Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

20 އަހަރުގެ ކާމިޔާބު ކެރިއަރަށް ފަހު އެންތަނީ ޓޭލާ ރިޓަޔާކޮށްފި

20 އަހަރުގެ ކާމިޔާބު ކެރިއަރަކަށް ފަހު ޓޭލާ ރިޓަޔާ ކުރިއިރު، އޭނާ އެންމެ ފަހުން ރެފްރީކަން ކުރި މެޗަކީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލު ކުރި މެޗު. ޓޭލާގެ ކެރިއަރުގައި އޭނާ ވަނީ ޖުމުލަ 831 މެޗުގައި ރެފްރީކަން ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2026 | ބުދަ 05:53
ތަޖުރިބާކާރު ރެފްރީ އެންތަނީ ޓޭލާ

ތަޖުރިބާކާރު ރެފްރީ އެންތަނީ ޓޭލާ | ރޮއިޓާސް

ދުނިޔޭޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ތަޖުރިބާކާރު އެއް ރެފްރީ ކަމަށްވާ، އެންތަނީ ޓޭލާ ރެފްރީކަން ކުރުމުން ރިޓަޔާކޮށްފި އެވެ.

20 އަހަރުގެ ކާމިޔާބު ކެރިއަރަކަށް ފަހު ޓޭލާ ރިޓަޔާ ކުރިއިރު، އޭނާ އެންމެ ފަހުން ރެފްރީކަން ކުރި މެޗަކީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލު ކުރި މެޗެވެ. ޓޭލާގެ ކެރިއަރުގައި އޭނާ ވަނީ ޖުމުލަ 831 މެޗުގައި ރެފްރީކަން ކޮށްފައި އެވެ. 

ރެފްރީ ކަމުން ރިޓަޔާ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓޭލާ ބުނީ، އެންމެ މަތީ ފަންތީގައި ރެފްރީކަން ކުރުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ނަމަވެސް، މި ދާއިރާގައި އޮންނަ ޕްރެޝަރު ބޮޑު ވެފައި، އަބަދުވެސް މީހުންގެ ފާޑު ކިޔުންތަކާއި ފާރަވެރިވުން ކުރިމަތިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން، މިއީ ރެފްރީ ކަމުން ދުރަށްޖެހި، ކެރިއަރުގެ އައު ބާބެއް ފެށުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

މީގެ އިތުރުން، އޭނާގެ އެހީތެރި ރެފްރީން ކަމަށްވާ ގޭރީ އާއި އެޑަމްގެ އިތުރުން، އޭނާގެ އާއިލާ އާއި ރެފްރީންގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ދިން އެއްބާރުލުމަށް ޓޭލާ ވަނީ ޝުކުރު އަދާކޮށްފައި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި 16 ސީޒަން ހޭދަކުރި ޓޭލާ ވަނީ އެ ލީގުގެ 432 މެޗެއްގައި ރެފްރީކަން ކޮށްފައި އެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ހުރިހާ މުހިންމު ކަޕް ފައިނަލްތަކެއްގައި އިންސާފު ކޮށްފައި އެވެ. މީގެ ތެރޭގައި 2017 އަދި 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލް އާއި، 2015 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލް އާއި، 2015 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑްގެ އިތުރުން 2018 ވަނަ އަހަރުގެ ޗެމްޕިއަންޝިޕް ޕްލޭ އޮފް ފައިނަލް ހިމެނެ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ޓޭލާ ވަނީ ފީފާގެ ލިސްޓުގައި 14 އަހަރު ހޭދަ ކޮށްފައި އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ 2022 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންސާފު ކޮށްފައި އެވެ. އަދި 2020 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ވެސް އޭނާ އިންސާފު ކުރި އެވެ. 

ޓޭލާ ވަނީ 2022 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ކުލަބު ވޯލްޑް ކަޕްގައި ވެސް އިންސާފު ކޮށްފައި އެވެ. އޭނާ އިންސާފު ކުރި 163 ބައިނަލްއަގުވާމީ މެޗު ތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޔޫއެފާ ސުޕަ ކަޕް އާއި، 2021 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ފައިނަލް އާއި، 2022 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ފައިނަލް އަދި 2023 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް ފަދަ ބޮޑެތި މެޗުތައް ހިމެނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއެންތަނީ ޓޭލާ

އިތުރަށް ކިޔާލަން

02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
27 މެއި 2026

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

27 މެއި 2026
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ
25 މެއި 2026

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

25 މެއި 2026
ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް
25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
19 މެއި 2026

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
14 މެއި 2026

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި
11 މެއި 2026

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

11 މެއި 2026
ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
10 މެއި 2026

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު