Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026 | އާދީއްތަ 09:55

ރަޝިޔާގެ މޮސްކޯއަށް އަމާޒުކޮށް ޔޫކްރެއިންއިން ދިން ވަރުގަދަ ޑްރޯން ހަމަލާތަކުގައި ސިނާއީ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ސިޓީއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެއް. މި ކުރިމަތިލުންތަކުގެ އަސަރު އަވަށްޓެރި ގައުމުތަކަށް ފޯރައި، ރޫމޭނިއާ އާއި ލެޓްވިއާގެ ވައިގެ ސަރަހައްދަށް ވަން ޑްރޯންތަކެއް ނޭޓޯގެ ފައިޓަރ ޖެޓުތަކުން ވަނީ ވައްޓާލާފައި

ރާއްޖެ އެމްވީ | 16 އޯގަސްޓު 2026 | އާދީއްތަ 09:55

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރޭނުން ދިން ޑްރޯން ހަމަލާތަކެއް، ރަޝިޔާގެ މޮސްކޯ ރީޖަންގެ ކުލްޑިނޯގައި ހުންނަ "ވައިލްޑްބެރީސް" ކުންފުނީގެ ބޮޑު ގުދަނެއް ރޯވެ އަނދަނީ | ގްލޯބަލްޗެނެލް24

އާދީއްތަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް ސަތޭކައަށްވުރެ ގިނަ ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށާއި، ހަމައެއާއެކު ރަޝިޔާއިން ޔޫކްރެއިންގެ ކީވްއަށާއި އެހެނިހެން ސިޓީތަކަށް ދިން މިސައިލް ހަމަލާތަކެއްގައި ތިން މީހުން މަރުވެ، 12 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ދެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ދެގައުމުގެ ދެމެދުގައި ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތަކުގެ ތެރެއިން، ރަޝިޔާގެ ރޮސްޓޯވް ސިޓީން ވެސް ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން، ރޫމޭނިއާގެ ސަރަހައްދަށް ވަން ޑްރޯނެއް ނޭޓޯގެ ސްޕެއިން ފައިޓަރ ޖެޓަކުން ވައްޓާލާފައިވާއިރު، މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހަނގުރާމައިގެ އަސަރު އިރުމަތީ ޔޫރަޕަށް ފޯރި ދެވަނަ ފަހަރެވެ.

މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ވިދާޅުވި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި އެ ސިޓީއަށް ވަނީ މެދުނުކެނޑި ޑްރޯން ހަމަލާތަކެއް އަމާޒުވެފައެވެ. މި ހަމަލާތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އޭނާ ގެންދެވީ އެތައް ގަޑިއިރެއް ވަންދެން ހިއްސާކުރައްވަމުންނެވެ.

ސަރުކާރުގެ މަދަދުލިބޭ މެކްސް (MAX) ޕްލެޓްފޯމުގައި މޭޔަރު އާންމުކުރެއްވި ބަޔާންތަކުގައިވާ ގޮތުން، މޮސްކޯއަށް އަމާޒުކޮށް ދިން 600 އަށްވުރެ ގިނަ ޑްރޯން އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ ހުއްޓުވާފައެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 200 ޑްރޯން ވައްޓާލާފައިވަނީ މޮސްކޯ ރީޖަންގެ ތެރެއިންނެވެ.

މޮސްކޯ ރީޖަންގެ ގަވަރުނަރު އެންޑްރޭ ވޮރޮބްޔޯވް މި ހަމަލާތައް ސިފަކުރެއްވީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދަށް އަމާޒުވި އެންމެ ވަރުގަދަ ޑްރޯން ހަމަލާތަކުގެ ގޮތުގަ އެވެ. އަދި މި ހަމަލާތަކުގައި އެ ސަރަހައްދުން ހަ މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވޮރޮބްޔޯވް އިތުރަށް ވިދާޅުވީ، ޕޮޑޮލްސްކް ސަރަހައްދުގެ ކޮލެޑީނޯ އިންޑަސްޓްރިއަލް ޕާކުގައި ހުންނަ "ވައިލްޑްބެރީސް" ކުންފުނީގެ ގުދަނަކަށް ޑްރޯން ހަމަލާއެއް އެރުމުގެ ސަބަބުން އެތަނުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

ޔޫކްރެއިންއިން ބުނަމުންދަނީ އޮންލައިންކޮށް މުދާ ވިއްކާ ވައިލްޑްބެރީސް ކުންފުނީގެ ގުދަންތަކަށް ދޭ ހަމަލާތަކަކީ، ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކަށް ދޭ ރައްދެއް ކަމަށެވެ.

ޖުލައި މަހުގެ މެދުތެރެއިން ފެށިގެން ޔޫކްރެއިންއިން ވަނީ ވައިލްޑްބެރީސް ކުންފުނީގެ ގާތްގަނޑަކަށް 20 ގުދަނަކަށް އަދި އިމާރާތަކަށް ހަމަލާދީފަ އެވެ.

ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގައި ޔޫކްރެއިންގެ ޒަޕޮރީޜިއާ ސަރަހައްދުން ދެ މީހަކު މަރުވެފައިވާއިރު، ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އުފަން ރަށް ކަމަށްވާ ކްރިވީ ރިގް އިން ވެސް މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން ކީވް، ބްރޮވަރީ، ކްރިވީ ރިގް، އޮޑެއްސާ އަދި ޑިނީޕްރޮޕެޓްރޮވްސްކް ހިމެނޭހެން އެކި ސަރަހައްދުތަކުން 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ކްރިވީ ރިގްގެ ލޯކަލް ޑިފެންސް ކައުންސިލްގެ ވެރިޔާ އޮލެކްސެންޑަރ ވިލްކުލް ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވީ، ރަޝިޔާގެ ސިފައިން އެ ސިޓީގެ ސިނާއީ ދެ ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށެވެ.

ކީވްގެ ކަމާބެހޭ އިދާރާތަކުން މެންދަމު 2:00 ހާއިރު ވައިގެ ހަމަލާއެއްގެ އިންޒާރު ނެރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސިޓީން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ.

މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ ކީވްއަށް "ބެލިސްޓިކް މިސައިލް ހަމަލާތަކެއް" އަމާޒުވަމުންދާ ކަމަށާއި، ރައްޔިތުން ރައްކާތެރި ހިޔާވަހިކަމުގައި ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން ކީވްގެ އޮބޮލޮންސްކީ އަދި ހޮލޮސީވްސްކީ ޑިސްޓްރިކްޓްގައި ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފަ އެވެ.

ޕޮލްޓާވާ ސަރަހައްދުގެ މެދުތެރޭގައި އޮންނަ ކްރެމެންޗުކްއަށް ވެސް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، ލިބުނު ގެއްލުމުގެ ނުވަތަ މަރުވި މީހުންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

2022 ވަނަ އަހަރުގެ ކުރީކޮޅު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތީއްސުރެ، އެ ގައުމުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އިތުރުން ގުދަންތަކަށް ޔޫކްރެއިންއިން ދޭ ހަމަލާތައް އިތުރުކުރަނީ ރަޝިޔާގެ ހަނގުރާމައިގެ އިގްތިސާދު ބަލިކަށިކުރުމަށް ކަމަށެވެ.

ރޫމޭނިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ޔޫކްރެއިން އަދި މޮލްޑޯވާ ބޯޑަރު ކައިރިން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް ސްޕެއިންގެ އެފް-18 ފައިޓަރ ޖެޓަކުން ވަނީ ވައްޓާލާފަ އެވެ. މި ޑްރޯންގެ ބައިތައް ވެއްޓިފައިވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި އޮންނަ ގަލާޓީ ސަރަހައްދުގެ މީހުން ދިރިނޫޅޭ ހިސާބަކަށެވެ. ނަމަވެސް އެއީ ކޮން ގައުމަކުން ފޮނުވާލި ޑްރޯނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ހަނގުރާމަ ހިނގަމުންދާ ސަރަހައްދާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް، ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރިއަށްދާ ޑްރޯން ހަނގުރާމައިގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ. ނޭޓޯއިން ހުކުރު ދުވަހު ބުނި ގޮތުގައި، ލެޓްވިއާގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް އެ ޖަމާއަތުގެ ފައިޓަރ ޖެޓުތަކުން ވަނީ ވައްޓާލާފައެވެ. ލެޓްވިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މިއީ އެއް ހަފުތާ ތެރޭގައި އެ ގައުމުގެ ވައިގެ ސަރަހައްދުން ޑްރޯނެއް ވައްޓާލި ދެވަނަ ފަހަރު ކަމަށެވެ.

ޖުލައި މަހުގެ ތެރޭގައި ރޫމޭނިއާގެ ވައިގެ ސަރަހައްދަށް ތަކުރާރުކޮށް ޑްރޯންތައް ވަންނަމުންދާތީ، އެކަމަށް "ވަރުގަދަ ރައްދެއް" ދިނުމުގެ ގޮތުން އެ ގައުމުން ވަނީ ރަޝިޔާ އެމްބަސީގެ މުވައްޒަފަކު ގައުމުން ބޭރުކޮށްލާފަ އެވެ.

އެ މުވައްޒަފު ބޭރުކޮށްލުމުގެ ކުރިން، ޖެހިޖެހިގެން ތިން ދުވަހު ރޫމޭނިއާއިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ތިން ޑްރޯނެއް ވައްޓާލާފަ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިންކީވްވުލަޑިމިއަރ ޒެލެންސްކީޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
04 އޯގަސްޓު 2026

ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

04 އޯގަސްޓު 2026
ޔޫކްރެއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަންތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި
03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް