީ، އެމެރިކާ އިން އަންގާ ގޮތަށް ކަންކަން ކުރަމުން، ޔޫރަޕުން "ސްޓްރެޓީޖިކް އޮޓޮނޮމީ" ނުވަތަ އިސްތިރާތީޖީ މިނިވަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށެވެ. އިސްތިރާތީޖީ މިނިވަންކަމަކީ ހަމައެކަނި ބޮޑެތި ބަޔާންތަކަކުން ހާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހާސިލު ކުރެވޭނީ ބޮޑެތި ބާރުތަކުގެ ނިންމުންތަކާ ތަފާތުވި ނަމަވެސް، އަމިއްލަ އަށް ޒިންމާދާރުކަމާއެކު ގޮތް ނިންމުމުގެ ޤާބިލުކަން ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ޔޫރަޕުން މިހާރު ގޮތެއް ނިންމަން ޖެހިފައިވާ ކަމަށެވެ. އެއީ މިނިވަން ފަރާތެއްގެ ގޮތުގައި އަމަލުކުރުން ނުވަތަ އެހެން ބައެއްގެ ސިޔާސަތުތައް ތަކުރާރުކޮށް ކޮޕީ ކުރުމަށް އާދަވެ، އެއީ މިނިވަންކަން ކަމަށް ހީކޮށްގެން ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން އިން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ހިނގާ ބޮޑެތި ކަންކަމުގައި ޔޫރަޕުގެ ޤައުމުތަކުން އެމެރިކާގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެމެރިކާގެ ނުފޫޒުގެ ދަށުން އަމަލު ކުރަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާން ހަނގުރާމައީރާން-އެމެރިކާއިސްމާއީލް ބަޣާއީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު

01 ސެޕްޓެމްބަރު 2026
އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު
01 ސެޕްޓެމްބަރު 2026

އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން

01 ސެޕްޓެމްބަރު 2026
އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން
01 ސެޕްޓެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

01 ސެޕްޓެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި
31 އޯގަސްޓު 2026

ޓްރަމްޕް: އީރާން "މަރުވެއްޖެ"

31 އޯގަސްޓު 2026
ޓްރަމްޕް: އީރާން "މަރުވެއްޖެ"
31 އޯގަސްޓު 2026

އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި

31 އޯގަސްޓު 2026
އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
31 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި

31 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އެމެރިކާގެ އެމްކިއު-9 ޑްރޯނެއް އީރާން އިން ވައްޓާލައިފި
31 އޯގަސްޓު 2026

މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި

31 އޯގަސްޓު 2026
މައިން ހަރުކުރުމަށް އީރާން އިން އުޅޭ ކަމަށް ބުނެ، އެމެރިކާ އިން ހަމަލާދީފި
30 އޯގަސްޓު 2026

އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ

30 އޯގަސްޓު 2026
އީރާނުގެ ކަނޑުގެ ސިފައިންގެ ފައުޖަކީ "ދިރިހުރި، ވަރުގަދަ" ފައުޖެއް ކަމަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް