Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން

ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު

23 އޯގަސްޓު 2026 | އާދީއްތަ 14:45

ޔޫކްރެއިންގެ ކުރީގެ ޑިފެންސް މިނިސްޓަރު ފެޑޮރޯވް، އެ ގައުމުގެ ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ރައީސް ޒެލެންސްކީ ޖަވާބުދާރީވާންޖެހޭނެ ކަމަށް ވިދާޅުވެ، ހަނގުރާމައިގެ ދަނޑިވަޅުގައި ވެސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައިފި. ނަމަވެސް ޒެލެންސްކީ ވަނީ މިވަގުތު އިންތިޚާބެއް ބޭއްވުމަކީ ގައުމު ބައިބައިވެ، ނުރައްކަލަށް ހުށަހެޅޭނެ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ދެކޮޅު ހައްދަވާފައި

ރާއްޖެ އެމްވީ | 23 އޯގަސްޓު 2026 | އާދީއްތަ 14:45
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެ ގައުމުގެ ދިފާއީ ވަޒީރުގެ މަގާމުން މައިކައިލޯ ފެޑޮރޯވް ވަކިކުރެއްވުމާ ގުޅިގެން، 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ ކީވްގައި ފެޑޮރޯވް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެ ގައުމުގެ ދިފާއީ ވަޒީރުގެ މަގާމުން މައިކައިލޯ ފެޑޮރޯވް ވަކިކުރެއްވުމާ ގުޅިގެން، 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ ކީވްގައި ފެޑޮރޯވް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ | ގެޓީ އިމޭޖަސް

ޔޫކްރެއިންގެ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް، މަގާމުން ވަކިކޮށްފައިވާ ޑިފެންސް މިނިސްޓަރު މިޚައިލޯ ފެޑޮރޯވް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ ޒަމާނީކޮށް، ޑްރޯން ހަނގުރާމައިގެ އުސޫލުތައް ތައާރަފުކުރެއްވި މަގްބޫލު މިނިސްޓަރު ފެޑޮރޯވް މަގާމުން ވަކިކުރީ މިދިޔަ މަހު އެވެ. އޭނާ މަގާމުން ވަކިކުރީ ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސްވެރިޔާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ހަފުތާގައި އިއުލާންކުރި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެން، ޒެލެންސްކީގެ އަރިސް ބޭފުޅުންގެ މެދުގައި ހިނގާފާނެ ކޮރަޕްޝަނުގެ އަމަލުތަކާ މެދު ރައީސަށް އެނގިވަޑައިގެންފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް ފެޑޮރޯވް ބީބީސީއަށް ވިދާޅުވި އެވެ.

މީގެ އިތުރުން، "ޑިމޮކްރަސީއަކީ ޕޫޓިންގެ ރަހީނަކަށް ވެގެންނުވާނެ" ކަމަށް ފެޑޮރޯވް ތަކުރާރުކޮށް ވިދާޅުވި އެވެ. ޔޫކްރެއިންގައި އިންތިޚާބު ބޭއްވުމަށް ގޮވާލައި ވީޑިއޯއެއް އާންމުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެއްވި މި އިންޓަވިއުގައި، އަމިއްލަ ސިޔާސީ ކުރިމަގާ ބެހޭގޮތުން ސީދާ ޖަވާބެއް ދެއްވަން އޭނާ ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ފެޑޮރޯވް މަގާމުން ވަކިކުރުމާ ގުޅިގެން ބޮޑެތި މުޒާހަރާތަކެއް ކުރި ނަމަވެސް، އޭނާއަށް އޮތް ތާއީދު ކުޑަވެ، އާ މިނިސްޓަރު އައްޔަންކުރުމާއެކު މިދިޔަ ބުދަ ދުވަހު މުޒާހަރާތައް ވަނީ ހުއްޓާލާފަ އެވެ. ހަނގުރާމައިގެ ދަނޑިވަޅުގައި އިންތިޚާބެއް ބޭއްވުމަށް އޭނާ ކުރެއްވި އިލްތިމާސަށް ގިނަ ބަޔަކު ވަނީ ދެކޮޅު ހަދާފަ އެވެ.

އޭނާ ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމަ މެނޭޖުކުރުމާއި ޑިފެންސް މިނިސްޓްރީ އިސްލާހުކުރުމުގެ މަސައްކަތަކީ ނުހަނު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ކަމެއް ކަމަށެވެ.

2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން އެ ގައުމުގައި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާންކޮށްފައިވާތީ، އިންތިޚާބުތައް ބޭއްވުން ވަނީ މެދުކަނޑާލާފަ އެވެ.

ނަމަވެސް، އިންތިޚާބާ ބެހޭގޮތުން ވާހަކަދައްކަން ފެށުމަކީ އޭނާގެ ހައްގެއް ކަމަށް ފެޑޮރޯވް ވިދާޅުވި އެވެ.

"އެކަމާ ބެހޭގޮތުން ވާހަކަދައްކަން އަހަރެމެން ބިރުގަނެގެން ނުވާނެ. ޑިމޮކްރަސީއަކީ އެއީ. އަހަރެންގެ އަމިއްލަ މުޖުތަމައާ ހިޔާލުތައް ހިއްސާކޮށް، ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަ ނުދެއްކޭ ނަމަ، އަހަރެމެން މި ހަނގުރާމަ ކުރަނީ ކޮން ކަމަކާ؟" ފެޑޮރޯވް ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބެއް ނުބާއްވާ ނަމަ، "ދެން އެއީ ޑިމޮކްރަސީއެއް ނޫނެވެ."

މީގެ ކުރިން އާންމުކުރި ވީޑިއޯ ބަޔާނުގައި ފެޑޮރޯވް ވިދާޅުވީ، ވަކި ނިންމުންތަކެއް ނިންމަނީ ކީއްވެގެންކަން ނޭނގޭ ހާލަތެއްގައި ރައްޔިތުންނަށް އަބަދު ނޫޅެވޭނެ ކަމަށެވެ.

އޭނާ ރައީސަށް ސީދާ ފާޑުވިދާޅުވުމުން ދުރުހެލިވެވަޑައިގެންނެވި ނަމަވެސް، ކުރިއަށް އޮތް އިންތިޚާބެއްގައި ޒެލެންސްކީއަށް ތާއީދުކުރައްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

ރައީސް ޒެލެންސްކީ އާދިއްތަ ދުވަހު ވިދާޅުވީ، ހަނގުރާމައިގެ މި ދަނޑިވަޅުގައި އިންތިޚާބެއް ބޭއްވުމަކީ ޔޫކްރެއިނަށް ނުހަނު ނުރައްކާތެރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިފަދަ ހަނގުރާމައެއްގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަކީ ބޮޑު ރިސްކެއް. މިވަގުތު އިންތިޚާބެއް ބޭއްވުމަކީ ގައުމަށް އަންނާނެ ސުނާމީއެއް ފަދަ ކަމެއް، އޭގެ ސަބަބުން ޔޫކްރެއިން ބައިބައިވެގެންދާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި އިންތިޚާބެއް ބޭއްވުމަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި ތިބި ސިފައިންނާއި، ގައުމުން ބޭރުގައި ތިބި މިލިއަނުން ގުނާލެވޭ ރެފިއުޖީންނާއި، ރަޝިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މީހުން ވޯޓުލާނެ ގޮތަކާއި، ރަޝިއާއިން ފަތުރާފާނެ ދޮގު މައުލޫމާތުގެ ނުރައްކާ ހިމެނެ އެވެ.

ސިޔާސީ ކޮރަޕްޝަނާ ބެހޭގޮތުން ފެޑޮރޯވް ވީޑިއޯއެއް އާންމުކުރި ދުވަހު ނޫން އަނެއް ދުވަހު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ބޭންކަރުން ހިމެނޭ މަނީ ލޯންޑަރިންގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ޔޫކްރެއިންގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން ބުނި ގޮތުގައި، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ކުރީގެ އެނާޖީ މިނިސްޓަރެއްގެ ކަފާލާތުގެ ފައިސާ ދެއްކުމަށްޓަކައި، ޔޫކްރެއިންގެ ފައިސާއިން 3 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ވަނީ ފަޅާއަރުވާލާފަ އެވެ.

މި މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ޒެލެންސްކީގެ އޮފީހުގެ އިސް އޮފިޝަލަކު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ފެޑޮރޯވް ވިދާޅުވީ މި މައްސަލައާ ގުޅިގެން، ރައީސްގެ އަރިސް ބޭފުޅުންގެ މެދުގައި ހިނގާ ކޮރަޕްޝަނުގެ އަމަލުތަކާ މެދު ރައީސަށް އެނގިވަޑައިގެންފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އެ ސުވާލަށް އެމަނިކުފާނު ޖަވާބު ދެއްވަން ދޫކޮށްލަމާ. އަހަރެން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނު ހުންނެވީ އެފަދަ ސުވާލުތަކަށް ތައްޔާރަށް. އެކަންކަން އެނގިވަޑައިގަންނަވާތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ބުނެދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް. އަހަރެން އެއްވެސް ކަމެއް ނިންމާކަށް ބޭނުމެއް ނޫން،" ފެޑޮރޯވް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސްގެ ތަރުޖަމާނަކު ބީބީސީ ނިއުސްއަށް ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރެއްގައި ކުރީގެ މިނިސްޓަރު ހުންނެވިއިރު، އޭނާ ނެތި ހިނގާފައިވާ ކަންތައްތަކެއްގެ ގޮތުގައި މި ވާހަކަތައް ދެއްކެވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އަދި އޭރު އޭނާގެ ފަރާތުން މިފަދަ އެއްވެސް ބަޔާނެއް އިވިފައި ނުވާކަން އެންމެން ހަނދާން ހުންނާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރެއްވި ކަމަށް ފެޑޮރޯވް ވިދާޅުވި އެވެ. ނަމަވެސް، ކޮރަޕްޝަނުގެ ސަބަބުން ހަނގުރާމައިގެ ކުރީ ސަފުގައި ތިބި ސިފައިންގެ ގާބިލުކަމަށް އަދިވެސް އަސަރުކުރަމުންދާ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވި ގޮތުގައި ފާއިތުވި ދެ ހަފުތާގައި ރައީސާ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވެ އެވެ. އަދި ރައީސް އަމިއްލަފުޅަށް ކޮރަޕްޝަނުގެ އަމަލެއް ހިންގެވި ކަމުގެ އެއްވެސް ހެއްކެއް އޭނާގެ އަތުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނާއެކު މަސައްކަތް ކުރި މުއްދަތުގައި، ގާނޫނާ ޚިލާފު ނުވަތަ އަހަރެންގެ އަމާނާތްތެރިކަމާ ފުށުއަރާ އެއްވެސް ކަމެއް ކުރަން އެމަނިކުފާނު އަންގަވާފައެއް ނުވޭ. އެއީ އެމަނިކުފާނާއެކު މަސައްކަތް ކުރުމުގައި އަހަރެންގެ އަމިއްލަ ތަޖުރިބާ،" ފެޑޮރޯވް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމާއި، އޭގެ ކުރިން ޑިޖިޓަލް ޓްރާންސްފޯމޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ސިފައިންގެ ބަދަލުގައި "ޑްރޯން ލަޝްކަރެއް" ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ އައު އުސޫލުތައް ތައާރަފުކުރުމުގެ ޝަރަފު ފެޑޮރޯވްއަށް ލިބިވަޑައިގަންނަވަ އެވެ. މީގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވި، ބޯޑަރު ހުރަސްކޮށް އެތައް ހާސް ކިލޯމީޓަރެއް ދުރުގައި ހުރި ރަޝިއާގެ އަސްކަރީ އަމާޒުތަކަށާއި، ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން ޔޫކްރެއިނަށް ލިބުނެވެ.

ހަނގުރާމަ ކުރުމުގެ އައު ގޮތްތައް ކުރިއެރުވުމުގައި ދެމިހުންނަވާނެ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި އީލޮން މަސްކްއާ ބައްދަލުކުރައްވަން އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުޖަނު އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް މުއާސަލާތީ ނިޒާމަކީ ޔޫކްރެއިންގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ. ފެޑޮރޯވްގެ މަގްސަދަކީ، ރަޝިއާގެ ވައިގެ ސަރަހައްދުގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސްކް އެއްބަސްކުރުވުމެވެ. އެއީ ރަޝިއާއަށް އެ ނިޒާމުގެ ފައިދާ ނުލިބޭނެ ގޮތަށް، ޔޫކްރެއިންގެ ހަމަލާތަކަށް އެހީތެރިވުމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ޓެކްނޮލޮޖީ ކުންފުނިތަކުން އަހަރެމެންނަށް އެހީތެރިވަމުންދަނީ. އެ ކުންފުނިތަކުން އަހަރެމެންގެ ކާމިޔާބީއަށާއި ހަނގުރާމަ ނިންމުމަށް އިންވެސްޓް ކުރާނެ. އަހަރެންގެ މަގާމު ކޮންމެ ގޮތެއްގައި އޮތް ކަމުގައި ވިޔަސް، އެ ފަރާތްތަކާ ގުޅުން ބާއްވަންޖެހޭ. އެމީހުންނާއެކު މަސައްކަތް ކުރުމުގެ ކާމިޔާބު ތާރީޚެއް އަހަރެންގެ އެބައޮތް، އަދި ގައުމަށްޓަކައި އެ ގުޅުން ދަމަހައްޓަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އިދާރީ ހުރަސްތަކުގެ ސަބަބުން ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ފެޑޮރޯވް ފާޑުވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ ހަނގުރާމަ ފެށުނީއްސުރެ ޔޫކްރެއިނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން ހަތިޔާރު ފޯރުކޮށްދިނުމަށް 16 ބިލިއަން ޕައުންޑް ވަނީ ހޭދަކޮށްފަ އެވެ. އަދި ރަޝިއާގެ އަމާޒުތަކަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގައި އުފައްދާފައިވާ ޑްރޯން ބޭނުންކޮށްފައިވާކަން މިދިޔަ ހަފުތާގައި ވަނީ ކަށަވަރުވެފަ އެވެ.

އިނގިރޭސިވިލާތުގެ އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް ފެޑޮރޯވް ވިދާޅުވި އެވެ. ނަމަވެސް، ވައުދުވެފައިވާ ސާމާނު ލިބުން ލަސްވަނީ "ބިއުރޯކްރަސީ ނުވަތަ އިދާރީ ރެޑް ޓޭޕް" ގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުތައް އުޅެނީ މައިދާނުގެ ހަގީގަތްތަކަށްވުރެ ފަހަތުގައި. މިއީ ހަމައެކަނި އިނގިރޭސިވިލާތުގެ މައްސަލައެއް ނޫން. އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާންކޮށް، އަހަރު ނިމޭއިރުވެސް އެ އެހީ ނުލިބޭ އެހެން ގައުމުތައްވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ ބާރުކެނޑިފައިވާ އާލާތްތަކާއި ހުނަރުތަކުގެ ބަދަލުގައި، ޔޫކްރެއިންގެ އެންމެ ފަހުގެ ޑްރޯން އުފެއްދުމުގެ މަސައްކަތަށް ސީދާ ފަންޑު ކޮށްދިނުމަށް ފެޑޮރޯވް އިލްތިމާސް ކުރެއްވި އެވެ. "ޓޭންކުތައް ބޭނުންކުރުން ހުއްޓާލާފައިވާއިރު، ޓޭންކު މަރާމާތުކޮށްދޭކަށް އަހަރެމެން ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިވަގުތު ސިޔާސީ އެއްވެސް އުންމީދެއް އޮތް ކަމަށް ފެޑޮރޯވް އިންކާރު ކުރެއްވި ނަމަވެސް، މުސްތަގުބަލުގައި ރައީސްކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ބިނާވާނީ މި ޑިމޮކްރެޓިކް އިންތިޚާބީ މަރުހަލާ އަލުން ފެށޭނެ އަވަސްމިނެއްގެ މައްޗަށް. އަދި އަހަރެންގެ ކިބައިގައި ހަކަތަ ހުރި މިންވަރާއި، އަހަރެންގެ ޓީމު ދެމެހެއްޓޭނެ މިންވަރާއި، ރައީސްކަމުގެ މަގާމު އަހަރެންނަށް އަދާކުރެވޭނެތޯ އަމިއްލަ ނަފްސަށް ކުރާ ސުވާލަށް ދެވޭނެ ޖަވާބެއްގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ، އެ މަގާމު އަދާކުރުމަށް އަހަރެންނަށް އިތުބާރު ކުރެވޭނެ ކަމަށް ރައްޔިތުން ބުނޭތޯ ބެލުން،" ފެޑޮރޯވް ވިދާޅުވި އެވެ.

ޔޫކްރެއިންވުލަޑިމިއަރ ޒެލެންސްކީމިހާލް ފެޑޮރޮފްޔޫކްރެއިން-ރަޝިޔާކަރަޕްޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ

21 އޯގަސްޓު 2026
މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ
20 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ

20 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ
17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
04 އޯގަސްޓު 2026

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

04 އޯގަސްޓު 2026
ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް