Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް އާޓެޓާ ހޮވިއްޖެ

އާޓެޓާގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް އިން 38 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 26 މެޗުން އެ ޓީމު ވަނީ މޮޅުވެފައި. ހަތް މެޗެއް އެއްވަރު ވެފައިވާއިރު، ފަސް މެޗަކުން ވަނީ ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 06:32
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކޯޗަކަށް، އާސެނަލް އަށް އިރުޝާދު ދެމުން އަންނަ މިކޭލް އާޓެޓާ ހޮވިއްޖެ އެވެ.

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް އާޓެޓާ ހޮވިފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ އާސެނަލް އިން 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޕްރިމިއާ ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރި ފަހުން، އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައި ނުވެ އެވެ.

އާޓެޓާގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް އިން 38 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 26 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ހަތް މެޗެއް އެއްވަރު ވެފައިވާއިރު، ފަސް މެޗަކުން ވަނީ ބަލިވެފަ އެވެ. އާސެނަލް އިން ޕްރިމިއާ ލީގު ކާމިޔާބު ކުރީ 85 ޕޮއިންޓާ އެކު އެވެ. 

އާސެނަލް އިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބަ އޮތެވެ. އެގޮތުން މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ. އާސެނަލް އިން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ނަމަވެސް، އެ ފަހަރު ވަނީ ބަލިވެފަ އެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އާސެނަލް އިން ރަނގަޅު ނަތީޖާ ތަކެއް ނެރެމުން އަންނައިރު، މިދިޔަ ސީޒަން ތަކުގައި ވެސް އާސެނަލް އިން ވަނީ ލީގު ރޭހުގައި ވާދަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

އާޓެޓާ އަށް ކުރެވުނީ ތަފާތު އިޙުސާސެއް، ދެން އޮތީ ޗެމްޕިއަންސް ލީގު!

26 މެއި 2026
ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު