Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް ޗެލްސީ އަށް ބަދަލުވެއްޖެ

31 އޯގަސްޓު 2026 | ހޯމަ 03:15

އުމުރުން 33 އަހަރުގެ މާޓިނޭޒް ޗެލްސީއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މާޓިނޭޒް ޗެލްސީ އަށް ސޮއި ކުރުމަށްފަހު ބުނީ، އެފަދަ ބޮޑު ކުލަބަކާ ގުޅުމަކީ އޭނާ އާއި އޭނާގެ އާއިލާ އަށް ނިންމަން ވަރަށް ފަސޭހަ ނިންމުމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2026 | ހޯމަ 03:15
އެސްޓަން ވިލާ ދޫކޮށް ޗެލްސީ އަށް ބަދަލުވި މާާޓިނޭޒް

އެސްޓަން ވިލާ ދޫކޮށް ޗެލްސީ އަށް ބަދަލުވި މާާޓިނޭޒް | ގެޓީ އިމޭޖަސް

އެސްޓަން ވިލާ އަށް ކުޅެމުން އައި އާޖެންޓީނާގެ ޤައުމީ ޓީމުގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް، އިނގިރޭސި ކުލަބު ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 33 އަހަރުގެ މާޓިނޭޒް ޗެލްސީއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މާޓިނޭޒް ޗެލްސީ އަށް ސޮއިކުރުމަށްފަހު ބުނީ، އެފަދަ ބޮޑު ކުލަބަކާ ގުޅުމަކީ އޭނާ އާއި އޭނާގެ އާއިލާ އަށް ނިންމަން ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ.

މާޓިނޭޒް އިތުރަށް ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ކާމިޔާބީ އަށް ލޯބިކުރާ، ކޮންމެ ކަމެއްގައި ވެސް މޮޅުވާން ބޭނުންވާ ކުޅުންތެރިޔެކެވެ. ޗެލްސީ އަކީ ތަށިތައް ކާމިޔާބުކުރާ ކުލަބަކަށް ވުމުން، އެއީ އޭނާގެ މިޒާޖާ ވަރަށް ގުޅޭ ކުލަބެއް ކަމަށް މާޓިނޭޒް ފާހަގަކުރި އެވެ. އަދި ކުލަބާއި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ފަޚުރުވެރިވާ ފަދަ ކުޅުމެއް ދެއްކުމަށްޓަކައި ކޮންމެ މެޗެއްގައްޔާއި ކޮންމެ ތަމްރީނު ސެޝަނެއްގައި ވެސް 100 އިންސައްތަ މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދީފަ އެވެ.

އާޖެންޓީނާގެ އިންޑެޕެންޑިއެންޓޭގެ ޒުވާން ޓީމުން ކެރިއަރު ފެށި މާޓިނޭޒް، އުމުރުން 17 އަހަރުގައި އާސެނަލްއާ ގުޅުނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން ތަޖުރިބާ ހޯދުމަށް އެކި ކުލަބުތަކަށް ލޯނު އުސޫލުން ކުޅުމަށް ފަހު، އޭނާ އަށް އާސެނަލްގެ ފުރަތަމަ އެގާރަ އިން ޤަވާއިދުން ފުރުސަތު ލިބެން ފެށީ 2019/20 ވަނަ ސީޒަންގަ އެވެ. އެ ސީޒަނުގެ ފަހު 11 މެޗުގައި ކުޅެ، އޭނާ ވަނީ އާސެނަލް އާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފައި އެވެ. އަދި ޖެހިގެން އައި ސީޒަންގެ ކުރީކޮޅު ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކުރުމަށް ފަހު، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ އެސްޓަން ވިލާ އަށް ބަދަލުވި އެވެ.

އެސްޓަން ވިލާގައި ހޭދަކުރި ހަ ސީޒަނުގެ ތެރޭގައި މާޓިނޭޒް ވަނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނިފަ އެވެ. އެ ކުލަބަށް ޖުމްލަ 256 މެޗު ކުޅެދީފައިވާއިރު، މިދިޔަ މެއި މަހު އޭނާ ވަނީ އެ ޓީމާ އެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. މާޓިނޭޒްގެ ބައިނަލްއަޤުވާމީ ކެރިއަރަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޖޫން މަހު އާޖެންޓީނާގެ ޤައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ފަހުން އޭނާ ވަނީ އެ ޤައުމުގެ އެއް ވަނަ ކީޕަރުގެ މަގާމު ދަމަހައްޓާފަ އެވެ.

އާޖެންޓީނާގެ ޤައުމީ ޓީމަށް މިހާތަނަށް 67 މެޗު ކުޅެދީފައިވާ މާޓިނޭޒް ވަނީ އެ ޤައުމާއެކު 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމުގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. މި ކާމިޔާބީތަކާއެކު، ދުނިޔޭގެ އެންމެ މޮޅު ކީޕަރަށް ދޭ ޔާޝިން ޓްރޮފީ 2023 އަދި 2024 ވަނަ އަހަރުގެ ބެލެންޑިއޯ ހަފްލާގައި އޭނާ ވަނީ ހޯދައިފަ އެވެ. 

ޗެލްސީއެސްޓަން ވިލާއެމިލިއާނޯ މާޓިނޭޒް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި

31 އޯގަސްޓު 2026
ދެ ވަނަ މެޗުގައި ޗެލްސީ އިން ބްރައިޓަން ވެސް ބަލިކޮށްފި
13 އޯގަސްޓު 2026

އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި

13 އޯގަސްޓު 2026
އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
21 މެއި 2026

ފްރެއިބާގް ބަލިކޮށް، އެސްޓަން ވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފި

21 މެއި 2026
ފްރެއިބާގް ބަލިކޮށް، އެސްޓަން ވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފި
18 މެއި 2026

ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު، ބޭނުން ވަނީ އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ވަރުގެ ޓީމެއް ބިނާ ކުރަން: އަލޮންސޯ

18 މެއި 2026
ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު، ބޭނުން ވަނީ އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ވަރުގެ ޓީމެއް ބިނާ ކުރަން: އަލޮންސޯ
17 މެއި 2026

ރެއާލްގެ ކޯޗުކަމުން ވަކި ކުރި އަލޮންސޯ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސަނީ

17 މެއި 2026
ރެއާލްގެ ކޯޗުކަމުން ވަކި ކުރި އަލޮންސޯ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސަނީ
17 މެއި 2026

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
22 މާރިޗު 2026

އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

22 މާރިޗު 2026
އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް