Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

ފެނާންޑޭސް ވެފައި ވަނީ، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާ އަށް. އޭނާ ވަނީ މި ސީޒަންގައި 21 އެސިސްޓް ހަދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 02:23
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން ތިން ވަނައިގައި ސީޒަން ނިންމާލައިފި އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނަައިޓެޑުން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަަގައިދިނީ ޕެޓްރިކް ޑޯގޫ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. އެއާ އެކު، ފެނާންޑޭސް ވެފައި ވަނީ، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ މި ސީޒަންގައި 21 އެސިސްޓް ހަދައިފަ އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖެހީ ބްރަޔަން އެމްބުއޭމޯ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހަައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ފެނާންޑޭސް އެވެ. އެ ލަނޑު ޖަހަން ފެނާންޑޭސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑޯގޫ އެވެ. މީގެ އިތުރުން ފެނާންޑޭސް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. 

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ސީޒަން ނިންމާލީ ތިން ވަނައިގަ އެވެ. އެއީ ލީގުގައި އެ ޓީމު ކުޅެފައިވާ 38 މެޗުން 71 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑުގެ ވަގުތީ ކޯޗުކަމާ ކެރިކް ހަވާލުވެ، އޭނާ ވަނީ އެ ޓީމަށް އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ހޯދައިދީފަ އެވެ. ޔުނައިޓެޑުން ވަނީ ކެރިކް އަށް ދެ އަހަރު ދުވަހުގެ ދާއިމީ އެއްބަސްވުމެއް ވެސް ދީފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްބްރޫނޯ ފެނާންޑޭސް

އިތުރަށް ކިޔާލަން

25 މެއި 2026

ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި

25 މެއި 2026
ފަހު މެޗުން ވެސް މޮޅުވެ، އާސެނަލް އިން 22 އަހަރަށް ފަހު ލީގުގެ ތަށި އުފުލާލައިފި
20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
19 މެއި 2026

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
14 މެއި 2026

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު