Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026 | ހޯމަ 13:19

ޔޫކްރެއިންގެ އަސްކަރީ ސާމާނު އުފައްދާ މައި ކާރުޚާނާތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ރަޝިޔާއިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ދިފާއީ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ ޔޫކްރެއިންގެ ޑްރޯން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން ވަރުގަދަކުރި ހަމަލާތަކެކެވެ. މިކަމުގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ބަލިކަށިވެ، ހަތިޔާރު ހުސްވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 13:19

ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ތެރެއިން، މަހުޖަނު ލަކްޝްމީ މިޓާލްގެ މަސްލަހަތު އޮންނަ ޔޫކްރެއިނުގެ ސްޓީލް އުފައްދާ ކާރުޚާނާއަކަށް ރަޝިޔާގެ މިސައިލް ހަމަލާއެއް ވަނީ އަމާޒުވެފައި | އެކްސް

ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް އުފައްދާ ކާރުޚާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަނުގެ މަސައްކަތްތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ޔޫކްރެއިންގެ ދްނިޕްރޯޕެޓްރޯވްސްކް ސަރަހައްދުގެ ކްރިވޯއި ރޮގްގައި ހުންނަ "އާސެލޯމިޓާލް ކްރިވޯއި ރޮގް" އަކީ ސްޓީލްގެ އެކި ބާވަތްތައް އުފައްދާ ބޮޑު ކާރުޚާނާއެކެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ކާރުޚާނާއަކީ ޔޫކްރެއިންގެ ހަތިޔާރާއި އަސްކަރީ ސާމާނު އުފެއްދުމަށް ބޭނުންވާ ސްޓީލް ފޯރުކޮށްދޭ މައިގަނޑު އެއް ތަނެވެ.

އާދީއްތަ ދުވަހު އެ ކުންފުނިން ޓެލެގްރާމް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާގައި ކާރުޚާނާގެ ހަކަތަ އުފައްދާ މައި މަރުކަޒަށާއި ސްޓީލް އުފައްދާ ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ ސަބަބުން ކާރުޚާނާގެ އޮޕަރޭޝަންތައް ބައެއް މިންވަރަކަށް ހުއްޓާލާފައިވާ ކަމަށާއި، ލިބުނު ގެއްލުންތަކުގެ ތަފްސީލާއި، އަލުން މަސައްކަތް ފެށޭނެ މުއްދަތެއް ބެލުމުގެ މަސައްކަތް ކަމާބެހޭ މާހިރުން ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ކާރުޚާނާގެ ވޯކްޝޮޕްތަކަށް ހަމަލާދިންކަން ކަށަވަރުކޮށްދީފަ އެވެ. ރަޝިޔާއިން ބުނި ގޮތުގައި މި ހަމަލާއަކީ އެއްގަމާއި ވައިގެ މަގުން ފޮނުވާލި ސީދާ އަމާޒަށް ވާސިލްވާ ހަތިޔާރާއި، ދުރު ރާސްތާގެ ޑްރޯންތައް ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާއެކެވެ.

ރޭގަނޑުގެ ވަގުތުގައި ދިން މި ހަމަލާތަކުގައި ޕޮލްޓާވާ ސަރަހައްދުގެ ކްރެމެންޗުގްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށްވެސް ވަނީ އަމާޒުކޮށްފަ އެވެ. މީގެ އިތުރުން، ކީވްގައި ހުންނަ "ފަޔަރ ޕޮއިންޓް" ނަމަކަށް ކިޔާ މަރުކަޒަކަށްވެސް ރަޝިޔާ ސިފައިން ވަނީ ހަމަލާދީފަ އެވެ. އެއީ "ފްލެމިންގޯ" ކްރޫޒް މިސައިލްތަކަށް ބޭނުންވާ ބައިތަކާއި، ގޮވާތަކެތި އަދި ސޮލިޑް-ފިއުލް ބޫސްޓަރުތައް އުފައްދާ ތަނެކެވެ.

ރަޝިޔާގެ ހަމަލާތައް އަމާޒުވި އަނެއް ތަނަކީ "ޔޫކްރެޑިފެންސް" ކުންފުނިން ހިންގާ "ކީވް-111" ކާރުޚާނާ އެވެ. މި ތަނަކީ ހަމަލާދޭ ޑްރޯންތަކާއި، "ޚްރުޝްޗް" އިންޓަސެޕްޓަރ ޔޫ.އޭ.ވީ ތަކާއި، "ހާޕިއާ" އެންޓި-އެއަރކްރާފްޓް ޑްރޯންތަކަށް ބޭނުންވާ ސާމާނު އުފައްދާ ތަނެކެވެ.

ޔޫކްރެއިންގެ ލީޑަރު ވްލަޑިމިއަރ ޒެލެންސްކީ ޖޫން މަހުގެ ފަހުކޮޅު އިއުލާނުކުރެއްވި 40 ދުވަހުގެ "އޮޕަރޭޝަން އޮފް އިންފްލުއެންސް" އާ ގުޅިގެން، ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ދިފާއީ ސާމާނު އުފައްދާ ތަންތަނަށާއި ލޮޖިސްޓިކްސް މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ޔޫކްރެއިންގެ މި ކެމްޕޭނަކީ ދުރު ރާސްތާގެ ޑްރޯން ހަމަލާތައް ބޭނުންކޮށްގެން، އެ ގައުމުން ބޭނުންވާ ޝަރުތުތަކެއްގެ މަތިން މަޝްވަރާގެ މޭޒަށް ރަޝިޔާ ގެނައުމަށް ކުރި މަސައްކަތެކެވެ.

މިދިޔަ ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިންއިން ވަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި، "ރަޝިޔާގެ އެމެޒޯން" ގެ ގޮތުގައި މަޝްހޫރުވެފައިވާ "ވައިލްޑްބެރީސް" ކުންފުނީގެ ގުދަންތަކަށާއި، ހަނގުރާމައިގެ ކުރީ ސަފާ ދުރުގައި ހުރި ތަންތަނަށް ހަމަލާދީފަ އެވެ.

ރަޝިޔާއިން ވަނީ ހަކަތަ އުފައްދާ ވަސީލަތްތަކަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، ލޮޖިސްޓިކްސް މަރުކަޒުތަކަށް ޔޫކްރެއިންއިން ދިން ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށްވެސް ރަޝިޔާއިން ބުނެ އެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު ޔޫކްރެއިންގެ މި ކެމްޕޭނުގެ މުއްދަތު ހަމަވިއިރުވެސް ބޭނުންވި މަގްސަދުތައް ހާސިލްވެފައި ނުވި ނަމަވެސް، ޒެލެންސްކީގެ އޮފީހުގެ އިސްވެރިޔާ ކިރިލް ބުޑަނޯވް ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ މުހިންމީ ކަނޑައެޅިފައިވާ މުއްދަތު ނޫން ކަމަށާއި، މުހިންމީ ނަތީޖާ ކަމަށެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫކްރެއިންގެ ދިފާއީ ސިނާއަތަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ އަތުގައި ހުރި "ޕޭޓްރިއަޓް" އިންޓަސެޕްޓަރ މިސައިލްތައް ވަނީ ހުސްވާން ކައިރިވެފަ އެވެ. މީގެ ސަބަބުން ރަޝިޔާގެ ހަމަލާތަކުގެ ކުރިމަތީގައި ޔޫކްރެއިންގެ ވައިގެ ދިފާއީ ބާރުތައް ވަނީ ނިކަމެތިވެފަ އެވެ. ރަޝިޔާއިން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ހަމަލާތައް ދުވަހަކުވެސް އާންމު ރައްޔިތުންނަށް އަމާޒުނުކުރާ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިންވުލަޑިމިއަރ ޒެލެންސްކީކީވްޕެޓްރިއަޓް މިސައިލްފައިނޭންޝަލް ޓައިމްސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

3

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

4

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
03 އޯގަސްޓު 2026

ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

03 އޯގަސްޓު 2026
ރަޝިޔާގެ މީހުން ގިނަ ގޮނޑުދޮށަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
01 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ

01 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެ
27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް