Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ރަޝިޔާ

އެމެރިކާގެ ސީއައިއޭގެ ވެރިޔާ ކުއްލި ގޮތަކަށް މޮސްކޯއަށް ޒިޔާރަތްކޮށްފި

26 އޯގަސްޓު 2026 | ބުދަ 04:52

އެމެރިކާގެ ސީއައިއޭގެ ވެރިޔާ ޖޯން ރެޓްކްލިފް ކުއްލި ގޮތަކަށް ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަކީ މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށާއި، ބަންދުގައި ތިބި އެމެރިކާ ރައްޔިތުން މިނިވަންކުރުމާ ގުޅޭގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ބެލެވޭ. މި ދަތުރުފުޅާ ގުޅިގެން ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން ޔޫކްރެއިނަށް އަންގާފައިވާއިރު، މިއީ ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްދިޔަ މަތީ ފަންތީގެ މުހިންމު މަޝްވަރާތަކެއް

ރާއްޖެ އެމްވީ | 26 އޯގަސްޓު 2026 | ބުދަ 04:52
މިދިޔަ އަންގާރަ ދުވަހު ޖޯން ރެޓްކްލިފް އަސްކަރީ މަތިންދާބޯޓެއްގައި ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި

މިދިޔަ އަންގާރަ ދުވަހު ޖޯން ރެޓްކްލިފް އަސްކަރީ މަތިންދާބޯޓެއްގައި ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި | ގެޓީ އިމޭޖަސް

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ވެރިޔާ، ކުރިން އިޢުލާނުކުރުމަކާ ނުލައި މަޝްވަރާތަކަކަށް ރަޝިޔާގެ މޮސްކޯއަށް ވަޑައިގެންފި ކަމަށް ސީބީއެސް އިން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖޯން ރެޓްކްލިފް ރަޝިޔާގެ ވެރިރަށަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ކުރީކޮޅުގަ އެވެ. ނަމަވެސް، މި ދަތުރުފުޅުގެ ބޭނުމަކީ ކޮބައިކަން ނުވަތަ އޭނާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ކޮން ބޭފުޅުންނަކާ ކަން ވޮޝިންޓަނުން ނުވަތަ މޮސްކޯއިން ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެމެރިކާ އާއި ރަޝިޔާގެ މަތީ ފަންތީގެ އޮފިޝަލުން މިގޮތަށް ބައްދަލުކުރައްވައި ކުރިއަށްގެންދަވާ މަޝްވަރާތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ފްލައިޓް ޓްރެކިންގް ޑޭޓާތަކުން ކަށަވަރުވާ ގޮތުގައި، އެމެރިކާގެ އަސްކަރީ ބޮޑު މަތިންދާބޯޓެއް އަންގާރަ ދުވަހު ވަނީ ލެޓްވިއާ މަގުން އެމެރިކާއިން ރަޝިޔާއަށް ދަތުރުކޮށްފަ އެވެ. އަދި އެ ބޯޓު އެނބުރި ފުރާފައިވަނީ އެ ދުވަހުގެ ފަހުގެ ވަގުތެއްގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީ-17 މަރުކާގެ މުދާ އުފުލާ މަތިންދާބޯޓެއް މޮސްކޯގެ ވްނޫކޯވޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދާތަން ފެނެ އެވެ.

ފްލައިޓް ރޭޑާ24 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ބޯޓު ރީގާ އެއާޕޯޓުން ފުރާފައިވަނީ ގްރީނިޗް މީން ޓައިމް (ޖީއެމްޓީ) އިން 05:50 ގައެވެ. އަދި ރަޝިޔާގެ ވެރިރަށަށް އެ ބޯޓު ޖައްސާފައިވަނީ ޖީއެމްޓީ އިން ގާތްގަނޑަކަށް 07:04 ގަ އެވެ. އެއަށްފަހު އެ ބޯޓު އެނބުރި ރީގާއަށް ގޮސްފައިވަނީ ޖީއެމްޓީ އިން 17:00 ގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ސީއައިއޭގެ ވެރިޔާ ދަތުރުކުރެއްވި ބޯޓު

މީގެ އިތުރުން، ޑިޕްލޮމެޓިކް މޮޓޯކޭޑެއް މޮސްކޯގެ ތެރޭގައި ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މި ދަތުރުފުޅުގެ ކުރިން، އެމެރިކާގެ މަތީ ފަންތީގެ ވަފުދެއް މޮސްކޯއަށް ދަތުރުކުރާނެ ކަމަށް އެމެރިކާއިން ޔޫކްރެއިނަށް އަންގާފައިވާ ކަމަށާއި، އެ ވަފުދު އެނބުރި ދަންދެން ހަމަލާތައް މެދުކަނޑާލުމަށް ކީވްގެ ކިބައިން އެދިފައިވާ ކަމަށް ޔޫކްރެއިނުގެ އިސް އޮފިޝަލަކު ސީބީއެސްއަށް މައުލޫމާތު ދީފައިވެ އެވެ.

މިއީ ސީއައިއޭގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރެޓްކްލިފް ރަޝިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށް ބެލެވުނު ނަމަވެސް، އޭނާ ގެންދަވަނީ މޮސްކޯގެ އިންޓެލިޖެންސް އިދާރާތަކުގެ އިސްވެރިންނާ ގުޅުން ބާއްވަވަމުންނެވެ.

2019 އިން 2022 އަށް މޮސްކޯގައި ހުންނަ އިނގިރޭސި އަސްކަރީ އެޓޭޗޭގެ މަގާމު ފުރުއްވި ޖޯން ފޯމަން، ރޭޑިއޯ 4 ގެ ޕީއެމް ޕްރޮގްރާމުގައި ވިދާޅުވީ، ޖަރުމަނުގައި ފަހަކަށް އައިސް ހިންގަމުންދާ ޑްރޯންގެ ހަރަކާތްތަކަކީ ރަޝިޔާއާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ބެލެވޭތީ، މި ދަތުރުފުޅަކީ މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް (އެސްކަލޭޝަން މެނޭޖްމަންޓް) ކުރެއްވި ދަތުރުފުޅަކަށް ވެދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަމެއް ގޯސްވެގެން ނޫނީ އެމެރިކާގެ މިފަދަ މަތީ ފަންތީގެ އޮފިޝަލަކު ކުއްލި ގޮތަކަށް، ކުރިން އެންގުމަކާ ނުލައި މޮސްކޯއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ފޯމަން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ރަޝިޔާގައި މިހާރު ބަންދުކޮށްފައި ތިބި އެމެރިކާގެ ރައްޔިތުން މިނިވަންކުރުމާ ގުޅޭގޮތުން ކުރެވޭ ދަތުރުފުޅަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު ރަޝިޔާގައި ޖަލަށްލާފައި ހުރި ރަޝިޔާ-އެމެރިކާ ރައްޔިތެއް ކަމަށްވާ ކްސޭނިއާ ކަރެލީނާ މިނިވަންކުރުމުގެ މަޝްވަރާތަކުގައި ވެސް ރެޓްކްލިފް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރު ރަޝިޔާއާއެކު ވެވުނު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓަރު އީވަން ގާޝްކޮވިޗް އާއި، އެމެރިކާގެ ކުރީގެ މެރިން ޕޯލް ވީލަން އަދި ރަޝިޔާ-އެމެރިކާ ނޫސްވެރިޔާ އަލްސޫ ކުރުމަޝޭވާ މިނިވަންކުރުމުގައި ވެސް ސީއައިއޭ އިން ބައިވެރިވެފައިވެ އެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހަނގުރާމަ ފެށި ފަހުން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭގެ ފަހުން ރަޝިޔާ ވަނީ ދުނިޔޭގެ މަސްރަހުގައި އެކަހެރިވެ، ބައިނަލްއަގުވާމީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ރެޓްކްލިފް އަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި ރަޝިޔާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ އެންމެ މަތީ ފަންތީގެ އެއް އޮފިޝަލެވެ.

ރައީސް ޓްރަމްޕް މިދިޔަ އަހަރު އެލަސްކާގައި ބޭއްވުނު ސަމިޓެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. އަދި އޭގެ ފަހުން އެމެރިކާ އިސްވެ އޮވެ ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ކުރިއަށްގެންދަން އުޅުނު ސުލްހައިގެ މަޝްވަރާތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ޖޯން ރެޓްކްލިފްސީއައިއޭއެމެރިކާ-ރަޝިޔާރަޝިޔާ-ޔޫކްރެއިންޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ

21 އޯގަސްޓު 2026
މީހުން ތޮއްޖެހިފައިވާ ޝޮޕިން ސެންޓަރަކަށް ރަޝިޔާ އިން ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިން އިން 14 މީހުން މަރުވެއްޖެ
20 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ

20 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ
18 އޯގަސްޓު 2026

މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި

18 އޯގަސްޓު 2026
މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި
17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް