Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރައިޓަން

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

2 ޖޫން 2026 | އަންގާރަ 05:08

އުމުރުން 40 އަހަރުގެ މިލްނާ އެކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ސޯޝަލް މީޑިއާގަ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު، މިލްނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ޖުމުލަ 658 މެޗު ކުޅެފައި. މި ރެކޯޑު މިލްނާ ހެދީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ބްރައިޓަން އިން ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 05:08
ބްރައިޓަން އަށް ކުޅެމުން އައި ޖޭމްސް މިލްނާ.

ބްރައިޓަން އަށް ކުޅެމުން އައި ޖޭމްސް މިލްނާ. | ރޮއިޓާސް

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް، ބްރައިޓަން އަށް ކުޅެމުން އައި އިންގްލެންޑުގެ ޖޭމްސް މިލްނާ އިއުލާން ކޮށްފި އެވެ. 

އުމުރުން 40 އަހަރުގެ މިލްނާ އެކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ސޯޝަލް މީޑިއާގަ އެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު، މިލްނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ޖުމުލަ 658 މެޗު ކުޅެފަ އެވެ. މި ރެކޯޑު މިލްނާ ހެދީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ބްރައިޓަން އިން ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. 

މިލްނާގެ ކުރިން މި ރެކޯޑު އޮތީ ގަރެތު ބެރީގެ އަތުގަ އެވެ. ނަމަވެސް، މިހާރު މިލްނާ ވަނީ ބެރީ އަށް ވުރެ ފަސް މެޗު އިތުރަށް ކުޅެފަ އެވެ. ބެރީ ކުޅެފައި ވަނީ 653 މެޗެވެ.  

މިލްނާ ވަނީ އޭނާގެ ކެރިއަރުގައި ލީޑްސް ޔުނައިޓެޑު، ނިއުކާސަލް ޔުނައިޓެޑު، އެސްޓަން ވިލާ، މެންޗެސްޓަރ ސިޓީ، ލިވަޕޫލް އަދި ބްރައިޓަން އަށް ކުޅެފަ އެވެ. އެކި ކުލަބު ތަކާ އެކު ޕްރިމިއާ ލީގުގައި 24 ސީޒަން ހޭދަ ކުރުމަށް ފަހު މިލްނާ ބުނީ، މިއީ އޭނާގެ ކެރިއަރު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. 

ކުޅުން ހުއްޓާލުން އިއުލާން ކުރަމުން މިލްނާ ބުނީ އެންމެ ކުޑައިރު ސަޕޯޓު ކުރި ލީޑްސް ޔުނައިޓެޑުގައި އުމުރުން 16 އަހަރުގައި ކުޅުމާއި، ޕްރިމިއާ ލީގުގައި އެންމެ ޒުވާން އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުން ފެށިގެން މިހާތަނަށް އޭނާ ކޮށްފައިވާ ދަތުރަކީ ހުވަފެނުގައި ވެސް ނުފެންނަ ދަތުރެއް ކަމަށެވެ. ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ފައި ނަގާލަން ވެސް ނުކެރިފައި ހުއްޓާ އަލުން އެނބުރި އައިސް އުމުރުް 40 އަހަރުގައި ދެ ވަނަ ފަހަރަށް ބްރައިޓަން ޔޫރަޕަށް ކޮލިފައި ކޮށްދިނުމުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިލްނާ ވަނީ އޭނާގެ ކެރިއަރުގައި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއީ ސިޓީ އާއެކު ދެ ފަހަރު އަދި ލިވަޕޫލް އާއެކު އެއް ފަހަރު އެވެ. އޭގެ އިތުރުން އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން، އެފްއޭ ކަޕް ދެ ފަހަރު އަދި ކަރަބޯ ކަޕް ވެސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ހަމަ އެހެންމެ މިލްނާ ވަނީ އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. 

މިލާން ވަނީ އިނގިރޭސިވިލާތުގެ ޤައުމީ ޓީމަށް 61 މެޗު ކުޅެދީފަ އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ ހަތް އަހަރު ވަންދެން ކުޅެދީފަ އެވެ. ޤައުމީ ޓީމާ އެކު 2010 ވަނަ އަހަރާއި، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކުޅުނުއިރު، 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ކުޅެފައިވެ އެވެ. 

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން އިއުލާން ކުރަމުން މިލްނާ ވަނީ، އޭނާ އަށް އިރުޝާދު ދިން ކޯޗުންނާއި، އޭނާ އާއެކު ޓީމު ތަކުގައި ކުޅެފައިވާ ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. ފުޓުބޯޅަ އިން ހޯދުނު ހުރިހާ ކާމިޔާބަކަށް ޝުކުރުވެރިވާކަން ފާހަގަކޮށް މިލްނާ ބުނީ، އެންމެ ބޮޑަށް ހަނދާން ވާނީ ކުޅިވަރުން ލިބުނު ރަޙުމަތްތެރިންގެ މަތުން ކަަމަށެވެ. 

ޖޭމްސް މިލްނާމެންޗެސްޓަރ ސިޓީލިވަޕޫލްބްރައިޓަންއިނގިރޭސި ޕްރިމިއަރ ލީގު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

31 މެއި 2026

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026
ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި
27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
26 މެއި 2026

10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!

26 މެއި 2026
10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!
25 މެއި 2026

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

25 މެއި 2026
ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް
25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
20 މެއި 2026

ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ

20 މެއި 2026
ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ
20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
19 މެއި 2026

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް
18 މެއި 2026

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

18 މެއި 2026
އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް