Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިޔާ

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026 | ބުރާސްފަތި 11:40

ޔޫކްރެއިނުން ރަޝިޔާގެ ނޮވޮރޮސިސްކް ބަނދަރަށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި އާންމުންގެ ތިން މީހަކު މަރުވެ، ގޮވާން އެކްސްޕޯޓްކުރާ ޓާމިނަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ. މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ ގޮވާން އެކްސްޕޯޓް ދަށްވެ، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި. މީގެ ރައްދުގައި ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިނުގެ އެކި ސިޓީތަކަށް މިސައިލް ހަމަލާތައް ދެމުން

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 11:40

ޔޫކްރޭއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި، ނޮވޮރޮސިސްކް ބަނދަރުގައި އޮތް ރަޝިޔާގެ ތިން ހަނގުރާމަމަތީ މަނަވަރަކަށް އެއްފަހަރާ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައި | ނެކްސްޓާ

ޔޫކްރެއިން އިން ރަޝިޔާގެ ނޮވޮރޮސިސްކް ބަނދަރަށް ދިން ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި، ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަޅު ކަނޑުގައި ރަޝިޔާ ސިފައިންގެ މިހާރު އޮތް ހަމައެކަނި މަރުކަޒަށް ހަމަލާ އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާތަކުގައި އަށް އަހަރުގެ ކުޑަކުއްޖަކާއެކު ޖުމްލަ ތިން މީހުން މަރުވެ، އިތުރު 24 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ އަސްކަރީ މަރުކަޒަށް ހަމަލާދިނުމަށް ކީވްއިން ރޮކެޓާއި، ޖެޓް ޑްރޯން އަދި ކަނޑު ބޯޓު ޑްރޯންތައް ބޭނުންކޮށްގެން "ޚާއްސަ އޮޕަރޭޝަނެއް" ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، ގޮވާން އެކްސްޕޯޓްކުރާ ޓާމިނަލްތަކަށް ހަމަލާ އަމާޒުވި ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ފަހުން ހާމަކުރި ގޮތުގައި، ރަޝިޔާގެ ދެ ފްރިގޭޓް ހިމެނޭހެން ޖުމްލަ ހަތަރު ހަނގުރާމަމަތީ މަނަވަރަކަށް ވަނީ ހަމަލާދީފަ އެވެ. މިކަމާ ގުޅޭގޮތުން ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

"ރަޝިޔާގެ އުދުވާންތައް ކުރިއަށްދާހާ ހިނދަކު، އިސްތިއުމާރީ ފްލީޓާއި އެ ފްލީޓަށް އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި ވަސީލަތްތަކެއް އޮންނާނީ ނުރައްކަލުގެ ތެރޭގައި،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓުގެ ބޮޑު ބައެއް މިހާރު ގާއިމުކޮށްފައިވަނީ ރަޝިޔާގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ ނޮވޮރޮސިސްކްގަ އެވެ. އެއީ ރަޝިޔާއިން ހިފާފައިވާ ކްރައިމިއާގެ ސެވަސްޓޯޕޯލްގައި ހުރި މަރުކަޒަށް ޔޫކްރޭއިންގެ ހަމަލާތައް އަމާޒުވުމުގެ ބިރު ބޮޑުވުމުން، އެތަން ދޫކޮށް ބަދަލުވާން މަޖުބޫރުވުމާ ގުޅިގެންނެވެ.

މި ހަމަލާ ދީފައިވަނީ ކަޅު ކަނޑުގެ ސަރަހައްދުގައި އޮތް ނިސްބަތުން ހަމަހިމޭން ދުވަސްތަކަކަށްފަހު، މި ހޫނު މޫސުމުގައި ދެ ގައުމުގެ މެދުގައި ހަމަލާ ބަދަލުކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރަޝިޔާގެ ޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ގޮވާން ވިޔަފާރިކުރާ ބޮޑު ކުންފުންޏަކުން ވަނީ ބުދަ ދުވަހުގެ ހަމަލާގައި އެ ކުންފުނީގެ ޓާމިނަލަށް ގެއްލުން ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ރޮއިޓާސް އާއި ރަޝިޔާގެ އާރު.ބީ.ކޭ ނޫހަށް ވެސް އެހެން ކުންފުންޏަކުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ރަޝިޔާގެ އެގްރިކަލްޗަރ މިނިސްޓްރީން ބުދަ ދުވަހު އިއުލާންކުރި ގޮތުގައި، މުދާ އުފުލާ މަގުތައް ބޯލްޓިކް އަދި ކެސްޕިއަން ކަނޑުގެ ބަނދަރުތަކަށާއި އެއްގަމު މަގުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޔޫކްރޭއިންގެ ހަމަލާތަކާ ބެހޭގޮތުން އެ މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، މި ބަދަލުތައް ގެންނަނީ "މިހާރު ހުރި ލޮޖިސްޓިކް ހުރަސްތަކަށް ރިއާޔަތްކޮށް" ކަމަށް ބުނެފައިވެ އެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ނޮވޮރޮސިސްކްގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދިޔައިރު، މުޅި ސަރަހައްދުގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބުދަ ދުވަހު އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ޑްރޯން ހަމަލާތައް ބަނދަރުގެ ވަށައިގެންވާ ސަރަހައްދުތަކަށް އަމާޒުވެ، ފެން ހޮޅިތަކަށް ގެއްލުންވުމުގެ ސަބަބުން ސިޓީން ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެންނެވެ.

އެ ސަރަހައްދުގެ ގަވަރުނަރު ވެނިއަމިން ކޮންޑްރަޓްޔޭވް ވިދާޅުވީ، ވައްޓާލި ޑްރޯންތަކުގެ ބައިތައް ވެއްޓި އެހެން ސަރަހައްދަކުން މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ކްރަސްނޯޑާ ސަރަހައްދުގެ އެކި ތަންތަނަށް ރޭގަނޑުގެ ވަގުތުގައި "ސަތޭކައެއްހާ ޑްރޯން" އިން ހަމަލާދީފައިވާ ކަމަށާއި، އާންމުންގެ ގެދޮރު ހިމެނޭހެން އެތައް އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

މީގެ ރައްދުގައި މޮސްކޯއިން ދިން ވައިގެ ހަމަލާތަކުގައި އަންގާރަ ދުވަހާއި ބުދަ ދުވަހާ ދެމެދު ޔޫކްރޭއިންގެ މަދުވެގެން 11 އާންމުން ވަނީ މަރުވެފަ އެވެ.

މީގެ ތެރެއިން ގިނަ މީހުން މަރުވީ ރަޝިޔާއިން ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޒަޕޮރީޜިއާއަށް ބެލިސްޓިކް މިސައިލާއި ގްލައިޑް ބޮން ބޭނުންކޮށްގެން ދިން ހަމަލާތަކުގަ އެވެ.

ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތައް އެއްކޮށް ހުއްޓުވުމަށްޓަކައި، އެމެރިކާގެ އަތުގައި މިހާރު ހުރި އިންޓަސެޕްޓަރ މިސައިލް ރިޒާވްގެ 10 އިންސައްތަ ޔޫކްރޭނަށް ބޭނުންވާ ކަމަށެވެ. އަދި އެ ރިޒާވްގެ 5 އިންސައްތަ ލިބުނު ނަމަވެސް ފިނި މޫސުމުގައި ހަމަލާތަކުން ދިފާއުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ޔޫކްރެއިން އަތުގައި ހުރި އިންޓަސެޕްޓަރުގެ އަދަދު ދެގުނަބައި މަދެވެ. ނަމަވެސް ރަޝިޔާއިން މަހެއްގެ މައްޗަށް އުފައްދާ ބެލިސްޓިކް މިސައިލްގެ އަދަދު ކުރިއަށްވުރެ ދެގުނަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ފައުޖުތައް ޔޫކްރެއިނަށް އަރައިގަނެ ހަނގުރާމަ ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ.

ޔޫކްރެއިނުން ބޭރަށް މުދާ އުފުލުމަށް އޮތް އެންމެ ހަމައެކަނި ކަނޑުގެ މަގަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެއީ ރަޝިޔާއިން އޮޑެއްސާ ބަނދަރަށާއި މުދާ އުފުލާ ބޯޓުފަހަރަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުންނެވެ. މޮސްކޯއިން މިގޮތަށް އަމަލުކުރަނީ ބޭރުގެ ކުންފުނިތަކުން ޔޫކްރޭއިނާއެކު ވިޔަފާރިކުރުން ހުއްޓުވުމުގެ މަގްސަދުގަ އެވެ.

ޖުލައި މަހު ޔޫކްރެނިއަން އެގްރިބިޒްނަސް ކްލަބް (ޔޫ.ސީ.އޭ.ބީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އެކްސްޕޯޓް ވަނީ 23 އިންސައްތަ ދަށަށް ގޮސްފަ އެވެ.

މިހާލަތުގައި، ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ދުރު ރާސްތާ ހަމަލާތައް ދިނުމުގައި ޔޫކްރޭއިނުން ދަނީ އިތުރު ކުރިއެރުންތައް ހޯދަމުންނެވެ. ކަޅު ކަނޑުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ރަޝިޔާގެ އުޅަނދުތަކަށް ދާދިފަހުން ދިން ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ގޮވާން އެކްސްޕޯޓަށް ވެސް ވަނީ ބުރޫއަރާފަ އެވެ.

ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ގޮދަން އެކްސްޕޯޓްކުރާ ގައުމެވެ. ނަމަވެސް މޮސްކޯގައި ހުންނަ އެނަލިޓިކްސް ކުންފުންޏަކުން ބުނާ ގޮތުގައި، ކަޅު ކަނޑާއި އަޒޯވް ކަނޑުގައި ހިނގަމުންދާ ހަމަލާތަކާ ގުޅިގެން، އޮގަސްޓް މަހުގެ އެކްސްޕޯޓް ފާއިތުވި ފަސް އަހަރުގެ އެވްރެޖާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ބުދަ ދުވަހު ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވަނީ، ރަޝިޔާގެ ގޮވާނާއި ދަނޑުވެރިކަމުގެ ވަސީލަތްތަކަށް ޔޫކްރެއިނުން ހަމަލާދޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލި، ގޮވާން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އަޒޯވް ކަނޑާއި ކަޅު ކަނޑުގެ ސަލާމަތަށް އޮތް ނުރައްކާތައް އެއްކޮށް ނައްތާލެވެންދެން، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމަށް ޔޫކްރޭއިންގެ އަސްކަރިއްޔާއިން ބޭނުންކުރާ ވަސީލަތްތަކަށް ރަޝިޔާއިން ހަމަލާދެމުން ގެންދާނެ ކަމަށްވެސް ޒަޚަރޯވާ ވިދާޅުވި އެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތީއްސުރެ، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް ކުރާނެ އަސަރާ މެދު އޮތް ކަންބޮޑުވުންތައް ވަނީ ދެމިގެންގޮސްފަ އެވެ.

ދުނިޔޭގެ ގޮވާން ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރަނީ ރަޝިޔާ އާއި ޔޫކްރެއިނުންނެވެ. މިއީ ވަކިން ޚާއްސަކޮށް އުތުރު އެފްރިކާ، މެދުއިރުމަތި އަދި އޭޝިއާގެ ބައެއް ގައުމުތަކަށް ވަރަށް މުހިންމު ސަޕްލައިއެކެވެ.

ޔޫކްރެއިންގެ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ރަޝިޔާއިން ދީފައިވާ ބްލޮކޭޑް ނައްތާލުމަށް 2022 ވަނަ އަހަރު އެއްބަސްވި "ބްލެކް ސީ ގްރެއިން އިނިޝިއޭޓިވް" އަށް އަމަލުކުރުން ވަނީ ހުއްޓިފަ އެވެ. އެއީ ޖެހިގެން އައި އަހަރު އޮޑެއްސާއަށް ދާ ކަނޑުގެ މަގުތަކުގައި ދަތުރުކުރާ އުޅަނދުތަކަށް ރަޝިޔާއިން އަލުން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ.

ޔޫކްރެއިން-ރަޝިޔާޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
04 އޯގަސްޓު 2026

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

04 އޯގަސްޓު 2026
ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
01 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ

01 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ
27 ޖުލައި 2026

އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް

27 ޖުލައި 2026
އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
22 ޖުލައި 2026

ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ

22 ޖުލައި 2026
ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް