Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ކީވް ސަރަހައްދުގައި ހުރި ހަތިޔާރު ގުދަންތަކަކަށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއްދީފި

29 އޯގަސްޓު 2026 | ހޮނިހިރު 13:50

އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް ހަތިޔާރު ރައްކާކޮށްފައި ހުރުމުން، މިއީ ޖިނާއީ އިހުމާލެއް ކަމަށް ބުނެ ޔޫކްރެއިންގެ ބޮޑުވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ޔޫކްރެއިން ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 13:50

ޔޫކްރެއިންގެ ވެރިރަށް ކީވްގެ ކައިރީގައި ހުރި މިސައިލް ރައްކާކުރާ ގުދަނަކަށް ރަޝިޔާގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި | ސޯޝަލް މީޑިއާ

ޔޫކްރެއިންގެ ވެރިރަށް ކީވްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހުރި އަސްކަރީ އަމާޒުތަކަކަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށާއި، މީގެ ތެރޭގައި ޔޫކްރެއިންގެ ދުރު ރާސްތާގެ "ފްލެމިންގޯ" ކްރޫޒް މިސައިލްގެ ބައިތައް ރައްކާކޮށްފައި ހުރި މަރުކަޒެއް ހިމެނޭ ކަމަށް މޮސްކޯގައި ހުންނަ ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރަޝިޔާގެ މި ބަޔާން އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ ކީވް ކައިރީގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، އެތައް ސަތޭކަ މީޓަރަކަށް އަލިފާންބޯޅަތައް ބުރައިގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ޖެހިގެން އައި ހޮނިހިރު ދުވަހުގެ ހެނދުނު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ މި ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ކީވްގެ ރަށެއް ކަމަށްވާ ޗައިކީގައި ހުންނަ "ފިމް ސާވިސް" ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސެންޓަރަށެވެ. އަދި އެ ތަނަކީ ފްލެމިންގޯ މިސައިލްތައް ރައްކާކުރުމަށް ބޭނުންކުރާ ތަނެއް ކަމަށްވެސް ރަޝިޔާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ކީވް ރީޖަންގެ ކަލިނޮވްކާގައި ހުންނަ އެހެން ލޮޖިސްޓިކްސް ސެންޓަރަކަށްވެސް ހަމަލާދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ތަނަކީ ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ ސާމާނު ބެހުމުގެ މަސައްކަތްކުރާ ކަސްޓަމްސް ޓާމިނަލެއް ހުންނަ ތަނެއްކަން ރަޝިޔާއިން ފާހަގަކުރި އެވެ.

ރަޝިޔާ ސިފައިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިލާޔާ ނަމަކަށް ކިޔާ އަވަށުގައި "ފަޔަރ ޕޮއިންޓް" އިން ހިންގާ ހަތިޔާރު ގުދަނަކަށްވެސް ވަނީ ހަމަލާދީފަ އެވެ. އެ ގުދަނުގައި ދުރު ރާސްތާގެ އެފްޕީ-1 އަދި އެފްޕީ-2 ޑްރޯންތަކަށް ބޭނުންވާ ބައިތަކާއި ލޯންޗް ބޫސްޓަރުތައް ހުރި ކަމަށް ބުނެފައިވެ އެވެ.

ޔޫކްރެއިންގެ ދެކުނުގައި އޮންނަ އިޒްމާއިލްގައި ހުރި، ޔޫކްރެއިން ސިފައިންނަށް ތެޔޮ ފޯރުކޮށްދޭން ބޭނުންކުރާ ތެޔޮ ޓޭންކަރުތައް ބާއްވާ ސަރަހައްދަކަށްވެސް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ. ރަޝިޔާގެ ބަޔާނުގައިވާ ގޮތުން، ނިކޮލަޔޭވްގައި ހުރި ކަނޑުގެ މުދާ އުފުލާ ޓާމިނަލަކަށާއި އަސްކަރީ ސާމާނު ބާލައި ރައްކާކުރާ ލޮޖިސްޓިކްސް ސެންޓަރުތަކަށްވެސް ހަމަލާދީފައިވެ އެވެ. މިގޮތުން އަސްކަރީ ސާމާނު ހުރި ޖުމްލަ 18 ތަނަކަށާއި ތެޔޮ ރައްކާކުރާ ތިން ގުދަނަކަށް ހަމަލާދީފައިވާ ކަމަށް ރަޝިޔާއިން ބުނެ އެވެ.

ރަޝިޔާގެ އާންމުން ދިރިއުޅޭ ތަންތަނަށް ޔޫކްރެއިންއިން ދެމުންދާ "ޓެރަރިސްޓް ހަމަލާތަކުގެ" ބަދަލުހިފުމުގެ ގޮތުން، ޔޫކްރެއިންގެ އަސްކަރީ ސިނާއީ މަރުކަޒުތަކަށް "ނިޒާމީ އަދި މެދުނުކެނޑި ހަމަލާދޭނެ" ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. ނަމަވެސް، ރަޝިޔާއިން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ދުވަހަކުވެސް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށެވެ.

ކީވް ރީޖަންގެ އަސްކަރީ އިދާރާގެ ވެރިޔާ ތިމުރް ޓްކަޗެންކޯ ވަނީ ގުދަނުގައި ރޯވި އަލިފާނާއެކު ބާރުގަދަ ގޮވުންތަކެއް ގޮވިކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ހާދިސާއާ ގުޅިގެން ކީވް-ޗޮޕް ހައިވޭގެ 17 ކިލޯމީޓަރުގެ ސަރަހައްދެއް ދެކޮޅަށް ދަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށް، އެ ސަރަހައްދާ ދުރަށް ދިއުމަށާއި ހާދިސާގެ މަންޒަރުތައް ރެކޯޑް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކުރި އެވެ.

މައުލޫމާތު ހޯދާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ރޭގަނޑު 8:35 ހާއިރު އެވެ. އަދި މި ހަމަލާގައި ރަޝިޔާގެ ޖެޓް އިންޖީނުލީ "ގެރާން-4" މަރުކާގެ ޑްރޯންތަކެއް ބޭނުންކޮށްގެން މިލާޔާ އަވަށާ ކައިރީގައި ހުރި ގުދަންތަކަކަށް އަމާޒުކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އޭގެ ފަހުން، ވުލަޑިމިއަރ ޒެލެންސްކީ ވިދާޅުވީ މިލާޔާގައި ހުރި ގުދަނަކަށް ދިން ހަމަލާގައި 27 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. މީގެ އިތުރުން، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި ގަވާއިދާ ޚިލާފަށް ހަތިޔާރު ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭ ކަމަށް އޭނާ އިއުތިރާފުވެވަޑައިގަތެވެ. އަދި މިކަމުގައި އިހުމާލުވެފައިވޭތޯ ބެލުމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރެއިންގެ ބޮޑުވަޒީރު ސަރްގޭ ކޮރެޓްސްކީ ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ދާޚިލީ ވަޒީރާއި އިމަޖެންސީ ސާވިސްގެ ވެރިޔާގެ ފަރާތުން ރިޕޯޓްތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ހަމަލާގެ ސަބަބުން އަލިފާން ރޯވެ، ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބޮޑުވަޒީރު ވަނީ މިދިޔަ ޖުލައި މަހު ކީވްގެ އެހެން ރަށެއް ކަމަށްވާ ވިޝްނެވޯއީގެ ހަތިޔާރު ގުދަނެއްގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާއާ މި ހާދިސާ އަޅާކިޔުއްވާފަ އެވެ.

"ހިތާމައަކީ، ވިޝްނެވޯއީގައި ހިނގި ބިރުވެރި ހާދިސާއިން އަޅުގަނޑުމެންނަށް ފިލާވަޅެއް ލިބިފައި ނުވާކަން މިހާރު މިވަނީ ސާފުވެފައި،" ކޮރެޓްސްކީ ވިދާޅުވި އެވެ. ހަނގުރާމައަށް ފަސް އަހަރު ވެގެންދާއިރުވެސް "އެއް ގޯސްތަކެއް" ތަކުރާރުވަމުންދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މިއީ "ޖިނާއީ އިހުމާލެއް" ކަމަށް ސިފަކުރައްވައި، މިކަމުގައި ޒިންމާވާ އެންމެންނަށް "ހަރުކަށި އަދަބު" ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

ތަކުރާރުވަމުންދާ އެ ގޯސްތަކަކީ ކޮބައިކަން ބޮޑުވަޒީރު ސީދާ ވިދާޅުނުވި ނަމަވެސް، އޭނާ އިޝާރާތް ކުރެއްވީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުވަތަ އެފަދަ ތަންތަނާ ކައިރީގައި ގޮވާތަކެތި ރައްކާކުރުމުގެ މައްސަލައަށް ކަމަށް ބެލެވެ އެވެ.

ޖުލައި މަހުގެ 6 ވަނަ ދުވަހު ރަޝިޔާއިން ވިޝްނެވޯއީއަށް ދިން ހަމަލާއެއްގައި، ޔޫކްރެއިންގެ ދައުލަތުގެ އަސްކަރީ ކުންފުނި "ޔޫކްރޯބޮރޮންޕްރޮމް" ގެ ދަށުން ހިންގާ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވެ އެވެ. އެ ތަނަކީ ހަތިޔާރު ރައްކާކުރާ ގުދަނެއްކަން ފަހުން ވްލަޑިމީރު ޒެލެންސްކީވެސް ވަނީ ގަބޫލުކުރައްވާފަ އެވެ.

ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްއިން ފަހުން ބުނި ގޮތުގައި، އެ ހަތިޔާރުތައް ރައްކާކޮށްފައި ހުރީ އެކަމަށް އެކަށީގެންނުވާ އަދި ހުއްދަ ނެތް ގުދަންތަކެއްގަ އެވެ. އަދި އެ ތަންތަން ހުރީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާ "ވަރަށް ކައިރީގައި" ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

މި އިހުމާލުގެ މައްސަލައިގައި އަސްކަރީ ސިނާއަތުގެ ދެ އިސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަތިޔާރު ރައްކާކުރުމުގެ ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ޔޫކްރޯބޮރޮންޕްރޮމްގެ ދަށުން ހިންގާ ދެ ކުންފުންޏެއްގެ ވެރިން މަގާމުން ވަކިކޮށްފައިވާއިރު، އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ހަރްމަން ސްމެޓަނިންވެސް ވަނީ އޭގެ ދުވަސްކޮޅެއް ފަހުން، ސީދާ ސަބަބެއް ހާމަނުކޮށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޔޫކްރެއިން-ރަޝިޔާވުލަޑިމިއަރ ޒެލެންސްކީފްލެމިންގޯ ކްރޫޒް މިސައިލްޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އެމެރިކާގެ ސީއައިއޭގެ ވެރިޔާ ކުއްލި ގޮތަކަށް މޮސްކޯއަށް ޒިޔާރަތްކޮށްފި

26 އޯގަސްޓު 2026
އެމެރިކާގެ ސީއައިއޭގެ ވެރިޔާ ކުއްލި ގޮތަކަށް މޮސްކޯއަށް ޒިޔާރަތްކޮށްފި
23 އޯގަސްޓު 2026

ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު

23 އޯގަސްޓު 2026
ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު
21 އޯގަސްޓު 2026

މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ

21 އޯގަސްޓު 2026
މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ
20 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ

20 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ
18 އޯގަސްޓު 2026

މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި

18 އޯގަސްޓު 2026
މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި
17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް