Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުކުރޭލާ ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް އަށް ބަދަލުވާާން އެއްބަސްވެފައި. އެގޮތުން ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެފައިވާއިރު، އޭނާ ހޯދުމަށް ރެއާލް އިން 60 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 07:59
ޗެލްސީ އަށް ކުޅެމުން އައި ސްޕެއިންގެ މާކް ކުކުރޭލާ.

ޗެލްސީ އަށް ކުޅެމުން އައި ސްޕެއިންގެ މާކް ކުކުރޭލާ. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާާން، ޗެލްސީ އަށް ކުޅެމުން އަންނަ މާކް ކުކުރޭލާ އެއްބަސްވެއްޖެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޓީމުން ވަނީ ކުކުރޭލާ ގެންނަން މަޝްވަރާ ކޮށްފައި އެވެ. އަދި ރެއާލް އިން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް، އެ ކުލަބަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުކުރޭލާ ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް އަށް ބަދަލުވާާން އެއްބަސްވެފައި އެވެ. އެގޮތުން ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެފައިވާއިރު، އޭނާ ހޯދުމަށް ރެއާލް އިން 60 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. ރެއާލް އާއެކު ކުކުރޭލާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2032 ވަނަ އަހަރު އެވެ.

ބްރައިޓަން ދޫކޮށްލުމަށް ފަހު ކުކުރޭލާ ޗެލްސީ އަށް ބަދަލުވެފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ ފަހަރު ޗެލްސީ އާއެކު ކުކުރޭލާ ސޮއި ކުރި ހަ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ރެއާލް އިން ލިބުނު ހުށަހެޅުން ޤަބޫލުކޮށް، އެ ކުލަބަށް ބަދަލުވާން ކުކުރޭލާ މި ވަނީ އެއްބަސްވެފައި އެވެ.

މިވަގުތު ކުކުރޭލާ ހުރީ ސްޕެއިންގެ ޤައުމީ ޓީމާ އެކު، އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވާރލްޑް ކަޕްގައި ވާދަ ކުރުމަށެވެ. ރެއާލް އިން ކުކުރޭލާ ގެންނަން ނިންމީ، އެ ޓީމުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ހޯސޭ މޮރީނިއޯ ބޭނުން ވެގެންނެވެ. މިއީ ރެއާލް އިން އަލަށް ގެންނަން ނިންމި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މިހާތަނަށް ރެއާލް އިން ވަނީ ކުކުރޭލާގެ އިތުރުން، ބެނާޑޯ ސިލްވާ އާއި، ޑަންޒެލް ޑަމްފްރީސް އަދި އިބްރާހިމާ ކޮނާޓޭ ވެސް ގެންނަން ނިންމައިފަ އެވެ.

ކުކުރޭލާ ވަނީ އޭނާ ޗެލްސީގައި މިހާތަނަށް ހޭދަ ކޮށްފައިވާ ހަތަރު ސީޒަންގެ ތެރޭގައި އެ ކުލަބަށް 163 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހައިފަ އެވެ. އަދި ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ އިތުރުން، ފީފާ ކުލަބު ވާރލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައި އެވެ.

ރެއާލް މެޑްރިޑްޗެލްސީމާކް ކުކުރޭލާ

އިތުރަށް ކިޔާލަން

08 ޖޫން 2026

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖޫން 2026

ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ

04 ޖޫން 2026
ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ
23 މެއި 2026

އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި

23 މެއި 2026
އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި
19 މެއި 2026

ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

19 މެއި 2026
ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު